Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ - ޔޫކްރެއިން ހަނގުރާމަ

ޒެލެންސްކީ ވިދާޅުވަނީ ޔޫކްރެއިން މިވަގުތު ވަނީ ނަސްރުލިބުމުގެ މަގުމަތީގައި ކަމަށް

ޔޫކްރެއިނުން ހަނގުރާމާގައި ސްޓްރެޓެޖިކް ކާމިޔާބީތަކެއް ހޯދަމުންދާކަން ޒެލެންސްކީ ފާހަގަކުރައްވާ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 12 މާރިޗު 2022 | ހޮނިހިރު 10:22
ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ

ރަޝިޔާއާ ޔޫކްރެއިނާ ދެމެދު ކުރަމުންދާ ހަނގުރާމާގައި ޔޫކްރެއިން މިވަގުތު ވަނީ ނަސްރުލިބުމުގެ މަގުމަތީގައިކަމަށް އެގައުމުގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ޒެލެންސްކީ ވަނީ, މި ހަނގުރާމާގައި ޔޫކްރެއިނުން ސްޓްރެޓެޖިކް ކާމިޔާބީތަކެއް ހޯދަމުންދާކަން ފާހަގަކުރައްވާފައެވެ.

ރަޝިޔާއާ ދެކޮޅަށް ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް ގޮވާލައްވަމުން ރައީސް ޒެލެންސްކީ ވަނީ, ހަގުރާމައިގައި ނަސްރުލިބުމުގެ މަގުމަތީ ޔޫކްރެއިން އޮތް ނަމަވެސް ހަނގުރާމަ ނިމެން ކިހާ ދުވަހެއް ނަގާނެކަން އަދި ބުނަން ނޭނގޭކަމަށް ވިދާޅުވެފައެވެ. އަދި ޔޫކްރެއިން މިނިވަން ކުރަން ކިތަންމެ ގިނަ ދުވަހެއް ނެގި ނަމަވެސް އެކަން ކުރައްވާނެ ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

މީގެ އިތުރުން ކުރިއަށް މިއޮތް ބަހާރު މޫސުމުގައި ވީހާވެސް ގިނަ ދަނޑުގޮވާން ހެއްދޭތޯ މަސައްކަތްކުރުމަށް ޒެލެންސްކީ ވަނީ އެގައުމުގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ. އަދި މިއީ ގައުމުގެ ހުރިހާ ރައްޔިތުންގެ ފުރާނައާއި ގައުމުގެ މުސްތަގުބަލާ ގުޅިފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫކްރެއިނަކީ ދުނިޔޭގެ ބާޒާރަށް ތަރުކާރީއާއި ތެލާއި ތަފާތު ދަނޑުގޮވާމުގެ ބާވަތްތައް އެކްސްޕޯޓްކުރާ ގައުމެކެވެ. އަދި މިހާރު ކުރިއަށްދާ ހަނގުރާމައާއެކު އެގައުމުގެ އުފެއްދުންތައް ވަރަށް ބޮޑަށް ދަށަށްދާނެ ކަމަށް ދަނޑުވެރިން ވަނީ ފާހަގަކޮށްފައެވެ.

ޒެލެންސްކީ މިމޭރުމުން ވާހަކަަދައްކަވާފައިވާއިރު، ޔޫކްރެއިން ދެ މިލިއަނަށްވުރެ ގިނަ މީހުން މިހާރުވެސް ވަނީ ރެފިއުޖީންގެ ގޮތުގައި އެހެން ގައުމުތަކަށް ހިޖުރަކޮށްފައެވެ. އަދި އެގައުމުގެ ގިނަ އަދަދެއްގެ އާންމުން ވަނީ ގައުމުގެ ފަސްގަނޑުގެ ދިފާއުގައި އެގައުމުގެ އަސްކަރިއްޔާއާ ގުޅިފައެވެ.

ރަޝިއާޔުކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަޔޫކްރެއިންގެ ރައީސް ވޮލްޑީމިއަރ ޒެލެންސްކީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު