Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްކޫލުތަކުގެ ނަތީޖާ ރަނގަޅުކުރުން

ސްކޫލުތަކުގެ ނަތީޖާ ރަނގަޅު ކުރެވޭނީ އިލްމީ ގާބިލް ޕްރިންސިޕަލުންނާއެކު މަސައްކަތް ކުރެވިގެން: މިނިސްޓްރީ

11 މާރިޗު 2022 | ހުކުރު 13:33

ރަނގަޅު ތައުލީމެއް ފޯރުކޮށް ދިނުމަށް ސްކޫލުތަކުގެ ކިޔަވައިދިނުން ރަނގަޅުކޮށް ފެންވަރު މަތިކުރަން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 11 މާރިޗު 2022 | ހުކުރު 13:33
ނިއު ނޯރމަލްގެ ދަށުން ސްކޫލެއްގެ ދަރިވަރުންނަށް ކިޔަވައި ދެނީ

ނިއު ނޯރމަލްގެ ދަށުން ސްކޫލެއްގެ ދަރިވަރުންނަށް ކިޔަވައި ދެނީ

ރާއްޖޭގެ ސްކޫލުތަކުގެ ނަތީޖާ ރަނގަޅު ކުރެވޭނީ އިލްމީ ގާބިލް ޕްރިންސިޕަލުންނާއެކު މަސައްކަތް ކުރެވިގެން ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިހެން ބުނެފައިވާއިރު، ސަރުކާރުން ހިންގާ 216 ސްކޫލު ރާއްޖޭގެ އެކި ކަންކޮޅުގައި ހުރިއިރު އެއްވެސް ދުވަސްވަރެއްގައި ހުރިހާ ސްކޫލެއްގައި ތަމްރީނުވެފައިވާ ޕްރިންސިޕަލުން ހަމަވެފައެއް ނުވެއެވެ. މިވަގުތުވެސް ރާއްޖޭގައި ދާއިމީ ޕްރިންސިޕަލެއް ނެތް 53 ސްކޫލް ހުރި އިރު، ދާއިރާގައި މަސައްކަތް ކުރައްވާ ދާއިމީ ޕްރިންސިޕަލުންގެ ތެރެއިންވެސް ތަމްރީނު ލިބިވަޑައިގެން ތިއްބެވީ 75 ބޭފުޅުންނެވެ. މިކަން ހައްލު ކުރުމުގެ ގޮތުން ހުރިހާ ޚަރަދެއް ދޭގޮތަށް, 3 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ހުރިހާ ސްކޫލްތަކަށް ބޭނުންވާ ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ސްކޮލަރޝިޕް ޕްރޮގްރާމެއް ވަނީ އިފްތިތާހުކޮށްފައެވެ.

Advertisement - newsAdvertisement

މި ޕްރޮގްރާމާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ނައިބު އަހުމަދު މުޖާހިދު ވިދާޅުވީ ރަނގަޅު ތައުލީމެއް ފޯރުކޮށް ދިނުމަށް ސްކޫލުތަކުގެ ކިޔަވައިދިނުން ރަނގަޅުކޮށް، ފެންވަރު މަތިކުރަން ޖެހޭ ކަމަށެވެ. ޕްރިންސިޕަލުންނަކީ ކިޔަވައި ދިނުމުގައި ވަރަށް ބޮޑު ރޯލެއް އަދާކުރާ ބައެއްކަން ފާހަގަކުރައްވައި މުޖާހިދު ވިދާޅުވީ ރަނގަޅު ޕްރިންސިޕަލުން ތިބުން ވަރަށް މުހިންމު ކަމަށާއި، ސްކޫލުގެތަކުގެ ނަތީޖާ އާއި އެކަމާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށެވެ.

ރާއްޖޭގައި އެންމެފަހުން ޕްރިންސިޕަލުން ތަމްރީން ކޮށްފައިވަނީ 2010 ވަނަ އަހަރެވެ. ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ސްކޮލަރޝިޕް ޕްރޮގްރާމްގެ ތެރެއިން ކިޔަވަން ފޮނުވާ މިއަހަރުގެ ފުރަތަމަ ބެޗުގެ ކިޔެވުން ފެބްރުއަރީ-މާޗް އިންޓޭކުގައި ކުރިއަށްދާނެ އެވެ. މި ބެޗުގައި 20 ސްކޫލެއްގެ ޕްރިންސިޕަލެއް ތަމްރީނު ކުރެވިގެންދާއިރު، އެ 20 ޕްރިންސިޕަލުންނަށް ވަނީ ސްކޮލަރޝިޕަށް ހޮވުނު ކަމުގެ ލިޔުން ހަވާލުކޮށްފައެވެ. އެ ބޭފުޅުން ކިޔެވުން ފެށުމަށް މި ހިނގާ މާރޗު މަހުގައި މެލޭޝިއާއަށް ދަތުރުކުރާނެއެވެ.

މި އަހަރުގެ ސެޕްޓެމްބަރު އިންޓޭކުގައި އިތުރު ބެޗެއްގެ ޕްރިންސިޕަލުން ތަމްރީނުކުރުމަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.

ސްކޫލު

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

06 މެއި 2025

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
05 މެއި 2025

ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ

05 މެއި 2025
ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ
22 ޖުލައި 2024

ސްކޫލުތަކުގެ ހަރަކާތްތައް ހުކުރު ދުވަހު ނުބޭއްވުމަށް އަނެއްކާވެސް އަންގައިފި

22 ޖުލައި 2024
ސްކޫލުތަކުގެ ހަރަކާތްތައް ހުކުރު ދުވަހު ނުބޭއްވުމަށް އަނެއްކާވެސް އަންގައިފި
19 މެއި 2024

ސްކޫލު ހުޅުވޭއިރުވެސް ޓެކްސްްޓް ފޮތްތައް ޙަވާލުކުރެވޭނެކަމުގެ ޔަޤީންކަމެއް މިނިސްޓްރީއަކަށް ނެތް

19 މެއި 2024
ސްކޫލު ހުޅުވޭއިރުވެސް ޓެކްސްްޓް ފޮތްތައް ޙަވާލުކުރެވޭނެކަމުގެ ޔަޤީންކަމެއް މިނިސްޓްރީއަކަށް ނެތް
14 މެއި 2024

ސްކޫލްތަކަށް ވެއްދުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި

14 މެއި 2024
ސްކޫލްތަކަށް ވެއްދުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި
06 މެއި 2024

އަތޮޅުތެރޭގެ ސްކޫލުތަކުން މާލެ ސްކޫލުތަކަށް ބަދަލުވުމަށް 700ށް ވުރެ ގިނަ ދަރިވަރުން ފޯމް ހުށަހަޅައިފި

06 މެއި 2024
އަތޮޅުތެރޭގެ ސްކޫލުތަކުން މާލެ ސްކޫލުތަކަށް ބަދަލުވުމަށް 700ށް ވުރެ ގިނަ ދަރިވަރުން ފޯމް ހުށަހަޅައިފި
30 އެޕްރީލު 2024

ސްކޫލް ޗުއްޓީއަށް އައިކެއަރއިން ޚާއްސަ ޕްރޮމޯޝަނެއް

30 އެޕްރީލު 2024
ސްކޫލް ޗުއްޓީއަށް އައިކެއަރއިން ޚާއްސަ ޕްރޮމޯޝަނެއް
30 އެޕްރީލު 2024

ދިރާސީ އަހަރަށް ގެނައި ބަދަލާއެކު، އުފާވެރިކަމެއް ނެތް!

30 އެޕްރީލު 2024
ދިރާސީ އަހަރަށް ގެނައި ބަދަލާއެކު، އުފާވެރިކަމެއް ނެތް!
30 އެޕްރީލު 2024

ދިރާސީ އަހަރަށް ގެނައި ބަދަލާއެކު، ދަރިވަރުންނަށް ލިބޭ ގެއްލުން ވަރަށް ބޮޑަށް ދިގުދެމިގެންދާނެ: އިހްސާން

30 އެޕްރީލު 2024
ދިރާސީ އަހަރަށް ގެނައި ބަދަލާއެކު، ދަރިވަރުންނަށް ލިބޭ ގެއްލުން ވަރަށް ބޮޑަށް ދިގުދެމިގެންދާނެ: އިހްސާން
29 އެޕްރީލު 2024

އަންނަ އަހަރު ގްރޭޑް 10ގައި ކިޔަވާ ދަރިވަރުން އޯލެވެލްއަށް ތައްޔާރުވުމަށް ލިބޭނީ 6 މަސްދުވަސް

29 އެޕްރީލު 2024
އަންނަ އަހަރު ގްރޭޑް 10ގައި ކިޔަވާ ދަރިވަރުން އޯލެވެލްއަށް ތައްޔާރުވުމަށް ލިބޭނީ 6 މަސްދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް