Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓެކްސީ ޑްރައިވަރުން އިހުތިޖާޖު ކުރުން

ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖު: އަމްރު ވިދާޅުވީ 2013 ގައި ތެލުގެ އަގު މިއަށްވުރެ ބޮޑުވި ކަމަށް

2013 ވަނަ އަހަރުގެ މާޗް 10 ގައި ޕެޓްރޯލް ލީޓަރެއްގެ އަގު ހުރީ 16 ރުފިޔާ 80 ލާރީގައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 11 މާރިޗު 2022 | ހުކުރު 08:49
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަންގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަންގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު

ތެލުގެ އަގު ބޮޑުވުމުން ކަމަށް ބުނެ ޓެކްސީގެ ދަތުރުތަކުގެ އަގު ބޮޑުކުރުމަށް ގޮވާލައި ޑްރައިވަރުން ކުރަމުންދާ އިހުތިޖާޖަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަންގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ރައްދު ދެއްވައިފިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑުތަނުން ބޮޑުވުމާއެކު އެސްޓީއޯއިން ވިއްކާ ތެލުގެ އަގުވެސް ވަނީ ބޮޑުކޮށްފައެވެ. މިއާއެކު ޓެކްސީ ޑްރައިވަރުން ވަނީ ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހަޅާފައެވެ. އެހެންނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން މިކަމަށް އެދެވޭ ޖަވާބެއް ދީފައެއްް ނުވެއެވެ. އެހެންނަމަވެސް ޓެކްސީ ޑްރައިވަރުން ވަނީ އެމީހުން އަމިއްލައަށް ދަތުރުތައް ކުރާ އަގުތައް ބޮޑުކޮށް، ބުރާސްފަތި ދުވަހުން ފެށިގެން ބައެއް ޓެކްސީތަކުގެ ދަތުރުތައް ހުއްޓާލާފައެވެ. އަދި މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ވަނީ ފަށާފައެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން އަމްރު ކުރެއްވި ޓްވީޓެއްގައި ވަނީ 2013 ވަނަ އަހަރު ދުނިޔޭގެ ބާޒާރުގައި ތެޔޮ ވިއްކަން ހުރި އަގާއި، އޭރު ރާއްޖޭގައި ތެޔޮ ލީޓަރެއް ވިއްކަމުން ދިޔަ އަގު ހާމަކުރައްވާފައެވެ. އަދި މިއަދުގެ ހާލަތުވެސް ކިޔައިދެއްވާފައިވެއެވެ. އަމްރު ވިދާޅުވީ 10 މާޗް 2013 ގައި ޕެޓްރޯލް ލީޓަރެއްގެ އަގު ހުރީ 16 ރުފިޔާ 80 ލާރިއަށް ކަމަށެވެ. އޭރު ދުނިޔޭގެ ބާޒާރުގައި ތެޔޮ ވިއްކި އަގު މިހާރު ވިއްކާ އަގަށްވުރެ ހެޔޮ ކަމަށް އަމްރު ވިދާޅުވިއެވެ. އަދި މިއަދު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައި މިވަނީ މީގެ ކުރިން ދުވަހަކުވެސް އުފުލިފައިނުވާ މިންވަރަށް ކަމަށާއި، މިއަދު އެސްޓީއޯއިން ތެޔޮ ލީޓަރެއް ވިއްކަމުންދަނީ 14 ރުފިޔާ 60 ލާރިއަށް ކަމަށް އަމްރު ވިދާޅުވިއެވެ.

އެހެންކަމުން މިއިން އެނގިގެންދަނީ މީގެ ކުރިން ތެލުގެ އަގު މިހާރަށްވުރެ މާ ބޮޑުވެފައިވާކަމެވެ. އެހެންނަމަވެސް އޭރުވެސް ޓެކްސީ ދަތުރުތައް ކުރަމުންދިޔަ އަގުތަކަށް ބަދަލު ގެނެސްފައި ނުވާކަމެވެ.

ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން ނިންމައި، ޓެކްސީ ޑްރައިވަރުން އަމިއްލައަށް ކަނޑައަޅާފައިވާ އަގުތަކަކީ މާލޭ ސިޓީގެ އެތެރޭގެ ދަތުރަކަށް 30 ރުފިޔާ، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގެ އެތެރޭ ދަތުރަކަށް 25 ރުފިޔާ، ހުޅުމާލެ ފޭސް އެކަކުން ހުޅުމާލެ ފޭސް ދޭކަށް 40 ރުފިޔާ ނެގުމަށެވެ. އަދި ހުޅުމާލެ ފޭސް ދޭކުން މާލެއަށް އަދި މާލެ އިން ހުޅުމާލެ ފޭސް ދޭކަށް 120 ރުފިޔާ، މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް 100 ރުފިޔާ، އެއާޕޯޓުން މާލެއަށް އަދި މާލެއިން އެއާޕޯޓަށް 80 ރުފިޔާ، ހުޅުމާލެއިން އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް 100 ރުފިޔާ، މާލެއިން ހުޅުލޭ އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް 100 ރުފިޔާ އަދި، ހުޅުމާލެ ފޭސް ދޭކުން ހުޅުލެ ސީޕްލޭން ޓާމިނަލަށް 120 ރުފިޔާއެވެ.

ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑު އަގުތަކެއް ޓެކްސީތަކުން ނަގާނަމަ ޤާނޫނުތަކާއި ޤަވާއިދުތަކުގެ މަތިން ފިޔަވަޅު އެޅޭނެކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ވަނީ ޓެކްސީ ޚިދުމަތްތަކަށް ނެގޭ އަގުތައް ބަޔާންކޮށް، އެއަގުތަކުގެ އިތުރަށް ކަސްޓަމަރުންގެ އަތުންނާއި ޓެކްސީތަކަށް އަރުވާ ދާގީނާއަށް އަގު ނެގުން ފަދަ ކަންކަމަކީ މަނާ ކަމެއްކަމަށް ހަނދާންކޮށްދީފައެވެ. އަދި އިތުރަށް އަގު ނަގާނަމަ ޤާނޫނުތަކާއި ޤަވާއިދުތަކުގެ ތެރެއިން ފިޔަވަޅު އެޅޭނެކަމުގެ އިންޒާރުވެސް ފުލުހުން ވަނީ ދީފައެވެ.

ޓްރާސްޕޯޓް މިނިސްޓްރީން ވެސް ބުނެފައިވަނީ މިނިސްޓްރީން ފާސްކޮށް، އިއުލާންކޮށްފައިވާ އަގަށްވުރެ ބޮޑު އަގު ނަގާ ޓެކްސީތަކާއިމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

ހުސެއިން އަމްރުޓެކްސީ ޚިދުމަތް

ކޮމެންޓް

އިތުރަށް ކިޔާލަން

ގައިންގަޔަށް ނާރާ ބަލިތައް ކަންބޮޑުވާ މިންވަރަށް ދަނީ އިތުރުވަމުން، އިމްޕޯޓު ކުރާ ހުރިހާ އެއްޗެއް ޓެސްޓު ކުރެވޭނެ ގޮތަށް ލެބޯޓްރީއެއް ގާއިމް ކުރަންޖެހޭ: އަމްރު

ގައިންގަޔަށް ނާރާ ބަލިތައް ކަންބޮޑުވާ މިންވަރަށް ދަނީ އިތުރުވަމުން، އިމްޕޯޓު ކުރާ ހުރިހާ އެއްޗެއް ޓެސްޓު ކުރެވޭނެ ގޮތަށް ލެބޯޓްރީއެއް ގާއިމް ކުރަންޖެހޭ: އަމްރު

12 ޑިސެމްބަރު 2025
ރައީސް މުއިއްޒު ބާއްވަވާ ބައްދަލުވުންތަކުގައި އެމަނިކުފާނު ކުރައްވާ ކަންކަމުގެ ނަތީޖާއާ ގުޅޭ ގޮތުން ސުވާލު ކުރަން ޖެހޭ: އަމްރު

ރައީސް މުއިއްޒު ބާއްވަވާ ބައްދަލުވުންތަކުގައި އެމަނިކުފާނު ކުރައްވާ ކަންކަމުގެ ނަތީޖާއާ ގުޅޭ ގޮތުން ސުވާލު ކުރަން ޖެހޭ: އަމްރު

29 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

18 ނޮވެމްބަރު 2025
ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ތާރީހެއް އަނެއްކާވެސް ދީފި، މިއީ 3 ވަނަ ފަހަރު

ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ތާރީހެއް އަނެއްކާވެސް ދީފި، މިއީ 3 ވަނަ ފަހަރު

18 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު