Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

ކެތްތެރިކަމަކީ ވަރަށް ގިނަ އުނި ސިފަތަކުން ސަލާމަތްކޮށްދޭ ސިފައެއް، ކަންކަމުގައި ކެތްތެރިކަން އިސްކުރަން ޖެހޭ: ޚުތުބާ

11 މާރިޗު 2022 | ހުކުރު 08:39

އިސްލާމް ދީނުގައި އަހުލާގީ ސިފަތަކަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭ މަންފާހުރި ސިފަތަކެއް

އަމްނާ އިމާދު
އަމްނާ އިމާދު | 11 މާރިޗު 2022 | ހުކުރު 08:39
ހުކުރު ނަމާދު ކުރުމަށް އިސްލާމީ މަރުކަޒުގައި ޖަމާއަތް ހަދައިގެން

ހުކުރު ނަމާދު ކުރުމަށް އިސްލާމީ މަރުކަޒުގައި ޖަމާއަތް ހަދައިގެން

ކެތްތެރިކަމަކީ ވަރަށް ގިނަ އުނި ސިފަތަކުން ސަލާމަތް ކޮށްދޭ ސިފައެއްކަމަށާއި، ކަންކަމުގައި ކެތްތެރިކަން އިސްކުރުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

އިސްލާމް ދީނަކީ ރިވެތި އަހުލާގުގެ ދީން މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ އިސްލާމް ދީނަކީ އިންސާނާގެ ހަޔާތުގައި ރިވެތި އަހުލާގާއި މަތިވެރި ސުލޫކު އުނގަންނައި ދިނުމަށް މާތް ﷲ ބާވައިލެއްވި އެންމެ ފަހުގެ ދީން ކަމަށާއި، އިސްލާމް ދީނުގައި އަހުލާގީ ސިފަތަކަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭ މަންފާ ހުރި ސިފަތަކަކަށް ވީއިރު ބައެއް މުސްލިމުންގެ އުޅުމުން އެ މާތް ސިފަތައް އެކަށީގެންވާ މިންވަރަށް ނުފެންނަ ކަމަށެވެ.

Advertisement - newsAdvertisement

ރިވެތި އަހުލާގުގެ ސިފަތަކުގެ ތެރެއިން ކެތްތެރިކަމަކީ ވަރަށް ގިނަ އުނި ސިފަތަކުން އަހަރުމެން ސަލާމަތް ކޮށްދޭ ސިފައެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ މުސްލިމުން ކެތްތެރިވުމަށް ގުއުރާންގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމަށެވެ.

ޚުތުބާގައި ބުނީ ދުނިޔަވީ ހަޔާތަކީ އަބަދު އެއްގޮތަކަށް އޮންނަ އެއްޗެއް ނޫން ކަމަށާއި، ބައެއް ފަހަރު ސިއްހަތު ސަލާމަތުން ހުންނައިރު، އަނެއްބައި ފަހަރު ބަލިމަޑުކަމާއި ކުރިމަތިވާ ކަމަށެވެ. ބައެއް ފަހަރު އަތްމަތި ތަނަވަސްކޮށް އުޅޭއިރު އަނެއްބައި ފަހަރު ދަތިހާލުގައި އުޅެންޖެހޭ ކަމަށެވެ. އަދި ބައެއް ފަހަރު އަހަރެމެން ލޯބި ކުރާ މުދަލާއި ދަނޑުފަނގުތަކާއި ދަރިން އަހަރެމެން ލޯމަތީގައި ސަލާމަތުން ހުންނައިރު އަނެއްބައި ފަހަރު ދިމާވާ ކުއްލި ހާދިސާއެއްގައި ހިނދުކޮޅެއްގެ ތެރޭގައި މި ހުރިހައި އެއްޗެއް ނެތި ފަނާވެދާ ކަމަށެވެ. ބައެއް ފަހަރު ނުހަނު އަމާންކަމުގައި އުޅޭއިރު އަނެއްބައިފަހަރު ބިރުވެރިކަމާއި ނާމާންކަން ވެރިވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މިއިން ކޮންމެ ކަމަކީ ކުރިމަތިވާ އިމްތިހާނެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ އިމްތިހާނުން ފާސްވުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި، އެކަންކަމަށް ކެތްތެރިވާން ޖެހޭ ކަމަށެވެ. މިފަދަ ކަމެއް ދިމާވާ ކޮންމެ ފަހަރަކު އެއީ ކޮންމެވެސް މީހެއްގެ ފަރާތުން އައި ބަދު ނަސީބެއް ކަމުގައި ހީކޮށް އެ ފަރާތްތަކާއި ދޭތެރޭގައި ހިތް ނުބައި ކުރުމަކީ ރީތި އަދި ރަނގަޅު ގޮތެއް ނޫން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ޚުތުބާގައި ބުނީ މުއުމިނުން މި ދުނިޔޭގައި އެކިއެކި ދަތިތަކާއި ކުރިމަތި ކުރައްވައި އިމްތިޙާނު ކުރެވޭނެ ކަމަށެވެ. އެ ފަދަ ކޮންމެ ހާލެއްގައި ވެސް އެ މީހުންގެ ރިވެތި އަގުލާގުގެ ސިފަތައް ފާޅުކުރަން ޖެހޭ ކަމަށާއި، ކެތްތެރިކަމާއެކީ އިއްފަތްތެރިވާންޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ އަތްމަތި ދަތިވާ ވަގުތު ނުވަތަ ބަނޑުހައިހޫނުކަމެއް ކުރިމަތިވާ ކޮންމެ ފަހަރަކު، ތިމާގެ ބަސްމޮށުންތެރިކަމުގެ ކުޅަދާނަކަމާއި، ދައްކާ ހުއްޖަތުގެ ވަރުދަގަކަމުން އެހެން މީހުން ނުހަނު ބުރަ މަސައްކަތުން ހޯދާފައި ހުންނަ ހަލާލުމުދާ ފޭރިގަނެ އަތުލުމަކީ، ނުވަތަ ވަގަށް ނެގުމަކީ ހުއްދަވާނެ ކަންކަމެއް ނޫން ކަމަށެވެ. އަދި ދިރިއުޅުމަށް ފައިސާ ހޯދުމަށް ކުރާކަމެއްގެ ގޮތުގައި މީސްތަކުންނަށް އޮޅުވާލައިގެން ފައިސާ ހޯދުމަކީ ވެސް ހުއްދަ ނުވާނެ ނުރައްކާތެރި ޖަރީމާއެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ އިސްލާމް ދީނަކީ އެންމެ މާތް ދީންކަމަށް ބުނަމުންދާއިރު އިސްލާމީ މުޖުތަމައުތަކުން މިއަދު ފެންނަ އަހުލާގީ މިންގަނޑުން ދަށް ނޭދެވޭ ސިފަތަކަކީ، އިސްލާމް ދީނާ މެދު އެހެން މީހުން ޝައްކުގެ ނަޒަރަކުން ދުށުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ. އެފަދަ ކަންކަން އިސްލާމީ މުޖުތަމައުގައި ހިނގިޔަ ދީގެނެއް ނުވާނެ ކަމަށާއި، މިއަދު އަހަރެމެން އިސްލާމް ދީން ގެނެސްދިން ރީތި އަހުލާގުގެ ސަފީރުންނަށް ވާން ޖެހޭ ކަމަށެވެ. އަދި އެ އަހުލާގުގެ ދިރިހުރި ނަމޫނާ ތަކަކަށް ވުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.

ހުކުރު ޚުތުބާޚުތުބާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2025

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ
31 އޮކްޓޯބަރު 2025

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
24 އޮކްޓޯބަރު 2025

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ
22 އޮކްޓޯބަރު 2025

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު
22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
17 އޮކްޓޯބަރު 2025

ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ

17 އޮކްޓޯބަރު 2025
ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ
03 އޮކްޓޯބަރު 2025

މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ

03 އޮކްޓޯބަރު 2025
މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ
26 ސެޕްޓެމްބަރު 2025

އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ

26 ސެޕްޓެމްބަރު 2025
އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ
19 ސެޕްޓެމްބަރު 2025

މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ

19 ސެޕްޓެމްބަރު 2025
މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ
12 ސެޕްޓެމްބަރު 2025

ޚުޝޫއަތްތެރިކޮށް ނަމާދުކުރާ މީހާ ހުތުރުކަންބޮޑު ފާފަތައް ނުކުރާނެ، ފާފަ ކުރެވޭނަމަ އަމިއްލަ ނަފްސާ ސުވާލުކުރޭ: ޚުތުބާ

12 ސެޕްޓެމްބަރު 2025
ޚުޝޫއަތްތެރިކޮށް ނަމާދުކުރާ މީހާ ހުތުރުކަންބޮޑު ފާފަތައް ނުކުރާނެ، ފާފަ ކުރެވޭނަމަ އަމިއްލަ ނަފްސާ ސުވާލުކުރޭ: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް