Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިޔާ ދެކޮޅަށް ކުރިއަށްގެންދާ ހަރަކާތް

އިންޑިޔާއާއި ދެކޮޅަށް ކުރިއަށްގެންދާ ހަރަކާތްތަކުގައި ބައިވެރިނުވުމަށް ރައީސް ނަޝީދު އެދިވަޑައިގެންފި

އެއީ ދިވެހިންނަށް ގެއްލުން ލިބޭ ހަރަކާތެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 11 މާރިޗު 2022 | ހުކުރު 07:56
އާސްކް ސްޕީކަރ ޕްރޮގްރާމްގެ ތެރެއިން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅުދައްކަވަނީ

އާސްކް ސްޕީކަރ ޕްރޮގްރާމްގެ ތެރެއިން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅުދައްކަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވާ އިންޑިޔާއާއި ދެކޮޅަށް ކުރިއަށްގެންދަވާ ހަރަކާތްތަކުގައި ބައިވެރިނުވުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން އިންޑިޔާއާއި ދެކޮޅަށް ހިންގަވާ ހަރަކާތަކީ ރައްޔިތުންގެ ތާއީދު ނެތް ހަރަކާތެއް ކަމަށެވެ.

Advertisement - newsAdvertisement

އެއީ ދިވެހިންނަށް ގެއްލުން ލިބޭނެ ހަރަކާތެއްކަމަށް ފާހަގަކުރައްވާ ރައީސް ނަޝީދު ވަނީ ޕީޕީއެމްގެ މެމްބަރުން އިދިކޮޅުގެ ހަރަކާތްތަކުގައި ބައިވެރިނުވުމަށް އެދިވަޑައިގެންފައެވެ.

އިދިކޮޅު ހަރަކާތުގައި ބައިނުވުމަށް ރައީސް ނަޝީދު އިލްތިމާސްކުރައްވާފައިވާއިރު، އިންޑިޔާ އައުޓް ކެމްޕޭން ހަރަކާތް ހިންގެވުމަށް އދ.މަހިބަދޫއަށް ހުކުރު ދުވަހުގެ ހަވީރު ރައީސް ޔާމީން ވަޑައިގަންނަވާނެއެވެ.

އެމަނިކުފާނު ޖަލުން މިނިވަންވެވަޑައިގެން ފަހުން އަތޮޅުތެރޭގެ ރަށްރަށަށް ދަނީ ދަތުރުކުރައްވަމުންނެވެ. އެގޮތުން ރައީސް އެންމެ ފަހުން ވަޑައިގެންނެވީ ގއ. ވިލިނގިއްޔަށެވެ. އަދި މީގެ ކުރިން ށ. އަތޮޅާއި ފ. އަތޮޅު އަދި ރ. އަތޮޅަށް ވެސް ވަޑައިގެންނެވިއެވެ.

"އިންޑިޔާ އައުޓް" ގެ ނަމުގައި އިދިކޮޅުން ކުރިޔަށް ގެންދާ ހަރަކާތް ފުޅާކުރަމުން ގެންދާއިރު، އިންޑިއާ އަސްކަރިއްޔާ މި ގައުމުން ބޭރު ކުރުމުގެ ނަމުގައި ފެށި ހަރަކާތް މިހާރު ވަނީ ބަދަލުވާން ފަށާފައެވެ. އެގޮތުން އަމިއްލަ ގޭގޭގައިވެސް އިންޑިއާ އައުޓް ޖެހުމަށް ރައީސް ޔާމީން ގޮވާލައްވާފައިވާއިރު، މިއީ ސިޔާސީ ގޮތުން ވަކި މަގުސަދެއް ހާސިލު ކުރުމަށް ހިންގަމުންގެންދާ ހަރަކާތެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. އަދި އިންޑިއާ އައުޓްގެ ނަމުގައި ޕެޓިޝަނެއްގައި ސޮއިކުރުންވެސް ކުރިއަށް ގެންގޮސްފައިވާއިރު މި ޕެޓިޝަންގައި ބުނަނީ މި ސަރުކާރުން އިންޑިއާއާއެކު ސިއްރު އަސްކަރީ އެއްބަސްވުންތަކެއްގައި ސޮއިކުރަމުން ގެންދާ ކަމަށެވެ. އަދި ގާނޫނުއަސާސީއާއި ޚިލާފަށް ރާއްޖޭގެ ތަންތަން އިންޑިއާއަށް ދޫކޮށްފައިވާކަމަށެވެ.

ގިނަ ތުހުމަތުތަކެއް އިންޑިޔާ ސިފައިނަށް ކުރަމުންދާއިރު، އިންޑިޔާގެ އަސްކަރީ ތަމްރީންތަކަށްދާ ދިވެހި އަންހެން ސިފައިން ބުރުގާ ނެގުމަށް މަޖުބޫރު ކުރާ ކަމަށްވެސް ރައީސް ޔާމީން ތުހުމަތު ކުރައްވާފައިވެއެވެ. އަދި އެކަން އެމްއެންޑީއެފުން ވަނީ ދޮގުކޮށްފައެވެ.

މިހަރަކާތުގެ ސަބަބުން ޚާރިޖީ ގުޅުންތަކަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ. މީގެ އިތުރުން ދެގައުމުގެ ދޭތެރޭގައި ނަފްރަތާއި ރުޅިވެރިކަން އުފެދޭ ކަމަށާއި، މިއީ ގައުމީ ސާލާމަތަށް ހުރި ނުރައްކަލެއް ކަމަށް މިނިސްޓްރީ އޮފް ޑިފެންސް އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ބުނެފައިވެއެވެ.

އިންޑިއާ އައުޓްރައީސް ނަޝީދުރައީސް ޔާމީން

އިތުރަށް ކިޔާލަން

18 އޯގަސްޓު 2025

މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި

18 އޯގަސްޓު 2025
މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި
23 ޑިސެމްބަރު 2024

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

23 ޑިސެމްބަރު 2024
އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން
30 އޮކްޓޯބަރު 2024

ޔާމީނުގެ ފަރާތުން ހުށަހެޅުއްވި "އިންޑިއާ އައުޓް" ގަރާރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

30 އޮކްޓޯބަރު 2024
ޔާމީނުގެ ފަރާތުން ހުށަހެޅުއްވި "އިންޑިއާ އައުޓް" ގަރާރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި
25 އޮކްޓޯބަރު 2024

މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން

25 އޮކްޓޯބަރު 2024
މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން
24 އޮކްޓޯބަރު 2024

ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

24 އޮކްޓޯބަރު 2024
ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު