Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެމްބަރު ޣަނީގެ ދަރަނީގެ މައްސަލަ

މެމްބަރު ޣަނީގެ ގޮނޑި ގެއްލޭނީ ޙުކުމާއި އެއްގޮތަށް ފައިސާ ނުދައްކައިފިނަމަ

ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމުގައި ބުނެފައިވަނީ އެ ފައިސާއަކީ ޣަނީ ދައްކަންޖެހޭ ފައިސާކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 10 މާރިޗު 2022 | ބުރާސްފަތި 10:08
ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަނީ އަބްދުލް ހަކީމް

ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަނީ އަބްދުލް ހަކީމް

ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަނީ އަބްދުލް ހަކީމްގެ މައްޗަށް ދަށު ކޯޓުން ކުރި ސާބިތު ދަރަނީގެ ހުކުމް ހައިކޯޓުން ދަމަހައްޓާފައިވާއިރު، އެއީ މެމްބަރު ޣަނީގެ ގޮނޑި ގެއްލޭނެ ސަބަބެއް ނޫންކަމަށް ޤާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.

ސާބިތު ދަރަނީގެ ހުކުމް ހައިކޯޓުން ދެމެހެއްޓުމާއި ގުޅިގެން މެމްބަރު ޣަނީގެ ގޮނޑި ގެއްލޭނެކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެހެންނަމަވެސް އެކަމާއި ގުޅޭ ގޮތުން ރާއްޖެއެމްވީން ސުވާލުކުރުމުން ޤާނޫނީ ވަކީލު އިބްރާހިމް ހާފިޒް ވިދާޅުވީ، މެމްބަރު ޣަނީގެ ގޮނޑި ގެއްލޭނީ އޭނާ ޙުކުމާއި އެއްގޮތަށް ފައިސާ ނުދެއްކުމުން ކަމަށެވެ. އަދި ހައިކޯޓުގެ ޙުކުމަކީ މަތީ މަރުޙަލާގެ ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތުވެސް އޮތް ޙުކުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޤާނޫނީ ވަކީލު ހާފިޒަކީ އިލެކްޝަންސް ކޮމިޝަންގެ ލީގަލް ޑިރެކްޓަރުކަމުގެ މަޤާމުވެސް ފުުރުއްވަމުން ގެންދަވާ ފަރާތެވެ.

ޤާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ ގައިވެސް ވަނީ މެމްބަރެއްގެ ގޮނޑި ގެއްލިދާނެ ޙާލަތްތައް ބަޔާންކޮށްފައެވެ. އެގޮތުންއަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހެއް ނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާނަމަ އޭނާގެ މެމްބަރުކަން ގެއްލޭނެކަމަށް އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލައަކީ އެލިއާ އިންވެސްޓްމަންޓްސްއަށް ލޮގްވުޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ދައްކަންޖެހޭ ފައިސާ އާއި ގުޅޭ މައްސަލައެކެވެ. އެގޮތުން ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމުގައި ބުނެފައިވަނީ އެ ފައިސާއަކީ އެއްބަސްވުމެއްގެ ގެރެންޓީ ދީފައިވާ ފަރާތުގެ ހައިސިއްޔަތުން ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ދައްކަންޖެހޭ ފައިސާކަން ޝަރީޢަތަށް ސާބިތުވާކަމަށެވެ. އެއީ 523،673 ރުފިޔާއެވެ.

ޣަނީއަކީ ލޮގްވުޑް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރެވެ.

އެހެންނަމަވެސް، އެ އެއްބަސްވުމަކީ އެލިއާ އިންވެސްޓްމަންޓްސް އާއި ލޮގްވުޑް މޯލްޑްވިސް އާއި ދެމެދުގައި ދަރަނި އަދާކުރުމާއި ބެހޭގޮތުން ވެވުނު އެއްބަސްވުމެއްކަމާއި، އެއެއްބަސްވުމުގައި ލޮގްވުޑްގެ ފަރާތުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ޙައިސިއްޔަތުން ޣަނީ ސޮއިކުރެއްވީ އަމިއްލަ ޝަޚްސީ އަދި ޒާތީ ހައިސިއްޔަތަކުން ނޫން ކަމަށް ބަޔާންކޮށް ޣަނީގެ ފަރާތުން މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

މީގެއިތުރުން، އެއެއްބަސްވުމަކީ ދެ ކުންފުންޏެއްގެ ދެމެދު ވެފައިވާ އެއްބަސްވުމެއްކަމާއި، ގެރެންޓީ ދީފައިވާ ފަރާތް ފައިސާ ދައްކަން ފަރުދީ ގޮތުން އެއްބަސްވާކަން ދަލީލުކޮށްދޭ އެއްވެސް ޢިބާރާތެއްވެސް އެއްބަސްވުމުގައި ހިމެނިފައިނުވާކަން ފާހަގަކޮށްފައިވެއެވެ.

މިމައްސަލައިގައި ހައިކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ އާންމު އުޞޫލުން ކުންފުންޏަކީ، އެ ކުންފުނީގެ މެންބަރުންނާއި ވަކިން އުފެދިފައިވާ ޤާނޫނީ ޝަޚްސެއް ކަމަށެވެ. އެހެންކަމުން ކުންފުންޏެއްގެ ޑިރެކްޓަރުންނަކީ އޭނާގެ ކުންފުނީގެ ދަރަންޏަށް ފަރުދީ ގޮތުން ޒިންމާވާންޖެހޭ ފަރާތެއް ނޫނެވެ.

އެހެންނަމަވެސް މިމައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، ޚުސޫމާތު އުފެދިގެން އުޅޭ އެއްބަސްވުމުގައި އިސްތިއުނާފު ކުރާ ފަރާތުން އެއްބަސްވުމުގައި ބައިވެރިވެފައިވަނީ ކުންފުނީގެ ޑިރެކްޓަރެއްގެ ހައިސިއްޔަތަކުން ނޫން ކަން ވަރަށްވެސް ސާފުކޮށް އެނގޭކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، ޣަނީގެ ފަރާތުން އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާއަށް ގެރެންޓީ ދީފައިވަނީ ފަރުދީ ގޮތުން އެ ފައިސާއަށް ޒިންމާވާނޭ ކަމަށް ޔަޤީންކަން ދީ އެފަދައިން އެއްބަސްވެގެންކަން އެނގެން އޮތްކަން ބަޔާންކޮށް ހައިކޯޓުން ވަނީ އެފައިސާ ދެއްކުމަށް އަމުރުކޮށްފައެވެ.

ރައްޔިތުންގެ މަޖިލިސްޅ. ކުރެންދޫ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ގިނަ ދުވަސްތަކެއް ފަހުން ކުރެންދޫ އަށް ސަތަރި އަޅާފައިވާ ބާޖެއް ގެންގޮސް، ބަނދަރުގެ މަސައްކަތް ފުރިހަމަ ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ގިނަ ދުވަސްތަކެއް ފަހުން ކުރެންދޫ އަށް ސަތަރި އަޅާފައިވާ ބާޖެއް ގެންގޮސް، ބަނދަރުގެ މަސައްކަތް ފުރިހަމަ ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު