Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ98 ކިލޯ ޑްރަގް ކޭސް

ޑްރަގް އެތެރެކުރި މީހަކު ބަންދުކުރުމަށް ހައިކޯޓުން ނިންމި ނިންމުން މެޖިސްޓްރޭޓް ކޯޓުން ބާތިލުކުރީ ޤާނޫނާއި ޚިލާފަށް

10 މާރިޗު 2022 | ބުރާސްފަތި 09:24

ރުޝާން އަޙްމަދު ދީދީގެ މައްޗަށް އުފުލާފައިވަނީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 މާރިޗު 2022 | ބުރާސްފަތި 09:24
ހައިކޯޓު- ހައިކޯޓުގައި ބުދަ ދުވަހު މިމައްސަލަ ނިންމަވާފައިވަނީ ފަނޑިޔާރު އަލީ ސަމީރާއި، ފަނޑިޔާރު ހުސައިން ޝަހީދާއި، ފަނޑިޔާރު ޙަސަން ޝަފީއުގެ އިއްތިފާޤުން

ހައިކޯޓު- ހައިކޯޓުގައި ބުދަ ދުވަހު މިމައްސަލަ ނިންމަވާފައިވަނީ ފަނޑިޔާރު އަލީ ސަމީރާއި، ފަނޑިޔާރު ހުސައިން ޝަހީދާއި، ފަނޑިޔާރު ޙަސަން ޝަފީއުގެ އިއްތިފާޤުން

ރާއްޖެއަށް 98 ކިލޯގެ ޑްރަގް އެތެރެކުރުމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ މީހަކު އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލުމަށް ނިންމި ނިންމުން ހައިކޯޓުން ބާތިލުކޮށްފިއެވެ.

މިމައްސަލައިގައި ސ.ހިތަދޫ މަންދޫބުގެ ރުޝާން އަޙްމަދު ދީދީގެ މައްޗަށް އުފުލާފައިވަނީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއެވެ.

Advertisement - newsAdvertisement

މިމައްސަލައިގައި އޭނާ އާއި އެމައްސަލަ އާއި ގުޅުން ހުރި އެއްވެސް ހެއްކެއް އަދި ޤަރީނާއެއް ފުލުހުންގެ ފަރާތުން ހުށަހަޅާފައި ނުވާކަމަށް ބުނެ މެޖިސްޓްރޭޓް ކޯޓުން ނިންމުމުން، ދައުލަތުން އެ ނިންމުން ހައިކޯޓުގައި މީގެ ކުރިން ވަނީ އިސްތިއުނާފުކޮށްފައެވެ. އެގޮތުން އޭގެ ކުރިން ހަމަ އެ މެޖިސްޓްރޭޓް ކޯޓުން ނެރުއްވާފައިވާ ކޯޓު އަމުރުގައި އެމައްސަލަ އާއި ގުޅިގެން ރުޝާން އަޙްމަދު ދީދީގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެއްކާއި ޤަރީނާ ލިބިފައިވާކަމަށް ކަނޑައަޅާފައިވާކަންވެސް ދައުލަތުން ފާހަގަކުރެއެވެ.

މިމައްސަލަ އޭރު ބެއްލެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އަޢުލަބިއްޔަތުން ވަނީ ދަށު ކޯޓުގެ ނިންމުން ބާތިލުކޮށް، އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނިންމާފައެވެ.

އެހެންނަމަވެސް ހައިކޯޓުގެ ޙުކުމް އެހެން އޮއްވައި މެޖިސްޓްރޭޓް ކޯޓުން ކުރި ޙުކުމުގައި ވަނީ ރުޝާން އަހްމަދު ދީދީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުން، 90 ދުވަހަށް ސަސްޕެންޑް ކުރާ ކަމަށެވެ. އަދި އެ މުއްދަތަށް ބޭސްފަރުވާގެ ބޭނުމަށް އޭނާ ދޫކޮށްފައި ބެހެއްޓުމަށް ވަނީ އަމުރު ކުރައްވާފައެވެ.

ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި އެ އަމުރު ނެރުއްވީ މެޖިސްޓްރޭޓް ރަފީއުދީން އަހްމަދުއެވެ. އެ ނިންމުން ދައުލަތުން އަނެއްކާވެސް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބުދަ ދުވަހު ހައިކޯޓުން ވަނީ އެނިންމުން ބާތިލުކޮށްފައެވެ.

ހައިކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ ބަންދުގައި ހުންނަ މިފަދަ މީހެއްގެ ސިއްޙީ ޙާލަތުގެ މައްޗަށް ރިޢާޔަތްކޮށް ބަންދުން ދޫކޮށްލެވޭނީ ވަރަށް އިސްތިސްނާ ޙާލަތްތަކެއްގައި އެމީހެއްގެ ފުރާނައަށް ނުރައްކާވާފަދަ ބައްޔެއް ހުރެގެން ހަމައެކަނި ޟަރޫރަތް ހުއްދަ ކުރާ މިންވަރެއްގެ މައްޗަށްކަމަށެވެ.

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ބަލާއިރު، ރުޝާން އަޙުމަދުދީދީ ބަންދުން ދޫކޮށްލެވިފައިވަނީ އެގޮތަށްކަން މެޖިސްޓްރޭޓް ކޯޓުގެ ނިންމުމަށް ބެލުމުން އެނގޭކަށް ނެތްކަން ޙުކުމުގައި ފާހަގަކޮށްފައިވެއެވެ. އަދި އެފަދަ ޟަރޫރީ ޙާލަތެއް ހިނދުން ހިނދަށް އޮތްކަން ރުޝާން އަޙުމަދުދީދީއަށް ހައިކޯޓުގައި ބުނެދެވިފައިވެސް ނުވާކަމަށް ޙުކުމުގައި ބަޔާންކޮށްފައިވެއެވެ.

ހައިކޯޓުގައި ބުދަ ދުވަހު މިމައްސަލަ ނިންމަވާފައިވަނީ ފަނޑިޔާރު އަލީ ސަމީރާއި، ފަނޑިޔާރު ހުސައިން ޝަހީދާއި، ފަނޑިޔާރު ޙަސަން ޝަފީއުގެ އިއްތިފާޤުންނެވެ.

މިކަމާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްވެސް ވަނީ ހައިކޯޓުގެ ޙުކުމެއް ދިރި އޮއްވައި އެހުކުމް ސަސްޕެންޑުކުރުމަކީ ދަށުކޯޓަކުން މެޖިސްޓްރޭޓަކު ކުރައްވާ ޒާތުގެ ކަމެއް ނޫންކަމަށް ވިދާޅުވެ އެ ނިންމެވުމަށް ފާޑުވިދާޅުވެފައެވެ. އަދި މީހަކު ދޫކޮށްލަން ބޭނުންފުޅުވި ނަމަވެސް، ރަނގަޅު ސަބަބެއް ދައްކަވާންވާނެކަން ފާހަގަކުރައްވައި، ޖޭއެސްސީއަށް އެމައްސަލަ ހުށައަޅުއްވާނެކަމަށް ޝަމީމް އޭރު ވަނީ ވިދާޅުވެފައެވެ.

ޖޭއެސްސީން މިހާރު ވަނީ މެޖިސްޓްރޭޓް ރަފީއުދީންގެ މައްސަލަ ބެލުމަށްވެސް ނިންމާފައެވެ.

މަސްތުވާތަކެތިހައި ކޯޓު

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
27 ނޮވެމްބަރު 2025

އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

27 ނޮވެމްބަރު 2025
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި
23 ނޮވެމްބަރު 2025

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި
22 ނޮވެމްބަރު 2025

ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ

22 ނޮވެމްބަރު 2025
ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ
20 ނޮވެމްބަރު 2025

ހައިކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ ބަލަނީ

20 ނޮވެމްބަރު 2025
ހައިކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ ބަލަނީ
20 ނޮވެމްބަރު 2025

ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި

20 ނޮވެމްބަރު 2025
ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި
28 އޮކްޓޯބަރު 2025

ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން ކައިޒީން އާއި އޭނާގެ ބައްޕައާ ދެމެދު ޖެހިގެން އުޅޭ މައްސަލަ އަލުން ބަލަނީ!

28 އޮކްޓޯބަރު 2025
ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން ކައިޒީން އާއި އޭނާގެ ބައްޕައާ ދެމެދު ޖެހިގެން އުޅޭ މައްސަލަ އަލުން ބަލަނީ!
22 އޮކްޓޯބަރު 2025

އޮރިޔާން ކާޑު އުފައްދައި ގެންގުޅުމާއި، ޤާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ދައުވާތައް ހިމެނޭހެން އަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ޝެއިޚް ނަސްރުﷲ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

19 އޮކްޓޯބަރު 2025

ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި

19 އޮކްޓޯބަރު 2025
ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް