Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރަޝިޔާ - ޔޫކްރެއިން ހަނގުރާމަ

ވެގްނަރ ގްރޫޕުން ޒެލެންސްކީ އަވަހާރަކޮށްލަން މަސައްކަތްކުރި، ގައުމުން ބޭރަށް ވަޑައިގަންނަވަން ހުށަހެޅުމުން ވިދާޅުވީ "ބޭނުމީ ވަޒަނާއި އައްޑަނައެއް، ރައިޑެއް ނޫން"

3 ފަހަރެއްގެ މަތިން ޒެލެންސްކީ އަވަހާރަކޮށްލަން މަސައްކަތްކުރިކަމަށްވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 10 މާރިޗު 2022 | ބުރާސްފަތި 18:36
ވެގްނަރ ގްރޫޕު - ޒެލެންސްކީ އަވަހާރަކޮށްލަން މަސައްކަތްކުރި ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައި

ވެގްނަރ ގްރޫޕު - ޒެލެންސްކީ އަވަހާރަކޮށްލަން މަސައްކަތްކުރި ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައި

"މިއީ އަޅުގަނޑު ފެންނާނެ އެންމެ ފަހު ފަހަރު" ޔޫކްރެއިންގެ ރައީސް ވްލަޑީމިއަރ ޒެލެންސްކީ ވީޑިއޯ މެދުވެރިކޮށް ޔޫރަޕިއަން ޔޫނިއަންގެ ލީޑަރުން ކައިރި ވިދާޅުވެފައިވަނި ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާއިން ޔޫކްރެއިން ހިފުމަށް މަސައްކަތް ފެށުމާއެކުގައެވެ. ބަންކަރެއްގައި އިންނަވައިގެން ޒެލެންސްކީ އީޔޫގެ ލީޑަރުންނާ މުޚާތަބު ކުރެއްވި އިރު, އޭގެ ފަހުން ޒެލެންސްކީ ވިދާޅުވީ އޭނާއަކީ ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިންގެ ފުރަތަމަ ޓާގެޓް ކަމަށެވެ.

އެމެރިކާއިން ޒެލެންސްކީއަށް ހުށަހެޅުމެއްވެސް ހުށަހެޅިއެވެ. އެމެރިކާއިން ހުށަހެޅީ ހަނގުރާމަ ފެށުނުތަނާހެން، ގައުމުން ބޭރުވާން އެހީވުމަށެވެ. ނަމަވެސް އެކަން ގަބޫލުފުޅު ނުކުރައްވައި ޒެލެންސްކީ ވިދާޅުވީ ބޭނުންވަނީ ރައިޑެއް ނޫން ކަމަށާއި، ބޭނުންވަނީ ވަޒަނާއި އައްޑަނަ ކަމަށެވެ.

އޭގެ ފަހުން ޒެލެންސްކީ ވަނީ އެކި ވީޑިއޯތަކުން ފެނިވަޑައިގެންފައެވެ. ވީޑިއޯ މެދުވެރިކުރައްވައި ޒެލެންސްކީ އެކިއެކި މެސެޖް ދެއްވަމުން ގެންދެވިއިރު، ޔޫކްރެއިންގެ ފައުޖުތަކުން ދިޔައީ ރަޝިޔާއިން އެގައުމަށް އުތުރާއި، އިރާއި ދެކުނުން، ކީވްއާއި ޚާރްކީވް އަދި މަރިއުޕޮލްގެ ބަނދަރަށް ބޮމުގެ ހަމަލާތަކަށް ރައްދު ދެމުންނެވެ.

މާޗް މަހުގެ 6 ވަނަ ދުވަހު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން ޔޫކްރެއިންގެ ޚާރިޖީ ވަޒީރާ ހަވާލާދެއްވައި ވިދާޅުވީ, ޒެލެންސްކީ އަވަހާރަވެއްޖެ ހާލަތެއްގައި ސަރުކާރު ކުރިއަށް ގެންދިއުމަށްޓަކައި ޕްލޭނެއް ހަދާފައިވާ ކަމަށާއި، އެކަމަށް ތަނެއް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

މިގޮތަށް ޚަބަރުތައް ފެތުރިފައިވަނީ ޒެލެންސްކީ އަވަހާރަކޮށްލުމަށް މަސައްކަތްތަކެއް ކުރެވި އެކަން ނާކާމިޔާބުވިފަހުންނެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ޔޫރަޕްގައި ދިމާވެފައިވާ އެންމެ ބޮޑު ރެފިއުޖީންގެ މައްސަލައިގެ ގޮތުގައިވެސް ވަނީ ބެލެވިފައެވެ. ހަނގުރާމައާއެކު މުޅި ދުނިޔެއިން ރަޝިޔާގެ އަމަލުތައް ކުށްވެރިކުރަމުން އަންނަ އިރު، އެގައުމާ ދެކޮޅަށް ވަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅާފައެވެ.

ޒެލެންސްކީ އަވަހާރަކޮށްލަން ރޭވުމުގެ ކަންތައްގަނޑުގައި ވެގްނަރ ގްރޫޕުގެ ނަންވެސް ވަނީ ހިމެނިފައެވެ. ރިޕޯޓްތައް ބުނާގޮތުން އެ ގްރޫޕުގެ 400 މީހުން ތިބީ ކީވްގެ ތެރޭގައެވެ. އެމީހުން މަސައްކަތް ކުރަނީ ޒެލެންސްކީ އަވަހާރަކޮށްލުމަށެވެ.

ވެގްނަރ މަރސިނަރީސް ނުވަތަ އެ ގްރޫޕަކީ މިލިޓަރީ ކުންފުންޏެވެ. އެމީހުން ކުރާ މަސައްކަތަކީ ރަޝިޔާއިން ކުރާ ހަނގުރާމަތަކާއި އަސްކަރީ އޮޕަރޭޝަންތަކުގައި އެކި ކަހަލަ ސިއްރު މައުލޫމާތާއި އެކިއެކި މައުލޫމާތު ފޯރުކޮށްދިނުމެވެ. މަރސިނަރީސްއަކީ ފައިސާ ދީގެން ހަނގުރާމަތަކުގައި އެމީހުންގެ އަމިއްލަ ގައުމުން އެހެން ގައުމުތަކުގައި ކުރާ ހަނގުރާމަތަކުގެ ތެރެއަށް ވަދެ އެމީހުންނާ ހަވާލު ކުރެވިފައިވާ ވަކި ކަންތަކެއް ހާސިލް ކުރާ ނުވަތަ އެމީހުންގެ އަމިއްލަ ކަންކަން ހާސިލް ކުރާ ބައެކެވެ.

ފިނި ހަނގުރާމައިގެ ފަހުން ވެގްނަރ ގްރޫޕުގެ އިތުރުން އެފަދަ އިތުރު ގްރޫޕުތަކުން, އަދި ފްރީލާންސް އޮފިސަރުންނަކީ ބޭނުންތެރި އަދި އެމީހުންނަކީ އަގުހެޔޮކޮށް މަސައްކަތް ކުރާ އަދި ކުރާ މަސައްކަތުގެ ސަބަބުން އެއްވެސް ފިޔަވަޅެއް ނޭޅޭ ބަޔެކެވެ.  

ޔޫކްރެއިނުން ވަކިވެގެން މިނިވަންކަން އިއުލާންކޮށްފައިވާ ލުހާންސްކް އަދި ޑޮނެސްޓްކް ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާއިން ބަލައިގެންފައިވާއިރު، އެތަނުގައި ހަމަނުޖެހުން އުފައްދާ މީހުންނަށް ކޮމާންޑްކޮށް އެތަނުގައި ވެގްނަރ ގްރޫޕުން ބާރު ހިންގަމުން އަންނަކަމަށް ޒެލެންސްކީ ވަނީ ތުހުމަތު ކުރައްވާފައެވެ. ނަމަވެސް ރަޝިޔާއިން ވަނީ ވެގްނަރ ގްރޫޕާ ގުޅުން އޮތްކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފައެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ވެގްނަރއަކީ ކުންފުނިތައް ނުވަތަ ގްރޫޕުތަކުގެ ނެޓްވޯކެކެވެ. އެ ގްރޫޕުގައި މަސައްކަތްކުރާ މީހުންގެ އަދަދަކީ ގާތްގަނޑަކަށް 6000 ކަމަށް 2017 ވަނަ އަހަރު ބްލޫމްބަރގްއިން ވަނީ ރިޕޯޓްކޮށްފައެވެ. އަދި އެމީހުން އެފްރިކާގެ އުތުރު ސަބް-ސަހާރަންގައި ހަނގުރާމަކޮށްފައި ވާކަމަށްވެއެވެ. އެމީހުން މީހުންނަށް ޓޯޗަރ ކުރުމާއި، ރޭޕް ކުރުމާއި، ގާނޫނުން ބޭރުން މީހުން މަރާފައިވާކަމަށް ރިޕޯޓް ކުރެވުނެވެ. އެމީހުން ލީބިޔާ، ސީރިޔާ، މޮޒަމްބީކް، މާލީ އަދި ސޫދާންގައި ތިބޭކަމަށްވެއެވެ.

ޑިސެމްބަރ 2021ގައި ޔޫރަޕިއަން ޔޫނިއަނުން ވަނީ، ވެގްނަރ ގްރޫޕުން މީހުން ރެކްރޫޓްކޮށް، ތަމްރީންކޮށް ޕްރައިވެޓް އަސްކަރީ މީހުންގެ ފޮތުގައި ނުތަނަވަސްކަން އުފެދިފައިވާ ދުނިޔޭގެ އެކި ހިސާބުތަކަށް ހަމަނުޖެހުން ހިންގާ، ގުދުރަތީ މުއްސަނދިކަން ފޭރި އާންމުންނަށް ބިރުދައްކަމުންދާކަމަށް ތުހުމަތުކޮށްފައެވެ.

މި ހިޔަނި ޔުނިޓް އުފައްދާފައިވަނީ ޑްމިޓްރީ އުޓްކިން ކިޔާ މީހެއްކަމަށް ބުނެއުޅެއެވެ. އޭނާ އެ ގްރޫޕުގެ ނަމެއްގެ ގޮތުގައި ދީފައިވަނީ އެޑޮލްފް ހިޓްލަރަށް އެންމެ ކަމުދާ ލަވަ އުފައްދާ މީހާ ރިޗަޑް ވެގްނަރގެ ނަމުންނެވެ.

ޑްމިޓްރީ އުޓްކިން އަކީ ރަޝިޔާގެ ކުރީގެ އަސްކަރިއްޔާގެ އޮފިސަރެކެވެ. އޭނާ 2013 ވަނަ އަހަރާ ހަމައަށް ރަޝިޔާގެ އިންޓެލިޖެންސް އެޖެންސީ (ޖީއާރުޔޫ)ގައި މަސައްކަތްކޮށް ލިއުޓަނެންޓް ކާނަލްގެ ރޭންކް ހޯދިއެވެ. އޭނާއަކީ މޯރަން ސެކިއުރިޓީ ގްރޫޕުގެ ވެސް މެންބަރެކެވެ.

2016 ވަނަ އަހަރު ކްރެމްލިންގައި އޮތް ހަފްލާއެއްގައި ޕުޓިންގެ އަރިހުގައި ހުންނަވަނިކޮށް ފޮޓޯއަކުން ފެނިފައިވެއެވެ. ރިޕޯޓްތައް ބުނާގޮތުން އޭނާއަށް ޔޫކްރެއިންގައި އޮނަރ އަރުވާފައިވެއެވެ. އުޓްކިން ގައިގައި ނާޒީންގެ ޓެޓޫ ހުންނަ ކަމަށްވެއެވެ. މީގެ އަޖައިބުވާކަމަކީ ޔޫކްރެއިނުން ނާޒީން ނައްތާލުމަކީ ރަޝިޔާއިން ފެށި ހަނގުރާމަ ނުވަތަ ރަޝިޔާއިން ގަބޫލުކުރާނަމަ އަސްކަރީ އޮޕަރޭޝަންގެ މަގުސަދެކެވެ.

އުޓްކިން ވަނީ 1994ން 1996ށް އަދި 1999ން 2009ށް ކުރި ޗެޗެން ހަނގުރާމައިގައި ބައިވެރިވެފައެވެ. މީގެ އިތުރުން 2014 ވަނަ އަހަރު ކްރީމިއާއަކީ ރަޝިޔާގެ ބައެއްގެ ގޮތުގައި ކަނޑައެޅި އިރު ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ކުރި ހަނގުރާމައިގައި ވެސް އޭނާ ބައިވެރިވިއެވެ.

ރަޝިޔާއިން މިހާރު ބޭނުންވަނީ ކްރީމިއާއަކީ ރަޝިޔާގެ ބައެއްގެ ގޮތުގައި ބަލައިގަތުމަށެވެ. އަދި ޔޫކްރެއިނުން ވަކިވެގަނެފައިވާ ޑޮނެސްޓްކްއާއި ލުހާންސްއަކީ މިނިވަން ދައުލަތުގެ ގޮތުގައި ބަލައިގަތުމަށެވެ. މީގެ އިތުރުން އިތުރު ކަންތައްތަކަށް ވެސް ރަޝިޔާއިން ޝަރުތުކުރެއެވެ.

ޔޫކްރެއިން އިން އެމީހުންގެ ރޭވުންތައް ދެނެގަނެވިފައިވާކަމަށް ވެގްނަރގެ ކުލީ ސިފައިންނަށް ވަނީ އެނގިފައިކަމަށް ޓައިމްގައި ރިޕޯޓްކޮށްފައިވެއެވެ.

ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ރަޝިޔާއަށް ބުނެލަން ބޭނުންވީ އޭނާ ފިއްލަވައިގެން ނޫޅުއްވާކަމާއި، ޕުޓިންއަށް ބިރުފުޅުން ނޫޅުއްވާކަމަށެވެ. އިންސްޓަގްރާމްގައި ދާދި ފަހުން ކުރެއްވި ޕޯސްޓެއްގައި ޒެލެންސްކީ ހުންނެވިތަން ހާމަކުރައްވަމުން ވިދާޅުވީ އެމަނިކުފާނު ހުންނެވީ ކީވްގެ ބަންކޮވާ މަގުގައި ކަމަށެވެ. އަދި ނުފިއްލަވާ ކަމަށާއި، އެއްވެސް މީހެއް ދެކެ ބިރުފުޅުގެންވަޑައިނުގަންނަވާ ކަމަށެވެ.

މިހެން ވިދާޅުވެ ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ހުންނެވި ތަނުގެ ލޮކޭޝަން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވީ ގައުމު ދޫކުރައްވައި ފިއްލަވައިފިކަމުގެ ވާހަކަތައް އެކި ޕްލެޓްފޯމްތަކުގައި ދައުރުވާން ފެށި ހިސާބުންނެވެ.

ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމަ ފެށިފަހުން މިހާތަނަށް ތިން ފަހަރެއްގެ މަތިން ޒެލެންސްކީ އަވަހާރަކޮށްލުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މޭޒުކޮޅު ކައިރީގައި އިންނަވައި ގައުމީ ދިދަ ފެންނަ ވީޑިއޯގައި ޒެލެންސްކީ ވިދާޅުވީ, ކުރިމަތިލުންތަކާ ހަނގުރާމަކުރައްވާތާ 12 ދުވަސް ވެއްޖެ ކަމަށެވެ. އަދި ތިއްބެވީ ބިންމަތީގައި ކަމަށެވެ. އަދި ހުންނެވީ ވެރިރަށް ކީވްގައި ޓީމާއި އެކުގައި ކަމަށެވެ.

ޒެލެންސްކީ ވަނީ ރަޝިޔާއާ ދެކޮޅަށް ޔޫކްރޭންގެ ލަޝްކަރު ހަނގުރާކުރައްވަމުން ގެންދަވާތީ ޝުކުރު އަދާކުރައްވާފައެވެ. އަދި ގަބޫލުކުރައްވަނީ ރަޝިޔާއިން ކުރަމުން އަންނަ ހަނގުރާމަ ކާމިޔާބުވާނީ ޔޫކްރޭނަށްކަމަށް ވިދާޅުވެފައެވެ.

ރަޝިޔާއިން ޝަރުތުކުރާ ކަންކަމުގެ ތެރޭގައި, ޔޫކްރޭންއަކީ މިނިވަން ގައުމެއްގެ ގޮތުގައި އޮތުން ހިމެނެއެވެ. ޔޫކްރެއިން ނޭޓޯއާއި ގުޅެން ރަޝިޔާއިން ބޭނުމެއްނުވެއެވެ. އެމެރިކާއިން ބާރު ފޯރުވާ, އަސްކަރީ ގޮތުން ގުޅިފައިވާ ނޭޓޯއިން އަންނަނީ އިރުމަތީ ޔޫރަޕަށް އެމީހުންގެ ބާރު ފޯރުވަމުންނެވެ. އެގޮތުން ކުރީގެ ސޯވިއެޓް ޔޫނިއަންގެ ގައުމުތައް ވެސް ހިމެނެއެވެ.

އަނެއްކޮޅުން ޒެލެންސްކީ އަންނަނީ ނޭޓޯއާއި ޔޫރަޕިއަން ޔޫނިއަނާ ގުޅުމަށް އެދި ރަޝިޔާއާއި ރަޝިޔާއަށް ތާއީދުކުރާ ގައުމުތަކާ ދެކޮޅަށް ހަނގުރާމަކުރުމަށް ގޮވާލައްވަމުންނެވެ. މިއީ އެއް ބައްރު އަނެއްބަރު ހުރަސްކޮށް ބޮޑު ހަނގުރާމައެއް ފެށިދާނެފަދަ ކަމެކެވެ.

މިހާތަނަށް އައި އިރު ހުޅަނގުން ވަނީ ޔޫކްރެއިނަށް އަސްކަރީ ހަތިޔާރު ފޯރުކޮށްދީފައެވެ. އަދި ސީދާ މައްސަލައިގެ ތެރެއަށް ނުވަނުމަށް ނިންމާފައެވެ. ސަބަބަކީ ޔޫކްރެއިނަކީ ނޭޓޯގެ މެންބަރު ގައުމަކަށް ނުވުމެވެ.

ހަނގުރާމައަށް ދެ ހަފުތާވެފައިވާ އިރު، ރަޝިޔާއާއި ޔޫކްރެއިންގެ ޚާރިޖީ ވަޒީރުން ބުރާސްފަތި ދުވަހު ތުރުކީގައި ބައްދަލުކުރުމަށް ވަނީ ނިންމާފައެވެ. މިހާތަނަށް ދެގައުމުގެ ދެމެދުގައި ސުލްހައިގެ މަޝްވަރާތަކުގެ 3 ބުރެއް ވަނީ ބާއްވާފައެވެ. ނަމަވެސް ދެގައުމުގެ ވަފުދުގައި ހިމެނޭ ފަރާތްތަކުން އިންޒާރު ދީފައިވަނީ ދެން އޮންނަ ބައްދަލުވުމަކީ މި މައްސަލައިގެ ހައްލު ނެރެވޭނެ ބައްދަލުވުމެއް ކަމަށް ނުދެކުމަށްބުނެއެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަޔޫކްރެއިންގެ ރައީސް ވޮލްޑީމިއަރ ޒެލެންސްކީވެގްނަރ ގްރޫއްޕުޑްމިޓްރީ އުޓްކިންވްލަޑިމިއަރ ޕުޓިންރަޝިއާޔުކްރެއިން

ކޮމެންޓް

އިތުރަށް ކިޔާލަން

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު