Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ބެންޒެމާގެ ޖާދުލުން ރެއާލް ކުއާޓާ ފައިނަލަށް

ރެއާލް މޮޅުވީ 3-1 ގެ ނަތީޖާއަކުން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 9 މާރިޗު 2022 | ބުދަ 22:18
ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާއި ޕީއެސްޖީ ބައްދަލުކުރި ގަދަ 16 ގެ ދެވަނަ ލެގުގައި ރެއާލް މެޑްރިޑްގެ ކެޕްޓަން ކަރިމް ބެންޒެމާގެ ހެޓްރިކާއެކު އެޓީމު މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރެއާލްގެ ސެންޓިއާގޯ ބާނަބޭއު ސްޓޭޑިއަމްގައި ކުޅުނު މި މެޗު ރެއާލްއިން ކާމިޔާބު ކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ހާފުގައި ކައުންޓަ އެޓޭކެއްގެ ބޭނުން ހިފާ ޕީއެސްޖީއަށް ލީޑު ނަގައިދިނީ އެމްބާޕޭއެވެ. އޭގެ ކުރިންވެސް އެމްބާޕޭ ލަނޑެއް ޖެހި ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ އެއީ އޮފްސައިޑު ލަނޑެއް ކަމަށް ނިންމާފައެވެ.

ވަރުގަދަ ކުޅުމަކާއެކު ދެވަނަ ހާފަށް ނުކުމެ ރެއާލްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެޓީމުގެ ކެޕްޓަން ކަރިމް ބެންޒެމާއެވެ. ފުރަތަމަ ލަނޑަކީ މި މެޗުގައި ގިިނަ ސޭވްތަކެއް ކުރި ޕީއެސްޖީގެ ކީޕަރު ޑޮނަރޫމާއަށް ހެދުނު ގޯހެއްގެ ބޭނުން ހިފައިގެން ބެންޒެމާ ކާމިޔާބު ކުރި ލަނޑެކެވެ. ބެންޒެމާ ޖެހި ދެވަނަ ލަނޑަކީ ވިނީޝިއަސް ޖޫނިއަރ އުފެއްދި ކައުންޓާ އެޓޭކެއްގައި ލިބުނު ހަނި ފުރުސަތަކުން ކާމިޔާބު ކުރި ލަނޑެކެވެ. ރެއާލްއިން މުބާރާތުގެ އޮއެވަރު އަނބުރާލީ ކައިރި ކައިރީގައި ބެންޒެމާ ޖެހި ތިން ގޯލުންނެވެ.

މި މެޗުން 3-2 ގެ ނަތީޖާއަކުން ބަލިވުމާއެކު ޕީއެސްޖީ މިވަނީ މުބާރާތާއި އަލްވަދާއު ކިޔަން ޖެހިފައެވެ.

ގަދަ 16 ގެ ފުރަތަމަ ލެގުގައި މި ދެޓީމު ބައްދަލުކުރި މެޗުން ޕީއެސްޖީ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މުބާރާތުގެ ކުއާޓާ ފައިނަލަށް ރެއާލް ދަތުރު ކުރީ ދެ މެޗުގެ އެގްރިގޭޓުން އެއްލަނޑުގެ ފަރަގާއެކުއެވެ. ދެ މެޗުގެ އެގްރިގޭޓުން ރެއާލް ކުރި ހޯދީ 3-2 އިންނެވެ.

ބެންޒެމާގެ ހެޓްރިކަށްފަހުވެސް ނަތީޖާ ބަދަލުކޮށްލުމަށް ޕީއެސްޖީއަށް ފުރުސަތު ލިބުނެވެ. ނަމަވެސް އެމްބާޕޭ އުފެެއްދި ހަމަލާތައް ކާމިޔާބު ނުވިއިރު، މެސީ ފޮނުވާލި ބާރު ހިލޭ ޖެހުން ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ މެންޗެސްޓަރ ސިޓީވެސް ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. ސިޓީން ކުއާޓާ ފައިނަލުގެ ޖާގަ ހޯދީ ގަދަ 16 ގެ ފުރަތަމަ ލެގުގައި ސްޕޯޓިންގ ލިޒްބަންގެ މައްޗަށް ހޯދި ބޮޑު މޮޅުންނެވެ. ފުރަތަމަ ލެގުގައި ސިޓީ މޮޅުވީ 5-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ. ބުދަ ދުވަހުގެރޭ މި ދެޓީމު ކުޅުނު ދެވަނަ ލެގުގެ މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. މިއީ ސިޓީން ކުއާޓާ ފައިނަލަށް ވިދިވިދިގެން ދަތުރުކުރި ފަސްވަނަ ފަހަރެވެ.

ޗެމްޕިއަންސް ލީގުކީލިއަން އެމްބާޕޭޕީއެސްޖީރެއާލް މެޑްރިޑް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
28 އޮކްޓޯބަރު 2025

އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ

28 އޮކްޓޯބަރު 2025
އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
20 އޮކްޓޯބަރު 2025

ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް

20 އޮކްޓޯބަރު 2025
ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު