Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފިކޭޝަން

އޯޕަން ރައުންޑްގެ ފުރަތަމަ މެޗު އެއްވަރު

މި މެޗު ނިމުނީ 1-1 ގެ ނަތީޖާ އަކުން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 8 މާރިޗު 2022 | އަންގާރަ 11:37
އޯޕަން ރައުންޑުގައި ތުނޑި ގޯޅި ސްޕޯޓްސް ކްލަބާއި އައިލެންޑް ޔޫތު ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން

އޯޕަން ރައުންޑުގައި ތުނޑި ގޯޅި ސްޕޯޓްސް ކްލަބާއި އައިލެންޑް ޔޫތު ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން

މުޅި ރާއްޖެ އަށް ހުޅުވާލައިގެން 2023/2024 ވަނަ އަހަރު ފަށަން ނިންމާފައިވާ ދިވެހި ޕްރިމިއާ ލީގުގެ އޯޕަން ރައުންޑްގައި ކުޅުނު ފުރަތަމަ މެޗު އެއްވަރު ވެއްޖެއެވެ.

ލާމު އަތޮޅުގައި ކުޅުނު މި މެޗުގައި ވާދަކުރީ ތުނޑި ގޯޅި ސްޕޯޓްސް ކްލަބާއި އައިލެންޑް ޔޫތު ޔުނައިޓެޑްއެވެ. މިހާރުގެ ސަރުކާރުން ގަމުގައި އަޅާފައިވާ ޓާފް ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ތުނޑި ގޯޅި ޓީމުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުޖުތާޒް އަލީއެވެ. އައިލެންޑް ޔޫތު ޔުނައިޓެޑްއިން ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ފުރިހަމަ ވަގުތު ނިމިގެން ކުޅުނު އިތުރު ވަގުތުގައެވެ. އިތުރު ވަގުތުގެ 91 ވަނަ މިނެޓުގައި އައިލެންޑް ޔޫތު ޔުނައިޓެޑަށް މި ލަނޑު ޖަހާދިނީ އިބްރާހިމް ރަޝީދުއެވެ.

އޯޕަން ރައުންޑަކީ އެއް ރަށަކުން އެއް ޓީމަކަށް ވުރެ ގިނަ ޓީމު ބައިވެރިވެއްޖެނަަމަ އެ ރަށަކުން ޒޯން ލީގަށް ހޮވޭ ޓީމެއް ކަނޑައަޅަން ކުޅޭ ބުރެކެވެ. ލާމު އަތޮޅު ގަމުން ހަތަރު ޓީމު ބައިވެރިވެފައިވާއިރު، ތުނޑި ގޯޅި އާއި އައިލެންޑް ޔޫތުގެ އިތުުރުން ދެން ބައިވެރިވެފައި ވަނީ އެސޯސިއޭޝަން ފޯ މަތިމަރަދޫ އިމްޕްރޫވްޑް ޖެނަރޭޝަން ފޯ ސްޕޯޓްސް (އަމީގޯސް) އާއި ތިއްތި ސްޕޯޓްސް ކްލަބްއެވެ.

ގަމުގެ އޯޕަން ރައުންޑުން އެއް ވަނައަށް ދާ ޓީމެއް ވާދަކުރަން ޖެހޭނީ ސައުތު ޒޯން ލީގުގަ އެވެ. މި ޒޯނު ލީގުގައި އޮތީ ތ، ލ، ގއ، ގދ، ޏ، ސ އަތޮޅުގެ ރަށްތަކެވެ. މި ޒޯން ލީގުގައި ހިމެނޭ ތިން ރަށެއްގައި އޯޕަން ރައުންޑް ކުޅެގެން ރަށް ތަމްސީލް ކުރާނެ ޓީމެއް ހޮވާނެއެވެ. އެގޮތުން ލ. ކުނަހަންދޫގެ އޯޕަން ރައުންޑް މި މަހު 18އިން22އަށް އަށް ތާވަލުކޮށްފައިވާއިރު، ސ. ހިތަދޫ އާއި ސ.ފޭދޫގެ އޯޕަން ރައުންޑް މި މަހު ފަހު ހަފްތާ ތެރޭ ކުރިއަށްދާނެއެވެ.

ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ކުޅެން ލީގުތަކަށް ބެހޭއިރު، ނޯތު ލީގުގައި 16 ޓީމު ކުޅޭނެއެވެ. ސެންޓްރަލް ލީގުގައި ކުޅޭނީ 18 ޓީމެވެ. އަދި ސައުތު ލީގުގައި 19 ޓީމު ބައިވެރިވާނެއެވެ. 

ދިވެހި ޕްރިމިއާ ލީގުއެފްއޭއެމް

ކޮމެންޓް

އިތުރަށް ކިޔާލަން

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

24 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

16 ނޮވެމްބަރު 2025
 ފަހު ވަގުތު ޖެހި ގޯލުން ބުރު އަތުން ޓީސީ ޕޮއިންޓެއް ހޯދައިފި

ފަހު ވަގުތު ޖެހި ގޯލުން ބުރު އަތުން ޓީސީ ޕޮއިންޓެއް ހޯދައިފި

10 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު