Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކައުންސިލްތަކުން ދައުލަތް ތަމްސީލުކުރުން

ކައުންސިލްތަކަށް ދައުލަތް ތަމްސީލު ނުކުރެވޭނެކަމަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ލޯކަލް ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިގެންވާ ގާނޫނީ ޝަހްސެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 މާރިޗު 2022 | އަންގާރަ 08:15
ސުޕްރީމް ކޯޓް-  އަންގާރަ ދުވަހު ސުޕްރީމް ކޯޓުން ނިންމާފައިވަނީ ކައުންސިލްތަކަށް ދައުލަތް ތަމްސީލު ނުކުރެވޭނެކަމަށް ކުރި ހުކުމް ބާތިލުކުރުމަށް

ސުޕްރީމް ކޯޓް- އަންގާރަ ދުވަހު ސުޕްރީމް ކޯޓުން ނިންމާފައިވަނީ ކައުންސިލްތަކަށް ދައުލަތް ތަމްސީލު ނުކުރެވޭނެކަމަށް ކުރި ހުކުމް ބާތިލުކުރުމަށް

ލޯކަލް ކައުންސިލްތަކަށް ކޯޓްތަކުގައި ދައުލަތް ތަމްސީލު ނުކުރެވޭނެކަަމަށް ހައިކޯޓުން ކުރި ހުކުމް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެމައްސަލަ ދައުލަތާއި އެއްކޮޅަށް ނިމިއްޖެއެވެ.

އދ. ފެންފުށީ ބިމެއްގެ މައްސަލައިގައި 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު ހައިކޯޓުން ނިންމީ ކައުންސިލްތަކަށް ކޯޓުތަކުގައި ދައުލަތް ތަމްސީލު ނުކުރެވޭނެ ކަމަށާއި ދައުލަތް ތަމްސީލު ކުރެވޭނީ އެޓާނީ ޖެނެރަލްގެ އޮފީހަށް ކަމަށެވެ. އެހެންކަމުން ރަށެއްގެ ބިމުގެ މައްސަލަތަކުގައި ވެސް ވަކާލާތު ކުރެވޭނީ އެޓާނީ ޖެނެރަލްގެ އޮފީހަށް ކަމަށް އެހުކުމުގައިވެއެވެ.

ނަމަވެސް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ބުނާ ގޮތުން ލޯކަލް ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިގެންވާ ގާނޫނީ ޝަހްސެކެވެ.

މިކަމާއި ގުޅިގެން އެޓާނީ ޖެނެރަލްގެ އޮފީހުން އޭރު ވަނީ އެހުކުމް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓްގައި އިސްތިއުނާފުކޮށް ހައި ކޯޓުން އެގޮތަށް ކަނޑައެޅި ބައި ތަންފީޒުކުރުން ފަސްްކުރުމުގެ އަމުރަކަށްވެސް އެދިފައެވެ.

އެ ހުކުމް އިސްތިއުނާފުކުރި ސަބަބަކީ ލޯކަލް ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަދި އަމިއްލަ ނަމުގައި މުޢާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ގާނޫނީ ޝަޚުސެއް ކަމަށް ވާތީއެވެ. މީގެއިތުރުން ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކަކީ އެ ކައުންސިލްތަކުގެ މިލްކިއްޔާތުގެ ތެރޭގައި ހިމެނޭ ތަންތަން ކަމަށް އިދާރީ ދާއިރާތައް ލާާމަޒުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި އޮންނަ އޮތުމަކީ ވެސް އެޓާނީ ޖެނެރަލް އޮފީހުން އެމައްސަލަ ސުޕްރީމްކޯޓުގައި އިސްތިއުނާފްކުރި ސަބަބެކެވެ.

ފެންފުށީގެ ބިމަކާއި ގުޅިގެން، އެ ރަށު ކައުންސިލާއި ދެކޮޅަށް ހައި ކޯޓަށް މައްސަލަަ ހުށަހެޅި ކަމިގައިވީ ނަމަވެސް، ކައުންސިލުން ބުނެފައިވަނީ، އެ މައްސަލައިގައި ވަކާލާތު ކުރެވޭނެ ވަކީލަކު އެ ކައުންސިލްގައި ނެތް ކަމަށެވެ. އެހެންކަމުން ފެންފުށީ ކައުންސިލްގެ ފަރާތުން ޖަވާބުދާރީވާން އެޓާރނީ ޖެނެރަލްގެެ އޮފީހަށް ހައި ކޯޓުން އެންގުމުން އެޓާރނީ ޖެނެރަލްގެ އޮފީހުން ހައި ކޯޓަށް ޖަވާބު ދިނީ ކައުންސިލްތަކަކީ މިނިވަން ގާނޫނީ ޝަހްސަކަށް ވާތީ ކައުންސިލްތައް ތަމްސީލު ކުރުމުގެ ބާރު އެ އޮފީހަށް ނެތް ކަމަށެވެ.

ނަމަވެސް ހައި ކޯޓުން ނިންމީ އެޓާރނީ ޖެނެރަލްގެ ފަރާތުން އެ މައްސަލައިގައި ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައި ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ އެޓާރނީ ޖެނެރަލްގެ އޮފީހާއި ފެންފުށި ކައުންސިލް ބައިވެރިކޮށްގެންނެވެ.

މި މައްސަލައިގައި އަންގާރަ ދުވަހު ސުޕްރީމް ކޯޓުން ނިންމާފައިވަނީ ކައުންސިލްތަކަށް ދައުލަތް ތަމްސީލު ނުކުރެވޭނެ ކަމަށް ކުރި ހުކުމް ބާތިލު ކުރުމަށެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ ނިންމެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ އިތުރުން، ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުކައުންސިލް

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
21 ނޮވެމްބަރު 2025

ފީއަލީ ގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔައީ ކުރީ ސަރުކާރުން، އެމްޑީޕީގެ ފިކުރާ ހިޔާލު ތަފާތުވާ ބައެއް މީހުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހުރަސްއަޅާ: ކައުންސިލްގެ ނައިބު ރައީސް

21 އޮކްޓޯބަރު 2025

އައްޑޫ ބައިބައި ކުރުން: ވަކި އަތަކަށް ބުރަވެ ރައީސް މުއިއްޒު ތަފްސީލު ކޮށްދެއްވީ ކަން އޮންނަ ގޮތުގެ އެއްފަރާތް

21 އޮކްޓޯބަރު 2025
އައްޑޫ ބައިބައި ކުރުން: ވަކި އަތަކަށް ބުރަވެ ރައީސް މުއިއްޒު ތަފްސީލު ކޮށްދެއްވީ ކަން އޮންނަ ގޮތުގެ އެއްފަރާތް
17 އޮކްޓޯބަރު 2025

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

17 އޮކްޓޯބަރު 2025
ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން
23 ސެޕްޓެމްބަރު 2025

ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތްތައް ހުއްޓިދާނެތީ މުވައްޒަފުން ނެގުމަށް ބޭނުންވާ އުސޫލު ފާސްކުރުމަށް ފޭދޫ ކައުންސިލުން ސަރުކާރަށް ގޮވާލައިފި

23 ސެޕްޓެމްބަރު 2025
ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތްތައް ހުއްޓިދާނެތީ މުވައްޒަފުން ނެގުމަށް ބޭނުންވާ އުސޫލު ފާސްކުރުމަށް ފޭދޫ ކައުންސިލުން ސަރުކާރަށް ގޮވާލައިފި
18 ސެޕްޓެމްބަރު 2025

މުޒާހަރާ ކުރުމުން ތުޅާދޫ ކައުންސިލުން ހައުސިންގ ޔުނިޓްތަކުގެ ދާއިމީ ލިސްޓް އާންމުކޮށްފި

18 ސެޕްޓެމްބަރު 2025
މުޒާހަރާ ކުރުމުން ތުޅާދޫ ކައުންސިލުން ހައުސިންގ ޔުނިޓްތަކުގެ ދާއިމީ ލިސްޓް އާންމުކޮށްފި
14 ސެޕްޓެމްބަރު 2025

ފެނާއި ނަރުދަމާގެ މަޝްރޫއު ހުއްޓިފައި، ރައްޔިތުން ދިރިއުޅެމުންދަނީ ވަރަށް ބޮޑު ތަކުލީފެއްގައި: ބޮޑުފުޅަދޫ ކައުންސިލްގެ ރައީސް

14 ސެޕްޓެމްބަރު 2025
ފެނާއި ނަރުދަމާގެ މަޝްރޫއު ހުއްޓިފައި، ރައްޔިތުން ދިރިއުޅެމުންދަނީ ވަރަށް ބޮޑު ތަކުލީފެއްގައި: ބޮޑުފުޅަދޫ ކައުންސިލްގެ ރައީސް
17 ޖުލައި 2025

ފުނަދޫ ބިން ހިއްކުމުގެ މަޝްރޫއުއަށް އެކި ތާރީހުތައް ދިން ނަމަވެސް އަމަލީ މަސައްކަތް ނުފެށޭ، ބިމާ ގުޅުންހުރި އެއްވެސް މަސައްކަތެއް ނުކުރުމަށް ކައުންސިލަށް ވަނީ އަންގާފައި

17 ޖުލައި 2025
ފުނަދޫ ބިން ހިއްކުމުގެ މަޝްރޫއުއަށް އެކި ތާރީހުތައް ދިން ނަމަވެސް އަމަލީ މަސައްކަތް ނުފެށޭ، ބިމާ ގުޅުންހުރި އެއްވެސް މަސައްކަތެއް ނުކުރުމަށް ކައުންސިލަށް ވަނީ އަންގާފައި
28 ޖޫން 2025

ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.

28 ޖޫން 2025
ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.
06 ޖޫން 2025

މި ސަރުކާރުން ދެކޭ ގޮތުގައި ކައުންސިލްތަކަށް ފައިސާ ދިނުމަކީ އިސްރާފެއް: މެންބަރު ޝަމްހީދު

06 ޖޫން 2025
މި ސަރުކާރުން ދެކޭ ގޮތުގައި ކައުންސިލްތަކަށް ފައިސާ ދިނުމަކީ އިސްރާފެއް: މެންބަރު ޝަމްހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު