Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރަޝިއާ-ޔޫކްރެއިން ހަނގުރާމަ

ހަމަލާތަކުން ސަލާމަތްވާން ކުޑަކުއްޖަކު އެކަނި ކުރި 600 މޭލުގެ ދިގު ދަތުރު

ކުއްޖާގެ މާމައަށް ދަތުރުކޮށް ނުހެދޭތީ މަންމައަށް ވަނީ މާމަ ގާތު މަޑުކުރަން މަޖުބޫރުވެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 8 މާރިޗު 2022 | އަންގާރަ 07:04
600 މޭލުގެ ދިގު ދަތުރަކަށްފަހު ސްލޮވޭކިއާގެ ބޯޑަރު ހުރަސްކުރި އުމުރުން 11 އަހަރުގެ ކުއްޖާ

600 މޭލުގެ ދިގު ދަތުރަކަށްފަހު ސްލޮވޭކިއާގެ ބޯޑަރު ހުރަސްކުރި އުމުރުން 11 އަހަރުގެ ކުއްޖާ

ޔޫކްރެއިނަށް ރަޝިއާއިން ދެމުންދާ ހަމަލާތަކާއި ގުޅިގެން އެގައުމުގެ ގިނަ އަދަދެއްގެ ބަޔަކު ދަނީ ރެފިއުޖީންގެ ގޮތުގައި އަވައްޓެރި އެކި ގައުމުތަކަށް ދަތުރުކުރަމުންނެވެ. ޔޫކްރެއިން ދޫކޮށް އަވައްޓެރި ގައުމުތަކުގެ ބޯޑަރު ހުރަސްކުރާ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާއިރު، މިހާރުވެސް 1.7 މިލިއަން މީހުން ރެފިއުޖީންގެ ގޮތުގައި އެހެން ގައުމުތަކަށް ދަތުރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ދައްކައެވެ.

ކޮންމެ ދުވަހަކުވެސް ގިނަ އާއިލާތަކެއް ބޯޑަރު ހުރަސްކުރުމުގެ ދަތުރު ފަށާއިރު، ޔޫކްރެއިންގެ އުމުރުން އެންމެ 11 އަހަރުގެ ކުއްޖަކު ވަނީ ބޯޑަރު ހުރަސްކުރުމަށް އެކަނިމާ އެކަނި 600 މޭލުގެ ދިގު ދަތުރެއް ކޮށްފައެވެ. ކުއްޖާގޭ މަންމަ އަކީ އެކަނިވެރި މައެކެވެ. އަދި ކުއްޖާގެ މާމައަށް ދަތުރުކޮށް ނުހެދޭތީ މަންމައަށް ވަނީ މާމަ ގާތު މަޑުކުރަން މަޖުބޫރުވެފައެވެ. އެހެންކަމުން ދަރިފުޅުގެ ސަލާމަތަށް ބަލައި މަންމަ ވަނީ ދަރިފުޅު އެކަނި ބޯޑަރު ހުރަސްކުރަން ފޮނުވާފައެވެ.

ޔޫކްރެއިންގެ ދެކުނުއިރުމަތީ ސިޓީއެއް ކަމަށްވާ ޒަޕޮރީޝިއާ އިން އެގައުމުގެ އުތުރު ބޯޑަރު ހުރަސްކޮށް ޔޫކްރެއިނުން ނުކުތުމަށް 11 އަހަރުގެ މިފިރިހެން ކުއްޖާ ދަތުރުފެށީ އޭނާގެ ޕާސްޕޯޓާއި، ކޮނޑުގައި އަޅުވާ ދަބަސް ހިފައިގެން އަތުގައި ފޯނު ނަންބަރެއް ލިޔެގެންނެވެ. ސްލޮވޭކިޔާއަށް ދިޔުމަށް ހަތަރު، ފަސް ދުވަހުގެ ދިގު ދަތުރެއް އެކަނި ފެށިއިރު، ރަޝިއާގެ އަސްކަރިއްޔާއިން ދިޔައީ ޒަޕޮރީޝިއާގައި ހުރި ނިއުކްލިއަރ ޕްލާންޓަކަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ.

މިހާ ދިގު ދަތުރެއް އެކަނި ނިންމާލައި ސްލޮވޭކިއާއަށް ދެވުމުން އެގައުމުގެ ބޯޑަރުގައި ހަރަކާތްތެރިވަމުންދިޔަ ވޮލެންޓިއަރުން ވަނީ އެކުއްޖާއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެކުއްޖާއަށް ފެން އަދި ކާނެ އެއްޗެހި ދިނުމަށްފަހު އަތުގައި ލިޔެފައިވާ އޭނާގެ އާއިލާ މީހެއްގެ ނަންބަރަށްވެސް އެވޮލަންޓިއަރުންގެ ގުރޫޕުން ވަނީ ގުޅައިދީފައެވެ. .

މިހާރު އެކުއްޖާ ވަނީ ރައްކާތެރިކަމާއެކު ސްލޮވޭކިއާގައި ހުރި އޭނާގެ މަންމަގެ އާއިލާ އެކުއެވެ.

މިކުއްޖާގެ ދަތުރު ނިމުމާއެކު، ކުއްޖާގެ މަންމަ ވަނީ ފޭސްބުކްގައި އަސަރުގަދަ ވީޑިއޯ ޕޯސްޓެއްކޮށްފައެވެ. ދަރިފުޅު އެކަނި ފޮނުވާލަން ޖެހުނު މަޖުބޫރީ ހާލަތު ކިޔައިދިނުމަށްފަހު އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ވޮލެންޓިއަރުން ކޮށްދީފައިވާ ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރުއަދާކޮށްފައެވެ. އަދި އޭނާގެ އިތުރު ދަރިންވެސް ތިބިކަން ފާހަގަކޮށްފައިވާއިރު، އޭނާގެ 11 އަހަރުގެ ދަރިފުޅުގެ ފުރާނަ ސަލާމަތްކޮށްދިނީތީ ބޯޑަރުގައި ހަރަކާތްތެރިވަމުންދިޔަ ސިފައިންނަށް ވަނީ ޝުކުރުއަދާކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިކުއްޖާގެ އާއިލާގެ އިތުރު ކުދިންވެސް މިހާރު ވަނީ ސްލޮވޭކިއާގެ ބޯޑަރު ހުރަސްކޮށްފައެވެ. ނަމަވެސް އެކުދިން ދަތުރުކުރީ ކޮންތާކުން ކަމާއި އެކުދިންގެ އުމުރު ރިޕޯޓުތަކުން ފެންނާކަށް ނެތެވެ.

މިކުއްޖާގެ ހިތްވަރު ގަދަކަމާއި، ހިނިތުންވުމަށް ސްލޮވޭކިއާގެ އިންޓީރިއަރ މިނިސްޓަރު ވަނީ ތައުރީފުކުރައްވާފައެވެ.

މިފަދަ ނުރައްކާތެރި ވަގުތެއްގައި ގައުމުގެ އެއްކޮޅުން އަނެއް ކޮޅަށް އެކަނި ދަތުރުކުރުމަކީ އެއުމުރުގެ ކުއްޖަކަށް ފަސޭހަކަމަކަށް ނުވާނެކަން އެންމެންވެސް ގަބޫލުކުރެއެވެ.

ރަޝިއާޔުކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް

ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް

16 ޑިސެމްބަރު 2025
ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު