Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ފަހަތުން އަރާ މޮޅުވެ، ބާސާ ތިންވަނައަށް

7 މާރިޗު 2022 | ހޯމަ 08:12

ތާވަލުގެ ތިންވަނައިގައި ބާސާ އޮތީ 48 ޕޮއިންޓު ހޯދައިގެން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 7 މާރިޗު 2022 | ހޯމަ 08:12
ސްޕެނިޝް ލީގުގައި އެލްޗޭ އާއި ބާސެލޯނާ ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި އެލްޗޭ އާއި ބާސެލޯނާ ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި އެލްޗޭ އާއި ބައްދަލުކުރި މެޗުގައި ފަހަތުން އަރާ ބާސެލޯނާ މޮޅުވެއްޖެއެވެ.

އެލްޗޭގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެޓީމުންނެވެ. ފުރަތަމަ ހާފު ނިމެނިކޮށް އެލްޗޭއަށް ލީޑު ނަގައިދިނީ ފިޑޭލް ޗާވޭސްއެވެ. ބާސެލޯނާގެ ޕެޑްރީ ގޮންޒާލޭޒް އަތުން ދޫވެގެން ފަހަތަށް ދިޔަ ބޯޅައެއްގެ ބޭނުން ހިފާ، ފިޑޭލް ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ދުރު ކަނަށެވެ. ފުރަތަމަ ހާފު ނިމުނީ 1-0 އިން އެލްޗޭ ކުރީގައި އޮވެގެންނެވެ. ނަމަވެސް ބާސެލޯނާއަށް ގޯލު ޖެހުމަށް ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން އެޓީމުގެ ޒުވާން ފޯވާޑް އޮސްމާން ޑެމްބެލޭ އެލްޗޭގެ ކީޕަރު ބޯމަތިން ގޯލަށް ފޮނުވާލަން މަސައްކަތްކުރި ބޯޅަ އެލްޗޭގެ ކީޕަރު އެޑްގާ ބަޑީއާ ވަނީ ދިފާއުކޮށްފައެވެ.

ބާސެލޯނާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ދެވަނަ ހާފު ފެށުނުއިރު ގަވީގެ ބަދަލުގައި ކުޅެން ނިކުން ފެރާން ޓޮރޭސްއެވެ. މަތިމަތިން އައި ހުރަހެއް ޖޯޑީ އަލްބާ ފައިގައި ޖެހިފައި އޭރިއާ ތެރެއިން ފެރާންއަށް ލިބުމުން އޭނާ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ. އޭގެ ފަހުން އަނެއްކާވެސް ލީޑު ނެގުމަށް އެލްޗޭއިން ގިނަ މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް އެޓީމުން އުފެއްދި ހަމަލާތަކުގެ ހުރަހަކަށްވީ ބާސާގެ ކީޕަރު ޓާ ސްޓޭގަންއެވެ.

ބާސާގެ ދެވަނަ ލަނޑަކީ އެލްޗޭގެ އޭރިއާ ތެރެއިން ޑިފެންޑަރު އެންޓޯނިއޯ ބަރަގާންގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މެމްފިސް ޑިޕާއީ ފޮނުވާލި ބާރު ޕެނަލްޓީ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

މި މޮޅާއެކު ބާސާއިން ވަނީ 26 މެޗު ކުޅެގެން ލިބުނު 48 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. ތާވަލުގެ އެއްވަނައިގައި 63 ޕޮއިންޓު ހޯދައިގެން އޮތީ ބާސާގެ ވާދަވެރި ރެއާލް މެޑްރިޑެވެ. ދެވަނައިގައި ސެވިޔާ އޮތީ 26 މެޗު ކުޅެގެން ލިބުނު 55 ޕޮއިންޓާއެކުއެވެ.

ލަލީގާގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ރެއާލް ބެޓިސްގެ މައްޗަށް އެތުލެޓިކޯ މެޑްރިޑުން ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ. ސެލްޓާ ވީގޯ އަތުން މަލޯކާ ބަލިވީ 4-3 އިންނެވެ.

ސްޕެނިޝް ލީގުބާސެލޯނާ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް