Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް

ކުލަ ބަހައި، މާބޮނޑިއާއި ޕީއެސް ދޭންވީ ކޮން ބަޔަކަށްކަން ކަނޑައަޅަނީ މާކުރިންނެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ބާއްވާއިރު ސަމާލުކަން ދޭންޖެހޭ ކަންކަން މިނިސްޓްރީން އަންގާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 7 މާރިޗު 2022 | ހޯމަ 07:49
އަންގާރަ ދުވަހު ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހާއި ދިމާކޮށް ޖެންޑަރ މިނިސްޓްރީން މިވަނީ ސަމާލުކަން ދޭންޖެހޭ ކަންކަން ބަޔާންކޮށް އަންގާފައި

އަންގާރަ ދުވަހު ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހާއި ދިމާކޮށް ޖެންޑަރ މިނިސްޓްރީން މިވަނީ ސަމާލުކަން ދޭންޖެހޭ ކަންކަން ބަޔާންކޮށް އަންގާފައި

އަންގާރަ ދުވަހު ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހާއި ދިމާކޮށް ޖެންޑަރ މިނިސްޓްރީން މިވަނީ ސަމާލުކަން ދޭންޖެހޭ ކަންކަން ބަޔާންކޮށް ވަރުގަދަ އެންގުމެއް އަންގާފައެވެ. މިނިސްޓްރީން ސަރުކާރުގެ އިދާރާތަކަށް ފޮނުވި ސިޓީއެއްގައި މިވަނީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ބާއްވާއިރު ސަމާލުކަން ދޭންޖެހޭ ކަންކަން ބަޔާންކޮށްފައެވެ.

އޭގެ ތެރޭގައި މަރުޙަބާ ކިޔަން ރަތް ދޫލަ އެޅުމުން ފެށިގެންގޮސް، މާބޮނޑީގެ ގުލްދަސްތާތައް ދިނުމާއި، ފިނިފެންމަލާއި ޗޮކްލެޓް ދިނުން ފަދަ ކަންކަން ނުކުރުން ހިމެނެއެވެ.

ހަމައެއާއެކު، އަންހެނަކަށް ވީތީ ބަދިގޭގައި ގެންގުޅޭ ތަކެއްޗާއި، ގޭތެރެ ސާފު ކުރަން ގެންގުޅޭ ތަކެއްޗާއި، ކޭކު ފަދަ ތަކެތި ދިނުމުން ދުރުހެލިވުމަށްވެސް ހަނދާންކޮށްދީފައިވެއެވެ. އަދި ވަކި ޖިންސަކަށް ޚާއްސަ ކުލަތަކުގެ ގޮތުގައި ފާހަގަވެފައިވާ ކުލަތައްވެސް ބޭނުން ނުކުރުމަށް ހަނދާންކޮށްދީފައިވާއިރު، މިސާލެއްގެ ގޮތުން އަންހެނުންގެ ދުވަހު ފިޔާތޮށި ކުލަ ބޭނުން ނުކުރުމަށް ސަމާލުކަން ދިނުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

މިނިސްޓްރީން ބުނާ ގޮތުގައި އެފަދަ ކަންކަމަކީ "ޖެންޑަރ އީކުއެލިޓީ ޓުޑޭ ފޯ އަ ސަސްޓެއިނަބަލް ޓުމޯރޯ" ޝިއާރުގެ މަގްސަދާއި ޚިލާފުވާ ކަންކަމެވެ. ނުވަތަ މިންތީގެ ހަމަހަމަކަން ޤާއިމު ކުރުމަަށް ކުރަމުންދާ މަސައްކަތްތަކާ އެއްކީލި ކަންކަމެއް ނޫނެވެ.

މިނިސްޓްރީގެ އެ އެންގުމާއެކު މީސްމީޑިއާގައި އެންމެންވެސް މިދަނީ ޝުއޫރުތައް ބަންޑުން ކުރަމުންނެވެ.

އެއް ބަޔަކު ބުނަމުންދަނީ މިނިސްޓްރީން ނިންމާފައިވަނީ "ޖޯކު" ނިންމުމެއް ކަމަށެވެ. އަނެއް ބަޔަކު ބުނަމުންދަނީ މިނިސްޓްރީން އެފަދަ އެންގުމެއް އެންގުމުގެ މަޤްސަދެއްވެސް ނުވިސްނޭ ކަމަށެވެ. އެހެންނަމަވެސް ހަގީގަތަކީ ކުލަ ބަހައި، މާބޮނޑިއާއި ޕީއެސް ދޭންވީ ކޮން ބަޔަކަށްކަން އަޅުގަނޑުމެންގެ މުޖުތަމައުގައި މާ ކުރިން ކަނޑައެޅި ނިމިފައި އޮންނަ ކަމެވެ. އެ އާދަ އެގޮތުގައި އަދިވެސް އޮތްއިރު، އެކަމަށް އަޑުއުފުލުން މާ ބުއްދިވެރިއޭ ބުނާ މީހުންވެސް މަދެއް ނޫނެވެ.

ކުއްޖާ އުފަންވުމާއި ހަމައިން މި ދެންނެވި ބައިބައި ކުރުން ފެށިގެން ދެއެވެ. އަންހެން ކުއްޖެއްނަމަ ފިޔާތޮށި ކުލައިގެ ހެދުން ގަތުމާއި، ފިރިހެން ކުއްޖެއްނަމަ ނޫ ކުލައިގެ ހެދުން ގަތުމަކީ އާބާދީގެ މަދު ބަޔަކު ކުރާ ކަމެއް ނޫނެވެ. ގިނައިން ފެންނަ މަންޒަރެކެވެ. އޮޅިގެންވެސް ފިރިހެން ކުއްޖަކަށް ފިޔާތޮށި ކުލައިގެ ހެދުމެއް ގަނެވިއްޖެނަަމަ އެކަމަށް ފާޑުކިޔުން އަމާޒުނުވެ ގައިމުވެސް ނުދާނެއެވެ.

ދެން ކުއްޖާ ދަނީ ސުކޫލަށެވެ. ސުކޫލަށް ދާއިރު ފިރިހެން ކުއްޖެއްނަމަ ފިޔާތޮށި ދަބަހެއް އަޅުވާފައި ފޮނުވާ މަންޒަރު ދުވަހަކުވެސް ދުށިން ހެއްޔެވެ؟ މިއީ ކުލައިގެ ތަފާތުކުރުން އަޅުގަނޑުމެންގެ މުޖުތަމައުގެ ތެރޭގައި ގެންގުޅޭ މިންވަރެވެ. އަންހެން ކުއްޖެއްނަމަ ފިޔާތޮށި ދަބަހާއި ފަންސުރުފޮށި ގަތުން މިއީވެސް ހަމަގައިމުވެސް ގިނަ ބަޔަކު ކުރާ ކަމެކެވެ.

މި ހުރިހާ ކަމެއްގެ ތެރެއިން ދަރިން ބޮޑުވެގެން އަންނަނީ ނިކަން ރަނގަޅަށް މި ދެންނެވި ކުލައިގެ ތަފާތުކުރުންގަނޑުގެ ތެރެއިން ކުލަޖެހި ނިމިގެންނެވެ.

ހަދިޔާ ދިނުމުގައިވެސް މި އާދަ މާ ކުރިންވެސް އޮންނަނީ އަށަގެންފައެވެ. ކުޑަކުދިން ކުޅޭ އެކި ސެޓުތައް ހުންނައިރު ފިރިހެން ކުއްޖަކަށް ކުޅޭ ތަށިސެޓެއް ނުވަތަ ސަމުސާ ސެޓެއް ދިންތަން ދުވަހަކުވެސް ދުށިން ހެއްޔެވެ؟ ރިމޯޓް ކޮންޓްރޯލް ކާރެއް އަންހެން ކުއްޖަކަށް ދޭތަން ދުށިން ހެއްޔެވެ؟ ޕީއެސްފައިވް ލިބޭނީ އަބަދުވެސް ބޭބެއަކަށް ނޫން ހެއްޔެވެ؟

ދެން ފެށިގެން އަންނަނީ އާންމު ދިރިއުޅުމުގެ މަރުޙަލާއެވެ. ފިރިހެން ކުއްޖަކު ނަރުސްކަން ކިޔަވާނަމަ މިއަދުވެސް އެކަމަށް ފާޑުކިޔާ މީހުން މި މުޖުތަމައުގައި މަދެއް ނޫނެވެ. ކެއްކުމުގެ ކޯސްތަކަކީވެސް އަންހެން ކުދިންނާއި ގުޅޭ ކަންކަމޭ ބުނަނީ މަދު ބައެއް ނޫނެވެ. މިއީ ހައްތަހާވެސް މުޖުތަމައުގެ ތެރޭގައި ހުރި އާދަތަކެވެ. ޤަބޫލުކުރުންތަކެވެ. އެންމެން ނޫން ނަމަވެސް މުޖުތަމައުގެ ގިނަ ބައެއްގެ މެދުގައި އަދިވެސް އޮންނަ ޤަބޫލުކުރުންތަކެކެވެ.

ވީއިރު، މިއަދު ރުޅި އަންނަންވީ ޖެންޑަރ މިނިސްޓްރީ ދެކެއެއް ނޫނެވެ. ހަގީގަތަކީ ކުލަ ބަހައި، މާބޮނޑިއާއި ޕީއެސް ދޭންވީ ކޮން ބަޔަކަށްކަން އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން މާ ކުރިންވެސް ކަނޑައަޅާ ކަމެވެ. އެ އާދަތައް ބަދަލުކޮށްލަނިކޮށް އަންހެނުންގެ ދުވަހު ސަމާލުކަން ދޭންޖެހޭ ކަންކަމަކީ ކޮބައިކަން ދައުލަތުގެ އިދާރާތަކަށް ހަނދާންކޮށްދޭ ހިސާބަށް ކަންކަމެއް ނުދާނެހެން ހީވެއެވެ.

އަންހެނުންގެ ދުވަސްމިނިސްޓްރީ އޮފް ޖެންޑަރ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

13 މާރިޗު 2024
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު

06 ނޮވެމްބަރު 2023
 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި

06 ނޮވެމްބަރު 2023
ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހުރިހާ އަތޮޅެއްގައި ފެސިލިޓޭޓަރުން ތަމްރީންކޮށް ނިމިއްޖެ

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހުރިހާ އަތޮޅެއްގައި ފެސިލިޓޭޓަރުން ތަމްރީންކޮށް ނިމިއްޖެ

18 ޖުލައި 2023
މެއި މަހުގެ ކޮންމެ ދުވަހަކު ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލައެއް ހުށަހެޅި

މެއި މަހުގެ ކޮންމެ ދުވަހަކު ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލައެއް ހުށަހެޅި

27 ޖޫން 2023

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު