Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރިމިއަރ ލީގު

ޔުނައިޓެޑް ބަލިކޮށް، އެއްވަނައިގައި ސިޓީ ހަމަޖެހިލައިފި

ޔުނައިޓެޑްގެ މައްޗަށް ސިޓީ ކުރިހޯދީ 4-1 ގެ ނަތީޖާއަކުން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 7 މާރިޗު 2022 | ހޯމަ 07:00
ޕްރިމިއަރ ލީގުގައި ސިޓީ އާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން

ޕްރިމިއަރ ލީގުގައި ސިޓީ އާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރި މެޗުން މޮޅުވެ، ތާވަލުގެ އެއްވަނައިގައި ސިޓީ ހަމަޖެހިލައިފިއެވެ.

ސިޓީގެ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މި މެޗު ސިޓީން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. ތާވަލުގެ އެއްވަނައިގައި ސިޓީ އޮތީ ހަ ޕޮއިންޓުގެ ލީޑަކާއެކުއެވެ. މި ނަތީޖާއާއެކު ލީގު ތާވަލުގެ އެއްވަނައިގައި ސިޓީ އޮތީ 28 މެޗު ކުޅެގެން ލިބުނު 69 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ލިވަޕޫލަށް 27 މެޗުން ލިބުނީ 63 ޕޮއިންޓެވެ. މި މެޗުން ބަލިވުމާއެކު ޔުނައިޓެޑް ތާވަލުގެ ފަސްވަނައިގައި އޮތީ 28 މެޗު ކުޅެގެން ލިބުނު 47 ޕޮއިންޓާއެކުއެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ސިޓީންނެވެ. މެޗުގެ ފުރަތަމަ ކޮޅުގައި ބެނާޑޯ ސިލްވާ ދިން ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ސިޓީއަށް ލީޑު ނަގައިދިނީ އެޓީމުގެ ކެޕްޓަން ކެވިން ޑި ބްރޭނާއެވެ. ސިޓީން ލީޑު ނެގުމާއެކު ގިނަ ކައުންޓަރ އެޓޭކުތަކެއް އުފައްދާ ޔުނައިޓެޑުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ޕައުލް ޕޮގްބާ ދިން ޕާހަކުން ޔުނައިޓެޑަށް މި ލަނޑު ކާމިޔާބު ކޮށްދިނީ ކުރިން ސިޓީއަށް ކުޅުނު ޖޭޑަން ސަންޗޯއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑި ބްރޭނާ ވަނީ އިތުރު ލަނޑެއް ޖަހާ އަނެއްކާވެސް ސިޓީއަށް ލީޑު ނަގައިދީފައެވެ.

ސިޓީގެ އަނެއް ދެ ލަނޑު ޖަހާފައިވަނީ ދެވަނަ ހާފުގައެވެ. އެ ދެ ލަނޑުވެސް ޖަހާފައިވަނީ ރިޔާދް މަާރޭޒްއެވެ. އޭނާގެ ފުރަތަމަ ލަނޑަކީ ޑި ބްރޭނާ ދިން ބޯޅައަކުން ފޮނުވާލި ވޮލީ، ޔުނައިޓެޑްގެ ކެޕްޓަން މެގުއާގެ ފައިގައިޖެހި މިސްރާބު ބަދަލުވެގެން ގޮސް ވަން ލަޑެކެވެ. ދެވަނަ ހާފުގެ އިތުރު ވަގުތުގައި މާރޭޒް ޖެހި ގޯލު ފުރަތަމަ ނިންމީ އޮފްސައިޑު ގޯލަކަށެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ އެއީ ލަނޑެއް ކަމަށް ނިންމާފައެވެ.

މި މެޗުން ސިޓީ މޮޅުވިއިރު، ޔުނައިޓެޑްގެ މުހިންމު ކުޅުންތެރިންތަކެއް މި މެޗުގައި ކުޅެފައެއް ނުވެއެވެ. އެގޮތުން ކޮވިޑަށް ޕޮޒިޓިވްވުމުގެ ސަބަބުން ލޫކް ޝޯ އާއި ރަފައެލް ވަރާން މި މެޗުގައި ނުކުޅެއެވެ. އަދި އަނިޔާގެ ސަބަބުން އެޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އެޑިސަން ކަވާނީއަށްވެސް ވަނީ މި މެޗު ގެއްލިފައެވެ.

މިއީ ޔުނައިޓެޑްގެ ކޯޗުކަމާ ރަލްފް ރަންގްނިކް ހަވާލުވި ފަހުން އެ ޓީމު ކޮޅަށް އެންމެ ގިނަ ގޯލު ވަން މެޗެވެ.

ޕްރިމިއަރ ލީގުގައި އާދީއްތަ ދުވަހު އާސެނަލް އާއި ވަޓްފޯޑްވެސް ބައްދަލުކުރިއެވެ. މި މެޗުގައި ވަޓްފޯޑްގެ މައްޗަށް އާސެނަލްއިން ކުރިހޯދީ 3-2 ގެ ނަތީޖާ އަކުންނެވެ. އާސެނަލްއަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ މާޓިން އޮޑެގާޑް، ބުކާޔޯ ސަކާ އަދި ގަބްރިއެލް މާޓިނެލީއެވެ. ވަޓްފޯޑްގެ ލަނޑުތައް ޖަހާދީފައިވަނީ ކޫޗޯ ހެނާންޑޭޒް އަދި މިޑްފީލްޑަރު މޫސާ ސިސޯކޯއެވެ.

ޕްރިމިއަރ ލީގުމެންޗެސްޓަރ ޔުނައިޓެޑްމެންޗެސްޓަރ ސިޓީއާސެނަލްވަޓްފޯޑް

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، ސިޓީ ސެމީ ފައިނަލަށް

18 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، ސިޓީ ސެމީ ފައިނަލަށް
16 ޑިސެމްބަރު 2025

ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

16 ޑިސެމްބަރު 2025
ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު