Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިރުމަތީ ޔޫރަޕްގައި ތިބި ދިވެހިން

ޔޫކްރެއިންގައި ތިބި ދަރިވަރުން ރާއްޖެ ގެންނަން ފަސޭހަވީ ޚާރިޖީ ގުޅުން ރަނގަޅުވުމުގެ ސަބަބުން: މިއުވާން

7 މާރިޗު 2022 | ހޯމަ 02:10

ނާދެވި ތިބި ދަރުވަރުން ގެނައުމަށްޓަކައި ވަރަށް ބުރަ މަސައްކަތެއް ކުރަން ޖެހުނު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 7 މާރިޗު 2022 | ހޯމަ 02:10
ފޮޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުހައްމަދު

ފޮޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުހައްމަދު

ޔޫކްރެއިންގައި ތިބި ދަރިވަރުން ރާއްޖެ ގެންނަން ފަސޭހަވީ ރާއްޖެއާއި ބޭރުގެ ޤައުމުތަކާއި ދެމެދު އޮތް ޚާރިޖީ ގުޅުން ރަނގަޅުވުމުގެ ސަބަބުން ކަމަށް ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިއުވާން ވިދާޅުވީ އެހެން ޤައުމުތަކާއެކު އޮތް ޚާރިޖީ ގުޅުން ރަނގަޅު ކުރުމަށް ފާއިތުވި ދެ އަހަރު ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި ވިލާތުގެ އިއްތިހާދުގެ ޤައުމުތަކާއެކު އޮތް ގުޅުންވެސަ އިތުރަށް ބަދަހިކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މިއުވާން ވިދާޅުވީ ހަންގޭރީގެ ފޮރިން މިނިސްޓަރާއި އެކި ފަހަރު މަތިން ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޔޫކްރެއިންގައި ތިބި ދަރިވަރުން ރާއްޖެ ގެނައުމަށްޓަކައި މަޝްވަރާތައް ކުރައްވާފައިވާ ކަމަށެވެ. ޔޫރަޕް ސަރަހައްދުގެ ޤައުމުތަކަށް އެތެރެވެ، ވިސާގެ ޕްރޮސެސް ކުރިއަށް ގެންދިޔުމަކީ ފަސޭހަ ކަމެއް ނޫންކަން ފާހަގަކުރައްވާ މިއުވާން ވިދާޅުވީ ދިވެހި ދަރިވަރުންނަށް އެކަންތައްތައް ވެސް ފަހިކޮށްދިން ކަމަށެވެ.

ޑިޕްލޮމެޓިކް މިޝަންތައް އެކި ސަރަހައްދުތަކުގައި ހުރުމުގެ މުހިންމުކަން މިކަމުން ވެސް އެނގިގެން ހިނގައްޖެކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ ހުމެއިދް ވިދާޅުވީ ހާލަތު ގޯސްވަމުން ދިޔުމާއި ގުޅިގެން ވަރަށް ގާތުން ދަރިވަރުންގެ ހާލު ސަރުކާރުން ބަލަމުންދިޔަ ކަމަށެވެ. އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ކުދިންނަށް ޓިކެޓް ފޯރުކޮށްދިން ކަމަށާއި ތާށިވި ދަރުވަރުން ގެނައުމަށްޓަކައި ވަރަށް ބުރަ މަސައްކަތެއް ކުރަން ޖެހުނު ކަމަށެވެ.

ޔޫކްރެއިންގެ އެއަރސްޕޭސް ބަންދުވުމާއެކު ވަރަށް ގިނަ ޤައުމުތަކާއި ފޮރިން މިނިސްޓްރީން ވާހަކަ ދެއްކި ކަމަށާއި އެހެން ޤައުމުތަކުގެ ބޯޑަރު ހުރަސްކޮށް އެ ދަރިވަރުންނަށް ދަތުރު ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސޭތޯ މަސައްކަތް ކުރި ކަމަށެވެ. އެގޮތުން ޕޮލޭންޑާއި ރޯމޭނިއާ އާއި ސްލޮވާކިއާ އަދި ހަންގޭރީއާ ވެސް އެ ޤައުމުތަކުގެ ބޯޑަރު ދިވެހި ދަރިވަރުންނަށް ހުރަސް ކުރެވޭނެތޯ މަޝްވަރާ ކުރި ކަމަށާއި އެންމެ އަވަހަށް ފުރުސަތު ފަހިކޮށްދިނީ ހަންގޭރީ އިން ކަމަށް ވިދާޅުވިއެވެ.

ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުން ރާއްޖެ ގެނެވުނީ ދެ ފަހަރެއްގެ މަތިން މަސައްކަތްކޮށްގެން ކަމަށް ވެސް ހުމެއިދް ވިދާޅުވިއެވެ. ހޯމަ ދުވަހު ބެލަރޫސް އިން 7 ދަރިވަރުން ރާއްޖެއަށް އަންނާނެ ކަމަށް ވެސް ހުމެއިދު ވިދާޅުވިއެވެ.

ރާއްޖެއަށް އަންނަން ބޭނުންވާ ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ސަރުކާރުން ވަނީ ނިންމާފައެވެ. ބެލަރޫސްގެ ތިން ސިޓީއެއްގައި ތައުލީމު ހާސިލް ކުރަމުންދާ ކުދިންގެ ޔުނިވަރސިޓީތަކުގެ ކިޔެވުން އަދިވެސް ކުރިއަށްދާކަން ފާހަގަކުރައްވައި މިއުވާން ވިދާޅުވީ, ކްލާސްތައް މިހާރު ވެސް ކުރިއަށްދާ ގޮތަށް ޔުނިވަރސިޓީއަށް ހާޒިރުވެގެން ކުރިއަށްދާނެ ކަމަށް އެ ތަންތަނުން ބުނެފައިވާ ކަމަށެވެ. އަދި ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ އަސަރު ކިޔެވުމަށް ނުވަތަ ކުދިންނަށް ކުރާނެކަމަށް ލަފާނުކުރެވޭ ކަމަށްވެސް އެތަންތަނުން ބުނެފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

ރަޝިޔާގައި ތިބި ދިވެހިންގެ މައުލޫމާތު ހިއްސާ ކުރައްވަމުން މިއުވާން ވިދާޅުވީ, ދިވެހި ކިޔަވާ ކުދިން އެންމެ ގިނަ އެއް ޔުނިވަރސިޓީ ކަމަށްވާ ކަރސްކްއާއެކު ވެސް, ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިޔުމުގެ މަޝްވަރާތައް ސަރުކާރުން ކޮށްފައިވާ ކަމަށާއި, ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދެވިދާނެ ކަމުގެ ފެހި ސިގްނަލް އެމީހުން ދީފައިވާ ކަމަށެވެ. އެގޮތުން ރަޝިޔާގައި މިހާރު ތިބި ދަރިވަރުންގެ ތެރެއިން އެނބުރި ރާއްޖެ އަންނަން ބޭނުންވާ ދަރިވަރުންނަށް ވެސް މާލީ އެހީތެރިކަން ފޯރުކޮށްދޭން ސަރުކާރުން ވަނީ ނިންމާފައިކަމަށް މިއުވާން ވިދާޅުވިއެވެ.

ފަލަ ސުރުޚީޚާރިޖީ ވުޒާރާ

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2025

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

12 ނޮވެމްބަރު 2025
އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ
09 އޮކްޓޯބަރު 2025

ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް

09 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް
24 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު

24 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު
11 ސެޕްޓެމްބަރު 2025

މި ސަރުކާރުގައި ނުހައްގުން މުއްސަނދިކަން ހޯދުމުގެ ސަގާފަތެއް ވަނީ ގާއިމްކޮށްފައި: މެމްބަރު މީކާއީލް

11 ސެޕްޓެމްބަރު 2025
މި ސަރުކާރުގައި ނުހައްގުން މުއްސަނދިކަން ހޯދުމުގެ ސަގާފަތެއް ވަނީ ގާއިމްކޮށްފައި: މެމްބަރު މީކާއީލް
07 ސެޕްޓެމްބަރު 2025

ރާއްޖޭގައި އޮތީ ރައްޔިތުންގެ ބާރުވެރިކަމެއް ނޫން، ރައީސްގެ ބާރުވެރިކަން: ވަހީދު

07 ސެޕްޓެމްބަރު 2025
ރާއްޖޭގައި އޮތީ ރައްޔިތުންގެ ބާރުވެރިކަމެއް ނޫން، ރައީސްގެ ބާރުވެރިކަން: ވަހީދު
03 ސެޕްޓެމްބަރު 2025

ސިސްޓަމެޓިކް ގޮތެއްގައި ރައްޔިތުން ބިކަ ކުރުމަށް ދަނީ މަސައްކަތް ކުރަމުން، މުޅި ރާއްޖޭގައި އޮތީ ޝަކުވާ: ޝިފާޒު

03 ސެޕްޓެމްބަރު 2025
ސިސްޓަމެޓިކް ގޮތެއްގައި ރައްޔިތުން ބިކަ ކުރުމަށް ދަނީ މަސައްކަތް ކުރަމުން، މުޅި ރާއްޖޭގައި އޮތީ ޝަކުވާ: ޝިފާޒު
21 އޯގަސްޓު 2025

ރާއްޖެ ބާރު ސްޕީޑްގައި މީގެ 30 އަހަރު ފަހަތަށް ދާ މަންޒަރު ފެނޭ، ގައުމު ސަލާމަތް ކުރުމަށް މަޖިލީހުގައި ތިއްބެވި ބޭފުޅުން ވެސް މައިބަދާގައި ވަރުކޮޅެއް ޖައްސަންޖެހޭ: އިމްރާން

21 އޯގަސްޓު 2025
ރާއްޖެ ބާރު ސްޕީޑްގައި މީގެ 30 އަހަރު ފަހަތަށް ދާ މަންޒަރު ފެނޭ، ގައުމު ސަލާމަތް ކުރުމަށް މަޖިލީހުގައި ތިއްބެވި ބޭފުޅުން ވެސް މައިބަދާގައި ވަރުކޮޅެއް ޖައްސަންޖެހޭ: އިމްރާން
29 ޖޫން 2025

ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

29 ޖޫން 2025
ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި
07 ޖޫން 2025

ގައުމު ބިނާކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތް، އޮތީ ހަމަ އެކަނި އިންތިޚާބުތައް ވިން ކުރުުގެ ފޯމިއުލާ ހޯދުން: ޝަމްހީދު

07 ޖޫން 2025
ގައުމު ބިނާކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތް، އޮތީ ހަމަ އެކަނި އިންތިޚާބުތައް ވިން ކުރުުގެ ފޯމިއުލާ ހޯދުން: ޝަމްހީދު
16 މެއި 2025

ރާއްޖޭގެ ބޭސްފަރުވާގެ ކަންކަން މީގެ ކުރިން ނުދާ މިންވަރަށް ދަށަށް ގޮސްފި: އަޙުމަދު އަބްދުﷲ

16 މެއި 2025
ރާއްޖޭގެ ބޭސްފަރުވާގެ ކަންކަން މީގެ ކުރިން ނުދާ މިންވަރަށް ދަށަށް ގޮސްފި: އަޙުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް