Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރާންސް ލީގު

ނީސްއިން ފަހުވަގުތު ލަނޑުޖަހާ ޕީއެސްޖީ ބަލިކޮށްފި

6 މާރިޗު 2022 | އާދީއްތަ 10:11

ނީސް ވަނީ ތާވަލުގެ ދެވަނައަށް އަރާފައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 6 މާރިޗު 2022 | އާދީއްތަ 10:11
ފްރާންސް ލީގުގައި ނީސްއާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން

ފްރާންސް ލީގުގައި ނީސްއާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން

ފްރާންސް ލީގުގައި ޕީއެސްޖީއާއި ދެކޮޅަށް ނިކުމެ ފަހު ވަގުތުގައި ނީސްއިން ލަނޑުޖަހާ ޕީއެސްޖީ ބަލިކޮށްފިއެވެ.

ނީސްގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މި މެޗުން ނީސް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ 88 ވަނަ މިނެޓުގައި ކެލްވިން ސްޓެންގް ނެގި ހުރަހެއް ގޯލުގެ މަތީ ދާގަނޑަށް ފޮނުވާލައިގެން ނީސް މޮޅުކޮށްދިނީ އެންޑީ ޑެލޯޓްއެވެ. މިއީ ލީގުގައި ޕިއެސްޖީއާއި ދެކޮޅަށް ނީސް އެންމެ ފަހުން ކުޅުނު 18 މެޗުގެ ތެރެއިން އެޓީމު މޮޅުވި ދެވަނަ ފަހަރެވެ.

މި މެޗުގައި ޕީއެސްޖީއަށްވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ކައުންޓާ އެޓޭކެއްގައި އާޖެންޓީނާގެ ފޯވާޑް އެންހެލް ޑިމާރިއާއަށް ލިބުނު ފުރުސަތު ފާހަގަކުރެވެއެވެ. ޑިމާރިއާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ. މި މެޗުގައި ޕީއެސްޖީގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ ސަސްޕެންޝަންގައި ހުރުމުގެ ސަބަބުން ނުކުޅެވުމުގެ ފަޅުކަން ޕީއެސްޖީ ޓީމުން ފެނުނެވެ. އަދި ނޭމާ އާއި މެސީ ހިފެހެއްޓުމުގައި ނީސްއިން ވަނީ ވަރަށް ރަނގަޅު ދައުރެއް އަދާކޮށްފައެވެ.

މި މޮޅާއެކު ނީސްއިން ވަނީ ލީގު ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. ތާވަލުގެ އެންމެ ކުރީގައި ޕީއެސްޖީ އޮތީ 13 ޕޮއިންޓުގެ ފަރަގަކާއެކުއެވެ. ދެވަނައިގައި އޮތް ނީސްއަށް 27 މެޗުން ލިބުނީ 49 ޕޮއިންޓެވެ. ތިންވަނައިގައި އޮތް މާސޭއަށް 26 މެޗުން ވަނީ 47 ޕޮއިންޓް ލިބިފައެވެ. އެޓީމުގެ 27 ވަނަ މެޗުން މޮޅުވެގެން ތާވަލުގެ ދެވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

ލީގުގައި ހޮނިހިރު ދުވަހު ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ލޮރިއެންޓް އަތުން ލިޔޯން މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ. އަދި ލެންސްގެ މައްޗަށް ބްރެސްޓް ކުރިހޯދީ 1-0 އިންނެވެ.

ފްރެންޗް ލީގު

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2024

ލެންސް ބަލިކޮށް، ޕީއެސްޖީ އަށް ހަ ޕޮއިންޓުގެ ލީޑެއް

03 ނޮވެމްބަރު 2024
ލެންސް ބަލިކޮށް، ޕީއެސްޖީ އަށް ހަ ޕޮއިންޓުގެ ލީޑެއް
28 އޮކްޓޯބަރު 2024

މާސޭ ބަލިކޮށް، ޕީއެސްޖީން މަގާމު ދަމަހައްޓައިފި

28 އޮކްޓޯބަރު 2024
މާސޭ ބަލިކޮށް، ޕީއެސްޖީން މަގާމު ދަމަހައްޓައިފި
22 ސެޕްޓެމްބަރު 2024

ރެއިމްސް ކައިރިން ޕީއެސްޖީ ސަލާމަތްކޮށްދިނީ ޑެމްބެލޭ

22 ސެޕްޓެމްބަރު 2024
ރެއިމްސް ކައިރިން ޕީއެސްޖީ ސަލާމަތްކޮށްދިނީ ޑެމްބެލޭ
13 މެއި 2024

އަމިއްލަ ދަނޑުގައި އެމްބާޕޭގެ ފަހު މެޗު، ޕީއެސްޖީ އަށް ބައްޔެއް

13 މެއި 2024
އަމިއްލަ ދަނޑުގައި އެމްބާޕޭގެ ފަހު މެޗު، ޕީއެސްޖީ އަށް ބައްޔެއް
29 އެޕްރީލު 2024

މޮނާކޯ ބަލިވުމުން، ލީގު ޗެމްޕިއަންކަން ޕީއެސްޖީ އަށް ކަށަވަރުވެއްޖެ

29 އެޕްރީލު 2024
މޮނާކޯ ބަލިވުމުން، ލީގު ޗެމްޕިއަންކަން ޕީއެސްޖީ އަށް ކަށަވަރުވެއްޖެ
28 އެޕްރީލު 2024

ލެ ހާވް ކައިރިން ޕީއެސްޖީ ސަލާމަތްވީ ކިރިޔާ

28 އެޕްރީލު 2024
ލެ ހާވް ކައިރިން ޕީއެސްޖީ ސަލާމަތްވީ ކިރިޔާ
25 އެޕްރީލު 2024

އެމްބާޕާ އަދި ޑެމްބެލޭގެ ދެ ލަނޑާއެކު ޕީއެސްޖީ މޮޅުވެއްޖެ

25 އެޕްރީލު 2024
އެމްބާޕާ އަދި ޑެމްބެލޭގެ ދެ ލަނޑާއެކު ޕީއެސްޖީ މޮޅުވެއްޖެ
23 އެޕްރީލު 2024

ޕީއެސްޖީން ލިއޯން ބަލިކޮށްފި

23 އެޕްރީލު 2024
ޕީއެސްޖީން ލިއޯން ބަލިކޮށްފި
18 މާރިޗު 2024

އެމްބާޕޭގެ ހެޓްރީކާއެކު ޕީއެސްޖީ އަށް ހަ ލަނޑުގެ މޮޚެއް

18 މާރިޗު 2024
އެމްބާޕޭގެ ހެޓްރީކާއެކު ޕީއެސްޖީ އަށް ހަ ލަނޑުގެ މޮޚެއް
03 ފެބުރުއަރީ 2024

ސްޓްރަސްބާގް ބަލިކޮށް، ޕީއެސްޖީން ލީޑުގައި

03 ފެބުރުއަރީ 2024
ސްޓްރަސްބާގް ބަލިކޮށް، ޕީއެސްޖީން ލީޑުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް