Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތަސްލީމާއި އަލިމަނިކަށް ކުރާ ދައުވާ

ތަސްލީމާއި އަލިމަނިކަށް ކުރާ ދައުވާ: "އެފަދަ އަމަލުތަކުގެ އާޚިރު ނަތީޖާއަކަށް އަބަދުވެސް އަންނާނީ އަނިޔާވެރި ނިމުމެއް"

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 6 މާރިޗު 2022 | އާދީއްތަ 07:53
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާއާއި ގުޅިގެން ހައްޔަރުކޮށް، ޓެރަރިޒަމާއި ގުޅުން ހުރި ދައުވާ އުފުލާފައިވާ އަބްދުﷲ އަލީ މަނިކާއި، މުޙައްމަދު ތަސްލީމް

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާއާއި ގުޅިގެން ހައްޔަރުކޮށް، ޓެރަރިޒަމާއި ގުޅުން ހުރި ދައުވާ އުފުލާފައިވާ އަބްދުﷲ އަލީ މަނިކާއި، މުޙައްމަދު ތަސްލީމް

6 މޭ 2021 ދުވަހުގެ ރޭ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ހަމަލާއާއި ގުޅިގެން ދައުވާ އުފުލާފައިވާ ހއ. މޮޅަދޫ، ބަހާރުގެ، ޢަބްދުﷲ ޢަލީމަނިކާއި، ހއ.ހޯރަފުށި، އަލަނާސިގެ، މުޙައްމަދު ތަސްލީމްގެ މައްސަލަ މައުޟޫއީ ގޮތުން ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައި، ޝަރީއަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމްއެވެ.

Advertisement - newsAdvertisement

މި މައްސަލައިގެ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވަނީ ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުންތައް ހުށައަޅާފައެވެ. އެއީ 21 ފެބްރުއަރީ 2022 ގައެވެ.

ދެފަރާތުގެ ހުށައެޅުންތައް:

ލިޔުމުން ދެފަރާތުންވެސް ހުށައެޅުންތައް ހުށައަޅުއްވާފައިވާއިރު، އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވަނީ ތަފްސީލީ ގޮތެއްގައި ހުށައެޅުންތައް ހިއްސާ ކުރައްވާފައެވެ.

ދައުލަތުން ހުށައެޅި ހުށައެޅުންތަކުގެ ތެރޭގައި ސިއްރު ހެކިވެރިން ނޭނގޭ ގޮތަށް އަޑު ބަދަލުކޮށްގެން ހެކިބަސް ނެގުމާއި، ދައުވާ ލިބޭ ފަރާތްތަކާއި ވަކިން ހެކިބަސް ނެގުން ހިމެނެއެވެ. އެ ހުށައެޅުންތަކަށް ރައްދު ދެއްވުމަށް ފުރުސަތު ދެއްވުމުން ދިފާއީ ވަކީލު ވިދާޅުވީ، އަބްދުﷲ އަލީ މަނިކަކީ ހެކިންނަށް ނުފޫޒު ފޯރުވާ، ގޯނާކޮށް އުޅޭ މީހެއް ނޫން ކަމަށެވެ. އަދި އަޑު ބަދަލު ކުރި ނަމަވެސް، ހެކިވެރިން ދައްކާ ވާހަކަ ސާފުވާން ޖެހޭނެކަމަށް ވަކީލު ވިދާޅުވިއެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ގާޒީ ވަނީ މި ހުށައެޅުންތަކާއި ގުޅިގެން ޝަރީއަތަށް ފާހަގަވި ކަންކަން ދަންނަވާފައެވެ. އެގޮތުން މި ކުށުގެ ތަހުގީގު ފެށިފައިވަނީ މެއި 6 ގެ ޙަމަލާއާއި ގުޅިގެންކަން އެނގެން އޮންނަކަމަށް ގާޒީ ވިދާޅުވިއެވެ. މި މުޅި މައްސަލަަ ފެށިގެން އައީ މީހެއްގެ ފުރާނަ ދުއްވާލުމާއި ހަމައިން ކަމަށްވުމާއެކު، ދައުލަތުން ފާހަގަކުރި ނުކުތާތައް ވުޖޫދުގައި އޮތުމުގެ އިހްތިމާލު އޮތްކަން ގާޒީ ފާހަގަކުރެއްވިއެވެ.

ގާޒީ ވަނީ ދައުލަތުން އެދިފައިވާ ގޮތަށް ސިއްރު ހެކިވެރިން ނޭނގޭ ގޮތަށް އަޑު ބަދަލުކޮށްގެން ދައުވާލިބޭ ފަރާތްތަކާއި ވަކިން ހެކިބަސް ނެންގެވުމަށް ނިންމަވާފައެވެ.

އެއަށްފަހު ވަނީ އަބްދުﷲ އަލީ މަނިކުގެ ފަރާތުން ހުށައަޅާފައިވާ ހުށައެޅުންތަކަށް ޝަރީއަތުން ނިންމެވި ގޮތް ހާމަ ކުރައްވާފައެވެ. އެގޮތުން ދައުވާ ލިބޭ މީހާއަށް ލިބިދޭން ޖެހޭ ޙައްޤެއް އުނިވާގޮތަށް މައްސަލަ ތަހުގީގު ކޮށްފައިވާކަމަށް އެއް ކަމެއްގެ ގޮތުން އޭނާގެ ފަރާތުން ދިފާއީ ވަކީލު ވަނީ ހުށައެޅުމެއް ހުށައަޅުއްވާފައެވެ.

އެ ނުކުތާގައި ވަކީލު ވަނީ އަބްދުﷲ އަލީ މަނިކުގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް ސާފުކޮށްދޭން ޖެހޭއިރު، ފުރަތަމަ ތުހުމަތު ކުރީ މެއި 6 ގެ ޓެރަރިސްޓް ޙަމަލާއާއި ގުޅުވައިގެން ކަމަށް ވިދާޅުވެފައެވެ. އޭރު އައިސިސްއާއި ގުޅޭ އެއްވެސް ސުވާލެއްވެސް ކޮށްފައިނުވާއިރު، އޭނާގެ މައްޗަށް އުފުލާފައިވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށުގެ ދައުވާކަމަށް ވަކީލު ވިދާޅުވިއެވެ.

ދެވަނަ ނުކުތާގައި ވަކީލު ވަނީ ޤާނޫނީ ވަކީލެއްގެ ޙައްޤު ލިބިދިނުމެއް ނެތި މައްސަލަ ތަހުގީގު ކޮށްފައިވާކަމަށް ވިދާޅުވެފައެވެ. ތިންވަނަ ނުކުތާއަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް މައްސަލަ ތަހުގީގު ކޮށްފައިވާ ކަމެވެ. އެގޮތުން ދައުވާލިބޭ ފަރާތުގެ މައްޗަށް އެކަށީގެންވާ ގޮތެއްގައި ތަހުގީގު ހިންގާފައިނުވާކަމަށް ވަކީލު ވިދާޅުވިއެވެ. އަދި ހަތަރުވަނަ ނުކުތާއެއްގެ ގޮތުން ޤާނޫނާ ޚިލާފަށް ހެކި ހޯދާފައިވާކަންވެސް ވަނީ ބަޔާންކޮށްފައެވެ.

އެ ހުށައެޅުންތަކަށް ދައުލަތުން އެ ދުވަހުގެ އަޑުއެހުމުގައި ވަނީ ރައްދުވެސް ދެއްވާފައެވެ.

އަބްދުﷲ އަލީ މަނިކުގެ ފަރާތުން ހުށައަޅާފައިވާ 4 ހުށައެޅުމާއި ގުޅޭ ގޮތުން އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ގާޒީ ވިދާޅުވީ، އޭނާއާ ދެކޮޅަށް ހުށައެޅިފައިވާ ލިއެކިއުންތަކަށް ރިއާޔަތް ކުރާއިރު އެ ހުށައެޅުންތައް ބަލައިގަނެވެން ނެތް ކަމަށެވެ.

ތަސްލީމުގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުންތަކުގެ ބައި ކުރިއަށް ގެންގޮސް އެއަށްވެސް ދައުލަތުން ވަނީ ރައްދު ދީފައެވެ. އެގޮތުން ދައުވާގައި އުނިކަން ހިމެނޭ ކަމަށާއި، އޭނާއާ ސުވާލުކޮށްފައިވަނީ އެހެން މައްސަލައެއްގައިކަން އޮޅުމެއް ނެތި އެނގޭކަން އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދިފާއި ވަކީލު ފާހަގަ ކުރެއްވިއެވެ. އެ ހުށައެޅުންތަކަށް ދައުލަތުންވެސް ވަނީ ރައްދު ދީފައެވެ.

ތަސްލީމްގެ ފަރާތުން ހުށައަޅާފައިވާ ހުށައެޅުންވެސް ބަލައިނުގަތުމަށް ގާޒީ ވަނީ ނިންމަވާފައެވެ.

ގާޒީ ވަނީ މި މައްސަލައަކީ މައުޟޫއީ ގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމަށް ކަނޑައަޅުއްވާފައެވެ. ވުމާއެކު ދެން އޮންނާނީ މި މައްސަލައިގެ ޝަރީއަތް ފެށުމެވެ.

ކްރިމިނަލް ކޯޓްނަޝީދަށް ދިން ޓެރަރިސްތް ހަމަލާ

ކޮމެންޓް

އިތުރަށް ކިޔާލަން

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު