Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއުރީދޫ ދިވެހި ޕްރިމިއާ ލީގު

ސަސްއިން ލީގުގެ ފުރަތަމަ މޮޅު ހޯދައިފި

ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ދެޓީމަށްވެސް ލިބުނު

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 5 މާރިޗު 2022 | ހޮނިހިރު 11:06
އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ގްރީން ސްޓްރީޓްސް އާއި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ގްރީން ސްޓްރީޓްސް އާއި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ގްރީން ސްޓްރީޓް ބަލިކޮށް ސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން އެޓީމުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ހުކުރު ދުވަހުގެރޭ ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ސަސްއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ދެޓީމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނުނު މި މެޗުގައި ސަސްއިން ލީޑު ނަގާފައިވަނީ ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައެވެ. މި ގޯލު ސަސްއަށް ކާމިޔާބުކޮށްދިނީ އިބްރާހިމް އަތީގު ހަސަންއެވެ.

ފުރަތަމަ ހާފުގައި ސަސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނުއިރު، އެޓީމަށް ވަނީ ގޯލުޖަހަން ރަނަގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން ސަސްގެ އަހުނަފް ރަޝީދު އުފައްދަން މަސައްކަތް ކުރި ހަމަލާ ބޭކާރުވެފައި ވާއިރު، ފުރަތަމަ ހާފް ނިމުމުގެ ކުރިން ސަސްގެ ޔަސްފާދު ހަބީބަށް ގޯލް ޖެހުމަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ.

މެޗުގެ ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ގްރީން ސްޓްރީޓުން ކުރިއަށް ޖެހިގެން ކުޅުނު އިރު އެޓީމުންވެސް ވަނީ ގޯލު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަންސަރު އިބްރާހިމަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ހިފިފައި ނުހިފުނުއިރު، މިޑްފިލްޑަރު ޖޯޑީ ގޯލާއި ދިމާލަށް ފޮނުވާލަން މަސައްކަތް ކުރި ބޯޅަ ދިފާއުކުރީ ސަސްގެ ކީޕަރު މުހައްމަދު ޝިފާއުއެވެ.

މި މެޗުގެ ދެވަނަ ހާފުގައި ގިނަ ފައުލުތަކެއް ފެނިފައި ވާއިރު، ގްރީން ސްޓްރީޓްސްގެ ކެޕްޓަން ރިލްވާން ވަހީދަށް ވަނީ ދެ ރީންދޫ ކާޑާއެކު ރަތް ކާޑެއްވެސް ދައްކާފައެވެ. ދެ ރީންދޫ ކާޑު ހަމަވެގެން އޭނާއަށް ރަތް ކާޑު ދައްކާފައިވަނީ ދެވަނަ ހާފުގ އިތުރުވަގުތުގައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސަސްގެ ކެޕްޓަން އަބްދުﷲ ހަނީފެވެ.

ލީގުގައި މީގެ ކުރިން ކުޅުނު ތިން މެޗުންވެސް ސަސް ވަނި ބަލިވެފައެވެ. އަދި މި މެޗުން ލިބުނު މޮޅާއެކު ސަސް ވަނި ތާވަލުގެ ހަވަނައަށް ޖެހިލާފައެވެ. ނަމަވެސް މި މެޗުން ބަލިވުމުން ގްރީން ސްޓްރީޓަށް ވަނީ މޮޅުވެގެން ތާވަލުގެ ތިންވަނައަށް އަރަން ލިބުނު ފުރުސަތު ގެއްލިފައެވެ.

ދިވެހި ޕްރިމިއާ ލީގުސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ކުލަބް ގްރީން ސްޓްރީޓްސް

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
24 ނޮވެމްބަރު 2025

ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

24 ނޮވެމްބަރު 2025
ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި
10 ނޮވެމްބަރު 2025

ފަހު ވަގުތު ޖެހި ގޯލުން ބުރު އަތުން ޓީސީ ޕޮއިންޓެއް ހޯދައިފި

10 ނޮވެމްބަރު 2025
 ފަހު ވަގުތު ޖެހި ގޯލުން ބުރު އަތުން ޓީސީ ޕޮއިންޓެއް ހޯދައިފި
09 ނޮވެމްބަރު 2025

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

09 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް
08 ނޮވެމްބަރު 2025

ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި

08 ނޮވެމްބަރު 2025
ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު