Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިރުމަތީ ޔޫރަޕްގައި ތިބި ދިވެހިން

ބެލަރޫސްގައި ތިބި 6 ދިވެހިން ރާއްޖެ އަންނަން ބޭނުންވޭ، މި ހަފުތާގައި އަންނާނެ: ފޮރިން މިނިސްޓްރީ

ރާއްޖެއަށް އަންނަން ބޭނުންވާ ދިވެހިންނަށް މާލީ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 5 މާރިޗު 2022 | ހޮނިހިރު 07:09
ބެލަރޫސްގައި ތިބި ދިވެހިންތަކެއް

ބެލަރޫސްގައި ތިބި ދިވެހިންތަކެއް

ބެލަރޫސްގައި ތިބި 6 ކިޔަވާ ކުދިން ރާއްޖެ އަންނަން ބޭނުންވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ, ބެލަރޫސްގައި ތިބި 6 ކިޔަވާ ކުދިން ރާއްޖެ އަންނަން ބޭނުންވެގެން މިނިސްޓްރީގައި އެދިފައިވާއިރު އެ ކުދިން ރާއްޖެ ގެނައުމުގެ އިންތިޒާމު މިނިސްޓްރީން ހަމަޖައްސަމުންދާ ކަމަށެވެ. އަދި މި ހަފުތާގެ ތެރޭގައި އެކުދިން ރާއްޖެ އަންނާނެ ކަމަށް ވަނީ ބުނެފައެވެ. ރާއްޖެއަށް އަންނަން ބޭނުންވާ ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ސަރުކާރުން ވަނީ ނިންމާފައެވެ.

Advertisement - newsAdvertisement

ބެލަރޫސްގެ ތިން ސިޓީއެއްގައި ތައުލީމު ހާސިލް ކުރަމުންދާ ކުދިންގެ ޔުނިވަރސިޓީތަކުގެ ކިޔެވުން އަދިވެސް ކުރިއަށްދާކަން ފާހަގަކުރައްވައި މިއުވާން ވިދާޅުވީ, ކްލާސްތައް މިހާރު ވެސް ކުރިއަށްދާ ގޮތަށް ޔުނިވަރސިޓީއަށް ހާޒިރުވެގެން ކުރިއަށްދާނެ ކަމަށް އެ ތަންތަނުން ބުނެފައިވާ ކަމަށެވެ. އަދި ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ އަސަރު ކިޔެވުމަށް ނުވަތަ ކުދިންނަށް ކުރާނެކަމަށް ލަފާނުކުރެވޭ ކަމަށްވެސް އެތަންތަނުން ބުނެފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

ރަޝިޔާގައި ތިބި ދިވެހިންގެ މައުލޫމާތު ހިއްސާ ކުރައްވަމުން މިއުވާން ވިދާޅުވީ, ދިވެހި ކިޔަވާ ކުދިން އެންމެ ގިނަ އެއް ޔުނިވަރސިޓީ ކަމަށްވާ ކަރސްކްއާއެކު ވެސް, ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިޔުމުގެ މަޝްވަރާތައް ސަރުކާރުން ކޮށްފައިވާ ކަމަށާއި, ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދެވިދާނެ ކަމުގެ ފެހި ސިގްނަލް އެމީހުން ދީފައިވާ ކަމަށެވެ. ރަޝިޔާގައި ތިބި ކިޔަވާ ކުދިން ވެސް ރާއްޖެއަށް އަންނަން ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭން ސަރުކާރުން ވަނީ ނިންމާފައެވެ.

ޔޫކްރެއިންގައި އެންމެ ފަހަށް ތިބި 9 ދިވެހިން ހޮނިހިރު ދުވަހު މާލެ އަންނާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ ޚާރްކީވްގައި ތިބި 5 ދިވެހި ދަރިވަރުންނާއި، އެސިޓީގައި ތިބި, 3 މެމްބަރުންގެ މައްޗަށް އެކުލެވޭ ދިވެހި އާއިލާގެ އިތުރުން, ނިޕްރޯގައި ހުރި ދަރިވަރެކެވެ.

ޚާރިޖީ ވުޒާރާރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން
14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު