Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާގެ ތެރޭގައި އަޅަމުންދާ ފިޔަވަޅުތައް

ބީބީސީއާއި ހުޅަނގުގެ އިތުރު ނިއުސް ވެބްސައިޓްތަކަކަށް، ރަޝިޔާގެ ތެރޭގައި ނުވަދެވޭގޮތް ހަދައިފި

އެ ވެބްސައިޓްތައް ބްލޮކްކުރީ ރަޝިޔާއާ ގުޅޭގޮތުން ސިސްޓެމެޓިކް ގޮތެއްގައި ފަތުރަމުންދާ ދޮގު ޚަބަރުތަކުގެ ސަބަބުން ކަމަށް ރަޝިޔާއިން ބުނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 5 މާރިޗު 2022 | ހޮނިހިރު 03:42
ބީބީސީ

ބީބީސީ

ބީބީސީއާއި ހުޅަނގުގެ އިތުރު ނިއުސް ވެބްސައިޓްތަކަކަށް ރަޝިޔާގެ ތެރޭގައި ނުވަދެވޭގޮތް ރަޝިޔާއިން ހަދައިފިއެވެ.

ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން ދޮގު ޚަބަރު ފަތުރާކަމަށް ބުނެ ނުވަދެވޭ ގޮތް ހެދި ވެބްސައިޓްތަކުގެ ތެރޭގައި; ބީބީސީ، ވޮއިސް އޮފް އެމެރިކާ، ރޭޑިޔޯ ފްރީ ޔޫރަޕް/ރޭޑިޔޯ ލިބަރޓީ ހިމެނެއެވެ. ރަޝިޔާގެ ކޮމިޔުނިކޭޝަން ވޮޗްޑޯގުން ވަނީ އެ ވެބްސައިޓްތައް ބްލޮކްކޮށްފައިވާކަމަށް ބުނެފައެވެ.

އެކަމުގެ ސަބަބަކީ ރަޝިޔާއާ ގުޅޭގޮތުން ސިސްޓެމެޓިކް ގޮތެއްގައި ފަތުރަމުންދާ ދޮގު ޚަބަރުތައް ކަމަށް ވޮޗްޑޯގުން ބުނެފައިވެއެވެ. އަދި މިއާއެކު ރަޝިޔާގެ ސަރަހައްދުގެ ތެރޭގައި މިވެބްސައިޓްތަކަށް ނުވަދެވޭ ގޮތަށް ހަދާފައިވާކަމަށް ވަނީ ބުނެފައެވެ.

ރަޝިޔާގެ ވޮޗްޑޯގުން އިތުރަށް ބުނެފައިވަނީ މިމީޑިޔާތަކުން ރަޝިޔާއިން ޔޫކްރެއިންގައި ހިންގަމުންދާ ޚާއްސަ އޮޕަރޭޝަނާ ގުޅޭގޮތުން ޔޫކްރެއިންގެ އާންމުންނަށާއި އާންމު ތަންތަނަށް ހަމަލާދެމުންދާ ކަމަށް ބުނަމުންދާ ކަމަށެވެ.

މިފިޔަވަޅާ ގުޅިގެން ބީބީސީން ބުނެފައިވަނީ ފަހަތަށް ނުޖެހޭނެކަމަށެވެ. އަދި ރަޝިޔާއަަށާއި މުޅި ދުނިޔެއަށް މައުލޫމާތު ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާނެކަމަށް ބީބީސިން ވަނީ ބުނެފައެވެ.

ޔޫރަޕިއަން ޔޫނިއަނުން މިހަފުތާގެ ތެރޭގައި ވަނީ, ރަޝިޔާގެ ސަރުކާރުން ކޮންޓްރޯލުކުރަމުން އަންނަ މީޑިޔާތައް ކަމަށްވާ އާރް.ޓީ.އާއި ސްޓަޕްނިކް ބޭންކޮށްފައެވެ. ފޭސްބުކް، ޔޫޓިޔުބް، ޓިކްޓޮކުން ވެސް ވަނީ އާރް.ޓީ.އާއި ސްޕަޓްނިކް ބްލޮކްކޮށްފައެވެ.

ރަޝިޔާއިން ވަނީ ފޭސްބުކްވެސް ބްލޮކްކޮށްފައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަރަޝިއާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު