Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-ޔޫކްރެއިން ހަނގުރާމަ

ރަޝިއާ ޔޫކްރެއިން ހަނގުރާމަ: ހަނގުރާމައިގެ ކުށްތައް ބެލުމަށް އައިސީސީގެ ވަފުދެއް ޔޫކްރެއިނަށް

ޔޫކްރެއިންގައި ހިނގަމުންދާ ހަމަލާ ބަދަލުކުރުންތަކުގެ ތެރޭގައި ހިންގާ ހަނގުރާމައިގެ ކުށްތައް ބަލައި ފިޔަވަޅު އަޅާނަން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 4 މާރިޗު 2022 | ހުކުރު 08:33
ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމަ

ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމަ

ރަޝިއާ އާއި ޔޫކްރެއިން އާއި ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގެ ކުށްތައް ބަލައި ތަހުގީގު ކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ގެ ވަފުދެއް ޔޫކްރެއިނަށް ގޮސްފިއެވެ.

އައިސީސީގެ ޓްރައިބިއުނަލްގެ އެންމެ އިސް އެއް ޕްރޮސެކިއުޓަރ ކަރީމް ޚާން ރޮއިޓަރސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ އެސަރަހައްދުގައި ހިނގަމުންދާ ހަމަލާ ބަދަލުކުރުންތަކުގެ ތެރޭގައި ހިންގާ ހަނގުރާމައިގެ ކުށްތައް ބަލައި ފިޔަވަޅު އެޅުމަށް އައިސީސީގެ ޓީމެއް ބުރާސްފަތި ދުވަހު ޔޫކްރެއިން އަށް ފުރާފައިވާކަމަށެވެ. އެގޮތުން މިޓީމުން ޔޫކްރެއިންގައި ލާއިންސާނީ އަމަލުތަކާއި ޖެނޮސައިޑްގެ އަމަލުތައް ހިންގާތޯ ބަލައި ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއިންޓަވިއުގައި ކަރީމް ވަނީ ޔޫކްރެއިނުން ވިޔަސް އަދި ރަޝިއާ އިން ވިޔަސް ގަސްތުގައި އާންމު ރައްޔިތުންނަށް ހަމަލާދޭނަމަ އެއީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާއި ބެހޭ ގާނޫނާ ހިލާފު އަމަލެއްކަށް ހަރުކަށިކޮށް ފާހަގަކުރައްވާފައެވެ.

ފެބްރުއަރީ 24 ވަނަ ދުވަހުން ފެށިގެން ރަޝިއާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތަކުގައި ރަޝިއާ އަދި ޔޫކްރެއިންގެ ގިނަ އަދަދެއްގެ ސިފައިން މަރުވެފައިވާއިރު، މިހަމަލާތަކުގެ ސަބަބުން އާންމުންގެ ގިނަ ބަޔަކުވެސް ވަނީ މަރުވެފައެވެ.

ރަޝިއާއިން ވަނީ ޔޫކްރެއިންގެ އާންމު ރައްޔިތުންނަށް ގަސްތުގައި ހަމަލާނުދޭކަމަށް ބުނެފައެވެ. އަދި އެގައުމުގެ އަސްކަރިއްޔާގެ ހަމަލާތައް އަމާޒުކުރަނީ ޔޫކްރެއިންގެ ލީޑަރުން ހައްޔަރުކުރުމަށް ކަމަށް ރަޝިއާއިން ދަނީ ބުނަމުންނެވެ.

ރަޝިއާ އަދި ޔޫކްރެއިން އަކީވެސް އައިސީސީގެ މެމްބަރު ގައުމެއް ނޫނެވެ. ރަޝިއާއިން އައިސީސީގެ ޓްރައިބިއުނަލް ބަލައެއް ނުގަނެވެ. ނަމަވެސް ޔޫކްރެއިނުން ވަނީ އެގައުމުގައި ހިންގޭ އެފަދަ އަމަލުތައް ބަލައި ހުކުމް ކުރުމުގެ ބާރު އައިސީސީއަށް ދީ 2014 ވަނަ އަހަރު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އައިސީސީ ގައި 123 މެމްބަރު ގައުމު ހިމެނެއެވެ.

ރަޝިއާޔުކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން
14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު