Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖެ-އިންޑިއާ ގުޅުން

ރާއްޖެއިން އަސްކަރީ ގޮތުން ނިންމާ ނިންމުންތަކަށް އިންޑިއާއިން ނުފޫޒު ފޯރުވާތަނެއް ނުފެނޭ

އިދިކޮޅުން ތުހުމަތުކުރާގޮތުގައި ރާއްޖޭގެ އަސްކަރިއްޔާގެ އަމިއްލަ ބާރެއް ނެތް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 3 މާރިޗު 2022 | ބުރާސްފަތި 11:39
ޔޫކްރެއިނަށް އަރާތިބި ރަޝިޔާގެ އަސްކަރީ ފައުޖުތައް އެގައުމުން ފޭބުމަށް އދ.ގެ އާންމު މަޖިލީހުން ފާސްކުރި ގަރާރާ އެއްކޮޅަށް ރާއްޖެއިން ވަނީ ވޯޓު ދީފައި

ޔޫކްރެއިނަށް އަރާތިބި ރަޝިޔާގެ އަސްކަރީ ފައުޖުތައް އެގައުމުން ފޭބުމަށް އދ.ގެ އާންމު މަޖިލީހުން ފާސްކުރި ގަރާރާ އެއްކޮޅަށް ރާއްޖެއިން ވަނީ ވޯޓު ދީފައި

ސަރުކާރު ޒިންމާދާރު ކުރުވުމުގެ ނަމުގައި އިދިކޮޅުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އަވައްޓެރި އިންޑިޔާއާމެދު ރާއްޖެއިން ބާއްވާ ގުޅުމުގެ މައްޗަށް ބިނާކޮށް، ހަގީގަތާ ޚިލާފު އެތައް ވާހަކަތަކެއް ދަނީ ދައްކަމުންނެވެ. އެހެން ނަމަވެސް، މި ވާހަކަތަކުގައި އިދިކޮޅުން ދައްކަމުންދާ މަންޒަރާއި، ކަން އޮތް ގޮތް ވަރަށްވެސް ތަފާތުކަން އަބަދުމެ މި ދަނީ ފެންނަމުންނެވެ.

އިދިކޮޅުން ތުހުމަތުކުރާގޮތުގައި ރާއްޖޭގެ އަސްކަރިއްޔާގެ އަމިއްލަ ބާރެއް ނެތެވެ. މުޅި އަސްކަރިއްޔާ އޮތީ އިންޑިއާގެ މިލިޓަރީ ބާރުތަކުގެ ވަކިތަކުގެ ތެރޭގައިކަމަށް އަޑުހަރުކޮށް ފާޅުގައި ވިދާޅުވަމުންދަނީ އިދިކޮޅު ސިޔާސީ ޕާޓީގެ ހަރުކުލައިގެ ބޭފުޅުންނެވެ. އެބޭފުޅުން ވިދާޅުވާގޮތުގައި ރާއްޖެއަކީ އަސްކަރީ ގޮތުން މިނިވަން ގައުމެކޭ ބުނެވޭކަށް ނެތެވެ. އިންޑިއާގެ އާނބަސް ލިބިގެން މެނުވީ ރާއްޖެއަށް އަސްކަރީ ގޮތުން އެއްވެސް ފިޔަވަޅެއްވެސް، ނިންމުމެއްވެސް އެޅޭކަށް ނޯންނާނެކަމަށް ދަނީ ބުނަމުންނެވެ. ނަމަވެސް މަންޒަރުތައް ފެންނަނީ އެހެނެއް ނޫނެވެ.

ޔޫކްރެއިނަށް ރަޝިޔާއިން ދެމުންދާ ހަމަލާތައް ހުއްޓާލައި ޔޫކްރެއިނަށް އަރާތިބި ރަޝިޔާގެ އަސްކަރީ ފައުޖުތައް އެގައުމުން ފޭބުމަށް އދ.ގެ އާންމު މަޖިލީހުން ފާސްކުރި ގަރާރާ އެއްކޮޅަށް ރާއްޖެއިން ވޯޓު ދިނުމަކީ އޭގެ އެއް މިސާލެވެ. 193 ގައުމުގެ ތެރެއިން މި ގަރާރު ފާސްކުރުމަށް ވޯޓު ދީފައިވަނީ 141 ގައުމަކުންނެވެ. ޗައިނާއާއި އިންޑިޔާ ހިމެނޭ ގޮތުން, 35 ގައުމަކުން ވަކި ކޮޅަކަށް ވޯޓު ދީފައެއްނުވެއެވެ. އެހެންނަމަވެސް، ރާއްޖެއިން ވަނީ އެ ގަރާރާ އެއްކޮޅަށް ވޯޓު ދީފައެވެ.

އަސްކަރީ ގޮތުން ރާއްޖެއިން ތާއީދުކުރާ ކަންކަމާއި، ރާއްޖެއިން ގެންގުޅޭ ސިޔާސަތުތައް ވަކި ގައުމެއްގެ ނުފޫޒުގެދަށުގައި ނެތްކަން އެކަމުންވެސް ދޭހަވެއެވެ. އަސްކަރީ ގޮތުންނާއި، އަސްކަރީ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ރޮނގުން ބަލާއިރުވެސް ބައެއްގެ އަޅުވެތިކަމުގެ ދަށުގައި ނުވަތަ ބައެއްގެ ނުފޫޒުގެ ދަށުގައި ރާއްޖެ އޮތްނަމަ، މި ދެންނެވި ގަރާރާ ގުޅިގެންވެސް ފެންނާނީ ތަފާތު މަންޒަރެއް ނޫންތޯއެވެ؟ ރާއްޖެއިން ނިންމާ ކޮންމެ ނިންމުމެއް ބިނާވަނީ އިންޑިއާ އަސްކަރިއްޔާގެ ރުހުމުގެ މައްޗަށް ކަމަށްވާނަމަ، އެކަން މިފަހަރުވެސް ފެންނާނެ ނޫންތޯއެވެ؟

ދެން އޮތީ ޚާރިޖީ ސިޔާސަތުތަކުގެ ވާހަކައެވެ. ރާއްޖެއިން ގެންގުޅެނީ ހުރިހާ ގައުމަކާވެސް ގުޅުން ބަދަހިކޮށް، ރާއްޖެއަށް އެންމެ ލާބައާއި މަންފާ ލިބޭނެ ޚާރިޖީ ސިޔާސަތެއްކަން މިއަދު ދަނީ ފެންނަމުންނެވެ. އޭގެ ނަތީޖާވެސް ރަނގަޅެވެ. ރަޝިޔާއިން ޔޫކްރެއިނަށް އަމާޒުކޮށް ހަމަލާތައް ދެމުންދާއިރު އެ ދެ ގައުމުގައި ތާށިވެފައި ތިބި ދިވެހި ދަރިވަރުން ފަސޭހަކަމާއެކު ރައްކާތެރި ހިސާބުތަކަށް ގެންގޮސް، މަދު ވަގުތުކޮޅެއްގެ ތެރޭގައި އެ ކުދިންނަށް ބޭނުންވާ ކަންކަން ފުއްދައިދިނުމުގައި ސަރުކާރުން އެޅި ފިޔަވަޅުތަކަކީ ހަރުދަނާ ޚާރިޖީ ގުޅުންތަކެއް ބިނާވެފައި އޮތުމުގެ ނަތީޖާއެވެ.

ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން އޭރު ގެންގުޅުނު "ޗައިނާ ފަރސްޓް" ޕޮލިސީގެ ސަބަބުން ޚާރިޖީ ގުޅުންތަކަށް އޭރު ބުރޫއެރިކަން މިއީ މިއަދު ފެންނަން އޮތް ހަގީގަތެކެވެ. އެހެން ނަމަވެސް، މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ހަމަހަމަކަމާއެކު، ރާއްޖެއަށް އެންމެ ލާބައާއި މަންފާ ކުރާނެ ގޮތަކަށް ޚާރިޖީ ގުޅުންތައް ބައްޓަން ކުރުމަށެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން މިއަދު އެކި ގައުމުތަކުން ދަނީ ރާއްޖެއާ ގުޅިގެން އެކި މަޝްރޫއުތަކުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކަން މިހެން ހުރުމާއެކު، ރާއްޖެ ވަކި ގައުމެއްގެ އަޅުވެތިކަމުގެ ދަށުގައި އޮންނަކަމަށް ދައްކަވަމުން ގެންދަވާ ވާހަކައިގެ ދެކޮޅުނުޖެހޭކަން ރައްޔިތުންނަށްވެސް ދަނީ ފެންނަމުންނެވެ. ތިޔައީ ވަކި ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް، ސަރުކާރާ ރައްޔިތުންނާ ދެމެދު ފިތުނަ އުފެއްދުމަށް ކުރަމުންދާ މަސައްކަތެއްކަން ދިވެހިންނަށް އެނގެއެވެ. ހަގީގަތުގައި ރާއްޖެއިން އަސްކަރީ ގޮތުން ނިންމާ ނިންމުންތަކަށް އިންޑިއާއިން ނުފޫޒު ފޯރުވާތަނެއް ނުފެނެއެވެ. އެ ހަގީގަތް އޮޅުވާލައްވަން ތިޔަ ކުރައްވަނީ ޒިންމާދާރުކަން ކުޑަ މަސައްކަތެކެވެ.

އިންޑިއަން ނޭވީއިންޑިއާ އައުޓްރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު