Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބީޓެކް ޕޯލްޓްރީ ފާމް

މިހާރު އައްޑޫގައި އެންމެ ހިނގަނީ ދިރޭ ކުކުޅު- ހަގީގަތް ބަލާލަމާ

ބީޓެކް ޕޯލްޓްރީ ފާމްގެ ޚިދުމަތް ވަނީ އައްޑޫއަށް ތަޢާރަފްކޮށްފައި

އައިޝަތު މުހައްމަދު
އައިޝަތު މުހައްމަދު, ރާއްޖެ އެމްވީ | 3 މާރިޗު 2022 | ބުރާސްފަތި 07:25
ބީޓެކް ޕޯލްޓްރީ ފާމް

ބީޓެކް ޕޯލްޓްރީ ފާމް

ކަންކަމުގައި އަރައިތިބި ބަޔަކު ނިކުމެ ލައްކަ ގިނަ ކަންކަން މިހާތަނަށްވެސް ކޮށްފައިވާ ކަމަށް ދަޢުވާ ކުރާ އައްޑޫސިޓީގެ ރައްޔިތުންނަކީ ހަމަ ޙަގީގަތުގައިވެސް ކުޅަދާނަ ފަންނުވެރި ބައެކެވެ.

އެމީހުންގެ ދުރު ވިސްނޭ ސިކުނޑިތަކުގެ ބޭނުން ހިފައިގެން މާސިންގާ ބިޔަ ކަނޑުގެ ރާޅުތައް ފަތަޙަކޮށް ދުނިޔޭގެ އެއް ބައްރުން އަނެއް ބައްރަށް ކުރި ދިގު ދަތުރުތަކަށް އެކަނި ނަޒަރު ހިންގާލިޔަސް، ކަށިން ނެރުނު ހިތްވަރު ވަޒަން ކޮށްލެވޭނެއެވެ. އެއީ އަދި މާކުރީގެ މާޒީއެވެ. ލޯކުރިމަތިން ފެންނަމުންދާ މިދުވަސްތަކުން މިސާލު ނަގައިފިނަމަ ދޮންދީނާ ބަލަން ދާން ތިބި އެންމެން އަސްދުއްވަން މިސްރާބު ހިފި ދުވަސް ހަނދާނެއް ނުނެތޭނެއެވެ.

އައްޑޫގައި އަސްވެސް ދުއްވައި ނިމިއްޖެއެވެ. ދެން ހިފަންވީ ކުކުޅުތާއެވެ.

ކޮވިޑް 19 އަށްފަހު ސްރީލަންކަން އެއަރލައިންސްގެ މަތިންދާ ބޯޓު އަލުން ގަމަށް ޖެއްސި ތާރީޚީ ދުވަހަކީ 2021 ޑިސެންބަރ 04 އެވެ. އެދުވަހާއެކު ދިރޭ ޖަނަވާރު ބޭރުން އެތެރެ ކުރުމުގެ އަޑު ގަދަވެގެން ދިޔައެވެ. އައްޑޫގައި ދޮންވެ ފައްކާވެފައިވާ ބީޓެކް ޕޯލްޓްރީ ފާމް އޮތީ ޑައިރެކްޓް ފްލައިޓް އަޅާނެ ދުވަހެއްގެ އިންތިޒާރުގައި ކެތް މަދުވެފައެވެ. 2004 ވަނަ އަހަރު އައްޑޫސިޓީ ހިތަދޫން ޕޯލްޓްރީ ފާމަށް ދޫކުރި ބިމާއެކު އެތަން ޢިމާރާތްކޮށް ބޭނުންވާ މެޝިނަރީ ގެނެސް "ސްޓޭންޑްބައި" ގައި ތަން އޮތްވާ އޭސް އޭވިއޭޝަނާއި ސްރީލަންކަން އެއަރލައިންސުން ލަންކާ ދަތުރު ފެށުމާއެކު ފާމަށް 5000 "ހެޗްޑް" ބިހުގެ ފުރަތަމަ ޝިޕްމަންޓް ގެނެވުނެވެ. ކެޕޭސިޓީގައި އެއްފަހަރާ 12000 ބިހާއި 6000 ބިހާއެކު ޖުމްލަ 18000 ބިސް ފީކުރުމުގެ ގާބިލްކަން ލިބިފައިވާ ހެޗަރީއެއް ހުރި މިފާމަކީ އެންމެ ޒަމާނީ ފެންވަރުގެ ވަސީލަތާއެކު ގާއިމްކުރެވިފައިވާ ފާމެކެވެ. ސަރުކާރުގެ އެންމެ އިސްވެރިޔާއިން ފެށިގެން މަތިފަޑީގެ އެކި ވަފުދުތައް ބީޓެކް ޕޯލްޓްރީ ފާމަށް މިހާތަނަށްވެސް ޒިޔާރަތް ކުރައްވާފައިވާއިރު އެއިން ކޮންމެ ބޭފުޅަކުވެސް އައްޑޫގައި އަމިއްލަ ފަރާތަކުން ކުރަމުންދާ އެމަސައްކަތަށް ތަޢުރީފުކުރައްވާފައިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް ނުހަނު ބޭނުން ޖެހިފައިވާ މިމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ބީޓެކް ޕޯލްޓްރީން ކުރެވޭނެ މަގު ފަހި ކުރުމަށްޓަކައި ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

ޕޯލްޓްރީ ފާމެއްގެ ޚިޔާލަކީ އައްޑޫ ސިޓީ ކައުންސިލްގެ މިލްކެކެވެ. ބިން ކުޑަވެފައި ޖާގަ ނެތުމުން މިފަދަ ތަނެއް އައްޑޫގައި ހިންގިދާނެ ކަމުގެ އުއްމީދު ކުޑަވެފައިވަނިކޮށް  އޭރުގެ ކައުންސިލުން އެކަން ނިންމި ނިންމުމަކީ މިއަދު މިދެކޭ ދިރޭ ކުކުޅު އައްޑޫގައި ގެންގުޅުމުގެ ފެށުމެވެ. އައްޑޫސިޓީގެ މޭޔަރުގެ މަޤާމުގައި 3 ދައުރު ކުރިން ފުރުއްވި އަދި މިހާރު ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ޞާދިޤު (ސޯބެ) ވިދާޅުވީ މީގެކުރިން  އަމިއްލަ އަތުން ކާންދީގެން ބޮޑުކޮށްގެން ގެންގުޅުނު ކުކުޅުހާ، ކެއުމުގެ ނަސީބު ލިބުނު ކޮންމެ މީހަކު މިއަދު އުފާ ކުރާނެކަމަށެވެ. އޭރުވެސް ކަންކުރި ބީދައިން ކާންދީ ބޮޑުކޮށްގެން ގެނެސް ކަތިލުމަށްފަހު ކެއުމުގެ، އުފާވެރި ޝުޢޫރު ސޯބެ ފާޅުކުރެއްވީ "ބްރެޒިލް" ކުކުޅަށް ނޫނެކޭ ބުނަންވީ ދަނޑިވަޅު އައިސް ޖެހިއްޖެ ކަމުގެ މެސެޖާއެކުއެވެ.

ދަނޑުގޮވާންކުރުމާއި އަމިއްލަ އުފެއްދުންތެރިކަމަށް ނުހަނު ބޮޑު ޝައުގެއްދެއްވަމުން ގެންދަވާ އައްޑޫސިޓީގެ މައި މުގުލުގައި ހުންނެވި ވެރިޔާ، އައްޑޫގެ މޭޔަރ ޢަލީ ނިޒާރުގެ ޝުޢޫރު މިކަމުގައި ވަރަށް ތަފާތެވެ. އަދި ނިޒާރު ވަނީ މިމަސައްކަތަށް ތައުރީފްކުރައްވާފައެވެ.

ބީޓެކް ޕޯލްޓްރީ ފާމަށް ރައްޔިތުން ކުރާ އުއްމީދު ވަރަށް ވެސް ބޮޑެވެ. މިއަދު އައްޑޫސިޓީގެ ރެސްޓޯރެންޓްތަކުގައި ތާޒާ ބީޓެކް ކުކުޅުގެ ޚާއްސަ މެނޫތައް އެހެރަ ތަޢާރަފްވަމުން އަންނަނީ އެވެ. ގޭގޭގެ ސުފްރާތައް ކުކުޅުގެ ބާވަތްތަކުން ފުރެމުންދަނީއެވެ.  އަބަދުވެސް އައްޑޫގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ފިސާރި ކެރިގެން އެންމެ ކުރީ ސަފުން ޖާގަ ހޯދާ ބީޓެކް ގްރޫޕްގެ މެނޭޖިންގ ޑައިރެކްޓަރ ޙުސެއިން މުޙައްމަދު ހުންނެވީ ރައްޔިތުން އެދޭ ފަދަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކެތްމަދުވެފައެވެ.

ޙުސެއިން ވިދާޅުވީ ލިބެމުންދާ ބޮޑު ތަރުޙީބާއެކު ޚާއްސަ ޕްރޮމޯޝަނެއް ބުރާސްފަތި އަދި ހުކުރު މި ދެ ދުވަހު ފައްޓަވާނެ ކަމަށާއި އެޕްރޮމޯޝަންގެ ދަށުން 55 ރުފިޔާއަށް ތާޒާ ކުކުޅު ކިލޯއެއް ލިބެން ހުންނާނެ ކަމަށެވެ. މިއީ ދިވެހިންގެ ޢާއިލީ ބޮޑު ކޭން އޮންނަ  ހުކުރު ދުވަހާއި ދިމާކޮށް ކަސްޓަމަރުންނަށް ލިބިގެންދާ ރަނުގެ ފުރުސަތަކަށް ވާނެއެވެ.

މިއީ މޮޑަން ޓެކްނޮލޮޖީ ސިސްޓަމެކެވެ. ފެނާއި ކާނާ ފޯރުކޮށްދިނުމާއި، ޖާގައިގެ ތަނަވަސްކަމާއި ފިނިހޫނު މިނާއި ވައިދައުރުވާ ގޮތުގެ ހުރިހާ ކަމެއް އަމިއްލައަށް "އެޖަސްޓް" ކުރުމުގެ ގާބިލްކަން ލިބިފައިވާ "ފުލީ އޮޓޮމޭޓެޑް" ސިސްޓަމެކެވެ. ކުކުޅު ގެންގުޅޭ 8000 ސްކުއަރ މީޓަރުގެ "އިންހައުސް" 3 ބްރޮއިލާ މިހާރުވެސް ތައްޔާރަށް ހުރި އިރު ފާމްގެ "ސްލައުޓަރ" އާއި "ޕެކިން" ހައުސްވެސް އަންނަނީ ތައްޔާރުވެ ނިމެމުންނެވެ. ބްރޮއިލާތައް ހަދާފައިވާ ގޮތުން އެތެރޭގެ ފިނިހޫނުމިން އެއް މިނެއްގައި ހިފެހެއްޓުމަށް އެހީވެދީ އެއިން އުފައްދާ ހޫނު ވައިން ކުކުޅުގެ ނަޖިސް އަވަހަށް ހިއްކާލާ ވިހަ ގޭސް "އެބްޒޯބް" ކުރެއެވެ. މިއީ ނުބައި ވަސް ހަރުލުން ކުޑަ އަދި ބަލިޖެހުންވެސް ކުޑަކޮށްދޭ ނިޒާމެކެވެ. ބްރޮއިލާތައް ބަންދުކޮށްފައި ހުރުމުން ދިރޭ ތަކެތީގެ އުނދަގުލާއި ހަޑިމުޑުދާރު ވުންވެސް ކުޑަކޮށްދެއެވެ.

ބީޓެކް ޕޯލްޓްރީ ފާމުން އެންމެ އިސްކަމެއް ދެނީ ކުކުޅުތަކުގެ ސިއްޙަތަށް ކަމަށްވާތީ ފާމްގައި މަސައްކަތް ކުރާ މީހުންނަށްވެސް ވަނީ ސާފުތާހިރުކަމުގެ މިންގަނޑުތަކެއް އެކަށައަޅާފައެވެ. އައު ތަނަކަށްވުމުން ގިނަ ބަޔަކު ޕޯލްޓްރީއަށް ޒިޔާރަތް ކުރުމަށް އެދުނު ނަމަވެސް ބީޓެކުން ބުނީ ދިރޭތަކެތީގެ ރައްކާތެރިކަމަށްޓަކައި "ވިޒިޓާސް"އަށް ތަން ނުހުޅުވާނެ ކަމަށެވެ.

މިވަގުތު ބިސް ފީކުރުމާއި ދިރޭ ކުކުޅު ބޮޑުކޮށް ކުކުޅު މަހުގެ ޚިދުމަތް އެކަނި ތަޢާރަފް ކޮށްފައިވާ މި ފާމް ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭ ފުލް އޮޕަރޭޝަނަށް ގެނައުމަށް އެކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ. ފާމްގެ މަސައްކަތް އެއްކޮށް ނިމޭއިރު މީޓް ޕްރޮސެސަރސް އާއި އެގް ޕެކިންގ އަދި ސްލައުޓަރގެ އިތުރުން މިތަކެތީގެ ސިއްޙީ ކަންކަން ބަލަހައްޓާ ވެޓެރިނަރީސް ލެބޯޓްރީއެއް ގާއިމް ކުރެވޭނެކަމަށް ބީޓެކުން މަޢުލޫމާތު ދެއްވައެވެ.

ތެދެކެވެ. ބީޓެކުގެ މިމަސައްކަތް ހަގީގަތުގައިވެސް އެންމެން ހެއްވާލައިފިއެވެ. ދޮންދީނާ އެކޭ އެއްފަދައިން ދޮންރީތި ހުދު ކުކުޅު، ދެން އައްޑޫއަކުން ހުހެއް ނުވާނެއެވެ.

ބީޓެކް ޕޯލްޓްރީ ފާމްބީޓެކް

ކޮމެންޓް

އިތުރަށް ކިޔާލަން

ރުއްޖެހެރަ ޕިކްނިކް އައިލެންޑް ހާދަ ޗާލެވެ. އެކަމަކު...

ރުއްޖެހެރަ ޕިކްނިކް އައިލެންޑް ހާދަ ޗާލެވެ. އެކަމަކު...

05 ނޮވެމްބަރު 2021
ޕީޕީއެމްގެ "އާ ކުކުޅުތަކަކަށް" ގާބިހެއް އެޅުން

ޕީޕީއެމްގެ "އާ ކުކުޅުތަކަކަށް" ގާބިހެއް އެޅުން

05 އޮކްޓޯބަރު 2017
ނާޒިމަށް އިންސާފާއި މިނިވަންކަން ނުދޭން ދައްކާނެ ބަހަނާއެއް މިހާރު ނެތް!

ނާޒިމަށް އިންސާފާއި މިނިވަންކަން ނުދޭން ދައްކާނެ ބަހަނާއެއް މިހާރު ނެތް!

02 ސެޕްޓެމްބަރު 2017
ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!

ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!

20 ޖުލައި 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު