Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އައްޑޫގެ ޕޯލްޓްރީ ފާރމްތަކުގެ ކަންބޮޑުވުން

އައްޑޫގެ ޕޯލްޓްރީ ފާރމްތައް: ދިރޭ ޖަނަވާރު އެތެރެކުރެވޭނެ ގޮތެއްނެތިފައި

ރާއްޖޭގައި ދިރޭ ޖަނަވާރު އެތެރެކުރެވޭ ހަމައެކަނި ބަނދަރަކީ މާލެ ނުވަތަ ހުޅުލޭ އެއަރޕޯޓް

އައިޝަތު މުހައްމަދު
އައިޝަތު މުހައްމަދު, ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2021 | އާދީއްތަ 17:28
އައްޑޫގައި ހަދާފައިވާ ބީޓެކް ޕޯލްޓްރީ ފާރމް

އައްޑޫގައި ހަދާފައިވާ ބީޓެކް ޕޯލްޓްރީ ފާރމް

ސްރީލަންކަން އެއަރލައިންސްގެ ދަތުރުތައް 2016 ވަނަ އަހަރު އައްޑޫއަށް ފެށުމާއެކު، ކުރިން ނުގެނެވޭ ގިނަ ސާމާނުތައް ސީދާ އައްޑޫއަށް އެތެރެކުރެވޭނެކަމަށް ގިނަ ބަޔަކު ގަބޫލު ކުރިއެވެ. މިވިސްނުމާއެކު, ކުކުޅާއި ދިރޭ މަހާއި ދޫނި އަދި ގަހުގެ ވިޔަފާރިތައް ސިޓީގައި ފުޅާކުރުމަށް އެތައް ބަޔަކު މަސައްކަތް ފެށިއެވެ. ބޮޑު ހޭދައެއްކޮށް ތަރައްގީ ކުރަމުންދިޔަ މިވިޔަފާރިތައް ކޮވިޑާގުޅިގެން މަޑުޖެހިފައި އޮތުމަށްފަހު، އަނެއްކާވެސް މިކަމުގެ ޝައުގުގައި ތިބި ގިނަބަޔަކު ތައްޔާރުވަމުން ދިޔައީ ޑިސެންބަރ 4އަށެވެ. އެދުވަހު ސްރީލަންކަން އެއަރލައިންސްގެ ދަތުރު އަލުން ފެށުމުން ސާމާނުތައް ސީދާ ގެނެވޭނެ ކަމުގެ އުއްމީދާއެކުގައެވެ. އެހެންނަމަވެސް ވިޔަފާރިވެރިންނަށް މިއަދު ޖެހުނީ ކުރަމުން އައި މަސައްކަތް ހުއްޓާލައި މާޔޫސްކަމާއެކު ދެއަތްއުރާލައިގެން ތިބޭށެވެ.  

މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްގައި ހެދިފައިވާ "ދިރޭ ޖަނަވާރު އެތެރެ ކުރުމުގެ ގަވާއިދު" ،މާލެއާއި ދުރު ރަށެއްގައި މިފަދަ މަސައްކަތެއް ކުރާކަށް ތަނެއް ނުދެއެވެ. އެގަވާއިދުގައިވާ ގޮތުން ޖަނަވާރު ގެންނަ ދަތުރުގައި ޓްރާންސިޓްކޮށް މަޑުކުރާ ހާލަތުގައި، ޖަނަވާރު އެހެން ޖަނަވާރުތަކަށް ފެންނަގޮތަށް ގެންގުޅެގެންނުވާނެއެވެ. އަދި ރަސްމީ ޓްރާންސިޓް ކަރަންޓީނު އޭރިޔާ ފިޔަވާ އެހެން ތަނަކަށް ޖަނަވާރު ގެންގޮސްގެންވެސް ނުވާނެއެވެ". މިގަވާއިދުގައިވާ އެހެން މާއްދާއަކަށް ބަލާއިރު "ޓެސްޓްކުރުމަށާއި ކަރަންޓީން ކުރުމަށްދާ ހުރިހާ ޚަރަދެއްގެ ޒިންމާ އުފުލަންޖެހޭނީ އެޖަނަވާރެއްގެ ވެރިފަރާތް، ނުވަތަ އެޖަނަވާރެއް އެތެރެކުރި ފަރާތުން" ކަމަށް ބުނެފައިވެއެވެ. މިއީ ހަމަޖެހޭ އުސޫލެއްނޫންކަމަށް "ދިރޭމަހުގެ" ވިޔަފާރިކުރާ އައްޑޫމީހަކު ކިޔައިދިނެވެ.

އައްޑޫއަށް ބައިނަލްއަޤްވާމީ ފްލައިޓްތައް ދަތުރު ކުރާތާ 5 އަހަރަށް ވުރެ ގިނަ ދުވަސްވީއެވެ. މެދުކެނޑުންތަކަކަށްފަހު، މިއަދު އަނެއްކާވެސް ސީދާ ފްލައިޓް އައްޑޫއަށް ދާނަމަ އެފްލައިޓުން އަންނަ ފަސިންޖަރު، ލޯބިން ގެންގުޅޭ "އޮޅުކުރި ދޫނީގެ" ކަރު ބުރިކޮށްލާ މަންޒަރު ދެކެންބޭނުންވާނެތޯއެވެ. ބޮޑުއަގުގައި ގެންނަ މާގަސް ކަތުރުން ކޮށައި ކުދިކުދިކޮށް ވަށިގަނޑަށް އަޅާލަން ހިތަށް ކެތްވާނެތޯއެވެ. އެހެންނަމަވެސް މިއަދު އައްޑޫގެ ހާލަތަކީ މިއީއެވެ. ބަ

އެއްގެ ހިތްވަރާއި މިންނަތުންނަމަވެސް އިންޓަނޭޝަނަލް ފްލައިޓެއް އައްޑޫގެ މަލަމަތިން އައިސް ގަމަށް ތިރިކުރުމުން ރައްޔިތުން އަތްޖަހައި އެކަމަށް ފަޚުރުވެރިވާއިރު، ފަރުދާގެ ފުރަގަހުގައި ތިބެ ކަމާގުޅޭ މުއައްސަސާތަކުން މިކަމަށް ހަޖޫޖަހައި، ޖެއްސުން ކުރެއޭ ބުނުން ދޮގަކަށް ވާނެތޯއެވެ.

ސްރީލަންކަން އެއަރލައިންސްގެ ރާއްޖޭގެ އޭޖެންޓް، އޭސް އޭވިއޭޝަން މޯލްޑިވަސްގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ފިރާގު ވެސް ވަނީ، އައްޑޫއަށް ދިރޭ ޖަނަވާރު އެތެރެނުކުރެވޭ މައްސަލައާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޒަމާނުއްސުރެ ހެދިފައިވާ ދެކޮޅު ނުޖެހޭ ގަވާއިދުގެ ސަބަބުން އައްޑޫގައި ހަދާފައިވާ ޕޯލްޓްރީ ފާރމަށް ވައިގެ މަގުން ދޫނި ނުގެނެވިފައިވާކަމަށާއި، އެފަރާތުން މިކަމަށް މަސައްކަތް ކުރާތާ 2 އަހަރުވީއިރުވެސް މިކަމަށް ހައްލެއް ލިބިފައި ނުވާކަމަށެވެ.

ގަމުގެ ވައިގެ ބަނދަރު ތަރައްގީކުރުމަށް ރެއާއި ދުވާލު އެއަރޕޯޓް ކުންފުނިން މަސައްކަތްކުރާއިރު، އަދި މިހާތަނަށް ދިރޭ ތަކެތި ކަރަންޓީންކުރާނެ ޔުނިޓެއް އައްޑޫގައި ގާއިމްނުވެ އޮތީ ކޮން ސަބަބަކާހެދިބާވައެވެ! މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްގެ ދަށުން، ގަސްގަހާގެއްސާއި ދިރޭ ޖަނަވާރު ކަރަންޓީނު ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ސަރުކާރުގެ އިދާރާއެއް، ނުވަތަ ކަރަންޓީން ޔުނިޓެއް އައްޑޫގައި ގާއިމުނުކުރާންވީ ކޮން ސަބަބަކާހެދިތޯއެވެ! އައްޑޫގެ ތަރައްގީއާއި ކުރިއެރުމަށްޓަކައި ބަޔަކު ގުރުބާންވެގެން ފަށާ މަސައްކަތަށް އޮތް ހުރަސް ނައްތާލުމުގައި، އައްޑޫސިޓީ ކައުންސިލަށް ބަސްބުނުމުގެ ބާރު ނެތީ ކީއްވެތޯއެވެ! މިއީ ހައްތަހާވެސް ސުވާލެވެ. ނޫސްވެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑު މިސުވާލުކުރުމުން ލިބޭ ޖަވާބުވެސް ތިބޭފުޅުންނާއި ހިއްސާ ކޮށްލާނަމެވެ.

"އެފަދަ ތަނެއް ހެދުމަށް ކަމާގުޅޭ މުއައްސަސާތަކާއެކު މަޝްވަރާތައް ކުރެވެމުން ދަނީ. އުއްމީދު ކުރަނީ ވަރަށް އަވަހަށް ކަރަންޓީން ޔުނިޓެއް އައްޑޫގައި ގާއިމްވެގެން ދާނެ ކަމަށް" މިއީއެވެ. މިޖަވާބުން އަޅުގަނޑުމެން ކަހަލަ އާދައިގެ ރައްޔިތެއްގެ ހިތަށް ފިނިކަމެއް ލިބުނުކަމުގައިވިޔަސް މިއީ އުއްމީދެއް ނެތް ކަމެއްގެ ގޮތުގައި ވިޔަފާރިވެރިން ލޭބަލްކުރެއެވެ.   

މިހާހިސާބުން އުފެދޭ ސުވާލަކީ، މިހާރު މިމަސައްކަތް ކުރާ ފަރާތްތަކުން އަމަލުކުރާ އުސޫލުގެ ވާހަކައެވެ. ރާއްޖޭގެ އެހެން ސަރަހައްދު ތަކެކޭ އެއްފަދައިން އައްޑޫގައިވެސް ދޫންޏާއި، ކުކުޅާއި، މަސް، އަދި ގަސް ބޭރުން ގެނެސްގެން ގަނެ ވިއްކުމުގެ ވިޔަފާރި ކުރާ ފަރާތްތައް އެބަތިއްބެވެ. މިފަރާތްތަކާ ވާހަކަ ދައްކާލުމުން އެނގިގެން ދިޔައީ، އެމީހުން އެތަކެތި އެތެރެ ކުރަނީ މާލެއަށް ޓްރާންސިޓް ކޮށްގެން ކާގޯ ނުވަތަ ކަނޑު މަގުން ކަމަށެވެ. ގޭތެރޭ އޮންނަ ހުސްބިމުގައި، ނުވަތަ އާދައިގެކޮށް މިމަސައްކަތް ކުރާ ބަޔަކަށް މިއީ މިކަން ކުރެވިދާނެ ގޮތެކެވެ. އެއީވެސް ފައިދާއެއް ނެތްގޮތަށެވެ. އެހެންނަމަވެސް އައްޑޫގައި އެކިފަރާތްތަކުން ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކޮށްގެން ހަދާފައިވާ ބޮޑެތި ޕޯލްޓްރީ ފާރމްތަކުގައި މިއީ މިމަސައްކަތް ކުރެވޭނެ ގޮތެއްނޫނެވެ.

އައްޑޫސިޓީ ހިތަދޫގައި ބީޓެކް ކުންފުނިން ގާއިމްކޮށްފައިވާ ޕޯލްޓްރީއަކީ 30000އަށްވުރެ ގިނަ ކުކުޅު އުފައްދައި މާކެޓް ކުރެވޭފަދަ ކެޕޭސިޓީ ހުރި "ފާރމްފްރެޝް ބްރޮއިލަރ" އެކެވެ. ރާއްޖޭގައި އެންމެ ގިނައިން އިމްޕޯޓް ކުރާ އެއް ބާވަތް ކަމަށްވާ "ފްރޯޒަން" ކުކުޅުގެ ބަދަލުގައި ތާޒާކުކުޅު އަތްފޯރާފަށުން ލިބޭނެ ގޮތް ހެދުމަށްޓަކައި އެކުންފުނިން ކުރަމުން އަންނަ މަސައްކަތަށްވަނީ ހުރަސްއެޅިފައެވެ. މިއަދު އެކުންފުނިން އާއްމުކުރި ލިއުމެއްގައިވާ ގޮތުން، ސްރީލަންކަން އެއާރލައިންސް މެދުވެރިކޮށް ކޮލޮމްބޯ މަގުން އައްޑޫ އަށް ގެނައުމަށް ޓަކައި "ޑޭ އޯލްޑް ޗިކްސް އާއި އެއަށް ބޭނުންވާ ކާނާގެ ޝިޕްމެންޓެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެތަކެތި އައްޑޫއަށް ގެނެވޭނެ ހަމައެކަނި ގޮތަކީ ވަގުތީ ހައްލެއްގެ ގޮތުގައި، ރިޓާރން-ޓިކެޓްއާއި ޚަރަދު ކުންފުނިން ހަމަޖައްސައިދިނުމުން، މިނިސްޓްރީގެ މުވައްޒަފުން އައްޑޫއަށް ފޮނުވައިގެން އެތަކެތި "ކްލިއަރ" ކުރުންކަމަށް އަންގާފައިވާކަމަށެވެ.

2010 ނޮވެންބަރ 8 ވަނަ ދުވަހު މާޅޮސްމަޑުލު ދެކުނުބުރީ ކަމަދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި އޭރުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސަރުކާރުގެ މަގުސަދަކީ މިއަށްވުރެ ފުރިހަމަ، މިއަށްވުރެ ހިތްހަމަޖެހޭ، މިއަށްވުރެ ހާސްކަން ކުޑަ، މިއަށްވުރެ ތަނަވަސް، އެހެން ދިރިއުޅުމެއް، ރާއްޖޭގެ ރައްޔިތުންނަށް ހޯއްދަވައި ދެއްވުން ކަމުގައެވެ. ރަށްރަށަށް ތަރައްގީވެވޭނެ ފުރުސަތު ނުދީ، އަދި ތަރައްގީގެ މަގުގައި ކުރިއަށްދެވޭނޭ ގޮތްތަކެއް ހަމަނުޖައްސައި އޮތުމަކީ މި ސަރުކާރުން ގަބޫލުކުރާނެ އުސޫލެއްނޫންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ތަކުރާރުކޮށް ވިދާޅުވެއެވެ. އެހެންކަމަށްވާނަމަ ރައްޔިތުންނާއި ގުޅިފައިވާ މިފަދަ މައްސަލަތައް ދިގުލައިގެން ނުގޮސް މިކަންކަމަށް އަވަސް ހައްލެއް ލިބިގެންދިއުމަކީ މިސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓޭނެ އުސޫލެއްކަމަށް ގަބޫލުކުރެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ކާން ގަތް ފުށްކޮޅުގައިވެސް ހުރީ ޖަނަވާރު ހުއި..."

"ކާން ގަތް ފުށްކޮޅުގައިވެސް ހުރީ ޖަނަވާރު ހުއި..."

02 މާރިޗު 2024
ކުކުޅު ކޮށިތަކާއި ހާލިތަކުގައި ނިދުން އެކަންޏެއް ނޫނެވެ... މިއަދު ކާންވެސް ލިބެނީ ޖަނަވާރުންގެ ކެއުމެވެ!

ކުކުޅު ކޮށިތަކާއި ހާލިތަކުގައި ނިދުން އެކަންޏެއް ނޫނެވެ... މިއަދު ކާންވެސް ލިބެނީ ޖަނަވާރުންގެ ކެއުމެވެ!

18 ފެބުރުއަރީ 2024
އައްޑޫގެ އާދަކާދައިގެ ތެރެއިން އީދުފޯރިއަށް އެޅުނު ކަޅު ހިޔަނި

އައްޑޫގެ އާދަކާދައިގެ ތެރެއިން އީދުފޯރިއަށް އެޅުނު ކަޅު ހިޔަނި

26 ޖޫން 2022
މިހާރު އައްޑޫގައި އެންމެ ހިނގަނީ ދިރޭ ކުކުޅު- ހަގީގަތް ބަލާލަމާ

މިހާރު އައްޑޫގައި އެންމެ ހިނގަނީ ދިރޭ ކުކުޅު- ހަގީގަތް ބަލާލަމާ

03 މާރިޗު 2022
އައްޑޫގެ ހާލަތު ގޯހުން ގޯހަށް- ފިޔަވަޅު އަޅާތަނެއް ނުފެނޭ

އައްޑޫގެ ހާލަތު ގޯހުން ގޯހަށް- ފިޔަވަޅު އަޅާތަނެއް ނުފެނޭ

10 ނޮވެމްބަރު 2021

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު