Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރުއްޖެހެރަ ޕިކްނިކް އައިލެންޑް

ރުއްޖެހެރަ ޕިކްނިކް އައިލެންޑް ހާދަ ޗާލެވެ. އެކަމަކު...

މިފަދަ ކިތައްމެ ބީޗެއް މިހާތަނަށް އައްޑޫގައި ވަނީ ހަދާފައި

އައިޝަތު މުހައްމަދު
އައިޝަތު މުހައްމަދު, ރާއްޖެ އެމްވީ | 5 ނޮވެމްބަރު 2021 | ހުކުރު 11:37
ރުއްޖެހެރަ ޕިކްނިކް އައިލެންޑް

ރުއްޖެހެރަ ޕިކްނިކް އައިލެންޑް

"ރުއްޖެހެރަ ޕިކްނިކް އައިލެންޑް" ޖަހާފައިވާ ހިތްގައިމު ފޮޓޯތަކެއް ސޯޝަލްމީޑިއާއަށް ތިލަވީ އިހަކަށް ދުވަހުއެވެ. އެފޮޓޯތަކާއެކު ގިނަ ބަޔަކަށް ހައިރާންކަން ލިބިގެންދިޔައެވެ. އެހާރީތި ތަނެއް ހަމަ ކުއްލިއަކަށް ފެނުމުންނެވެ. ވެމްކޯގެ ދެކުނުން ގައުކެނޑިއާ ދޭތެރޭ އޮންނަ އެ ސަރަޙައްދަކީ ބަޔަކު އޮޅިގެންވެސް ވަންނާނެ ތަނެއްނޫނެވެ. ބާ ޓިނުތަކާއި ވަކަރު ޕެލެޓާއި ބިއްލޫރި ޝީޓުފަދަ ތަކެތިން ގޮނޑުހެދި ރުއްދޮށުގައި ވެސް އޮތީ ބޯޖަންގައްޔެވެ. ފިޔަވަޅެއް އަޅަން އުޅުމުން ފައިޖެހެނީ ފެން އެޅި މަދިރިފަނި އާލާވެފައިވާ އުނބުތަކާއި ދަޅާއި ފުޅިތަކުގެ މަތީގައެވެ.

މިއީ އައްޑޫސިޓީ ގައި ނަގާކިޔާ އައްޑޫ ފްރެންޑްސް ޖަމްޢިއްޔާގެ ސިނާއަށް މިތަން ފެނުނުއިރު ތަން އޮތްގޮތެވެ. އޭނާއަކީ އޭނާގެ ރަށް ހިތަދޫ ރީތި ތަނަކަށް ހެދުމަށް ކެނޑިނޭޅި ހިތްވަރާއެކު މަސައްކަތްކުރާ ޒުވާނެއްކަން ހިތަދޫ އެންމެންވެސް ގަބޫލުކުރާނެއެވެ. ސަބަބުތައް ބައިވަރެވެ. އައްޑޫގެ އެކިއެކި ބީޗްތައް އޭނާގެ މޭސްތިރި ކަމުގައި މިހާތަނަށްވެސް ރީތިކޮށްފައިވާތީއެވެ. ކަނބިހާ ބީޗަކީ މީގެ ދިރިހުރި ނިޝާނެކެވެ. އެހެނަސް މިވަގުތު ދެން އެވާހަކަ ދައްކާކަށް ނެތީމެވެ.

އޮކްޓޯބަރ 6 ވަނަ ދުވަހު އައްޑޫ ކައުންސިލުގައި ބޭއްވި ރަސްމީ ޖަލްސާއަށް ވަނީ، ޕިކްނިކް ދިއުމަށާއި ރައްޔިތުން ހިތްފަސޭހަ ކޮށްލުމަށް އައްޑޫސިޓީ ހިތަދޫގެ ދެ ސަރަޙައްދެއް ސާފުކޮށް އެތަންތަނަކީ ރައްޔިތުން ބޭނުން ކުރުމަށް އެކަށީގެންވާ ރައްކާތެރި ތަންތަން ކަމުގައި ހެދުމަށް ގަރާރެއް ހުށަހަޅާފައެވެ. ހިތަދޫ ރުއްޖެހެރަ ސަރަޙައްދުގެ ފުއްޓަރުފަރާތާއި ހިތަދޫ ބީވާ މަގުގެ ހުޅަނގުން ޑޭޒީމަގާއި ބޯޅަދަޑިމަގާއި ދެމެދު ފުއްޓަރު ފަރާތުގައިވާ ސަރަހައްދު ސާފުކޮށް އެތަންތަނަކީ ރައްޔިތުން ބޭނުން ކުރުމަށް އެކަށީގެންވާ ރައްކާތެރި ތަންތަން ކަމުގައި ހެދުމަށް ޖަމްޢިއްޔާތަކާއި ގުޅިގެން ކައުންސިލްގެ ބެލެހެއްޓުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

މިތަނުގެ ޢަމަލީ މަސައްކަތް ފެށިގެން ދިޔައީ ސިނާގެ އިސްނެގުމާއެކު ބީޓެކް ގްރޫޕާއި އައްޑޫސިޓީ ކައުންސިލްގެ އެހީތެރިކަމާއި އެއްބާރުލުމާއެކުގައެވެ. ތަންސާފުކޮށް ލޭންޑްސްކޭޕިންގެ މަސައްކަތް އެދަނީ ބާރަށް ކުރިއަށެވެ. އަޑިގުޑަންތަކާއި ފެންފެންގަނޑު ސާފުކޮށް ރީތި ބައްޓަންތަކަށް ތަން ފެހިކުރަންވެސް ފަށައިފިއެވެ. އައްޑޫގެ ރައްޔިތުން ފަޚުރުވެރިވާފަދަ ތަނަކަށް ސިނާގެ ގްރޫޕުން އެތަން ހަދާނެ ކަން ޔަގީނެވެ.

ރުއްޖެހެރެ ޕިކްނިކް އައިލެންޑް ހެދޭނެއެވެ. އެތަނަށް ދަތުރުގޮސް ހިތް އުފާކޮށްލެވޭނެއެވެ. ޕާޓީތަކާއި ހަފްލާތައްވެސް ބޭއްވޭނެ ކަމާމެދު ޝައްކެއް ނެތެވެ. އެހެނަސް ދެން މިއޮތީ ބޮޑު ވާހަކަ ދައްކަން ޖެހިފައެވެ.

މިތަން ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުވެގެންދާނެތޯއެވެ؟ ކޮވިޑްގެ ރާޅާއެކު ގިނަބައެއްގެ ވަޒީފާ ގެއްލި ރަށަށް ބަދަލުވެ ރަށުގައި ގާއިމްވެތިބެން ލިބުނު ފުރުސަތުގައި ވެސް އައްޑޫގެ އެކި ސަރަހައްދުތަކުގައި ރައްޔިތުން ބުރަ މަސައްކަތްކޮށްގެން ޗާލުބީޗު ތަކެއް ހެދިއެވެ. އޭގެފަހުން ފެނިގެން ދިޔައީ އެތަންތަނަށް ގެއްލުން ދިންތަނެވެ. ގޯނާކޮށް ހަލާކުކުރިތަނެވެ. އެހެންނޫނީ އަޅާލުމެއްނެތި ވީރާނާ ވެގެން ދިޔަތަނެވެ. އައްޑޫސިޓީގައި ހުރި އައުޓްޑޯ ޖިމްތަކާއި ކުޑަކުދިންގެ ޕާކުތައްވެސް ހުރީ ހަމަ މިފަދަ ހާލަތެއްގައެވެ.

ތަރައްގީ ގެންނަންވީ ވަގުތީ ކަމެއްގެ ގޮތުގައެއްނޫނެވެ. ދެމެހެއްޓެނިވި ގޮތަކަށެވެ. އެހެންކަމަށްވާނަމަ ބޮޑު ހޭދަތަކާއި ޚަރަދުކުރެވިގެން ހެދޭ މިފަދަ ޕާކުތަކާއި ބީޗްތައް ބެލެހެއްޓެން އެބަ ޖެހެއެވެ. ޚިދުމަތްހޯދާ ފަރާތްތަކުން ވެސް ތަނާއިމެދު މިފަދަ ވިސްނުމެއް ގެންގުޅެން ވެއްޖެއެވެ. ބަޔަކު ހިލޭ ސާބަހަށް ހުޅުވާލާ ޚިދުމަތަކީ މާދަމާ އަތުން ބީވެގެންދާ ޚިދުމަތަކަށް ނުވެވޭތޯ އެޅެންހުރި ފިޔަވަޅުތަކާމެދު ވިސްނާލުން ކީއްތޯއެވެ.

ބީޓެކްރުއްޖެހެރަ ޕިކްނިކް އައިލެންޑްއައްޑޫ ފްރެންޑްސްއައްޑޫ ސިޓީ ހިތަދޫއައްޑޫ ސިޓީ ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި

08 ޑިސެމްބަރު 2025
ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް ރަށު ކައުންސިލަކަށް ބަދަލުކޮށްފި

ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް ރަށު ކައުންސިލަކަށް ބަދަލުކޮށްފި

04 ނޮވެމްބަރު 2025
ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު

ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު

26 އޮކްޓޯބަރު 2025
ވަކި ކަމެއް ނުވާތީ މުޅި ނިޒާމު ރޫޅާލުމަކީ ހައްލެއް ކަމަށް ދެކިގެން ނުވާނެ: އިމާދު ސޯލިހު

ވަކި ކަމެއް ނުވާތީ މުޅި ނިޒާމު ރޫޅާލުމަކީ ހައްލެއް ކަމަށް ދެކިގެން ނުވާނެ: އިމާދު ސޯލިހު

24 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު