Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި އެފްއޭ ކަޕް

ޓޮޓެންހަމް ކެޓިއިރު، ސިޓީ ކުއާޓާއަށް

މިޑްލްސްބަރާ އަތުން ޓޮޓެންހަމް ބަލިވީ 1-0 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 2 މާރިޗު 2022 | ބުދަ 14:24
އިނގިރޭސި އެފްއޭ ކަޕުގައި ޓޮޓެންހަމް ކުޅުނު މެޗުގެ ތެރެއިން

އިނގިރޭސި އެފްއޭ ކަޕުގައި ޓޮޓެންހަމް ކުޅުނު މެޗުގެ ތެރެއިން

އިނގިރޭސި އެފްއޭ ކަޕުގައި މިޑްލްސްބަރާ އަތުން ބަލިވެ ޓޮޓެންހަމް ހޮޓްސްޕާސް ކެޓިއިރު، ޕީޓަބަރާ ބަލިކޮށް މެންޗެސްޓާ ސިޓީން ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގައި މިޑްލްސްބަރާ އިން ޓޮޓެންހަމް ބަލިކުރީ އިތުރު ވަގުތުގައި 1-0 ގެ ނަތީޖާއަކުންނެވެ.

މިޑްލްސްބަރާއިން ވަނީ މިދިޔަ ސީޒަނުގައި އެފްއޭ ކަޕުގެ ހަތަރުވަނަ ބުރުގައި ޕެނަލްޓީ ޖަހައިގެން މެންޗެސްޓާ ޔުނައިޓެޑް ކަޓުވާލާފައެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 107 ވަނަ މިނެޓުގައި މިޑްލްސްބަރާއަށް ކާމިޔާބު ކޮށްދިނީ ޖޯޝް ކޮބާންއެވެ. އޭރިއާ ތެރެއިން މުޅިން ހުހަށްހުރެ ކޮބާން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރީސް ފައިގައި ޖެހިފައެވެ.

މި މެޗުގައި ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން ލަނޑު ޖެހި ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ.

މީގެ އިތުރުން އަންގާރަ ދުވަހުގެރޭ ސިޓީން ޕީޓަބަރާގެ މައްޗަށް ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި އެންމެ ނުރައްކާތެރި ހަމަލާ އުފައްދާފައިވަނީ ޕީތަބަރާ އިންނެވެ. އެކަމަކު ސިޓީގެ ކީޕަރު އެޑަސަން މޮރާއެސް ވަނީ އެ ހަމަލާ ދިފާއުކޮށްފައެވެ.

މެޗުގައި ސިޓީން ކާމިޔާބުކުރި ދެ ލަނޑުވެސް ޖެހީ ދެވަނަ ހާފުގައެވެ. މެޗުގެ 60 ވަނަ މިނެޓުގައި ސިޓީއަށް ލީޑު ނަގައިދިނީ ރިޔާދު މާރޭޒްއެވެ. އަދި އޭގެ ހަތް މިނެޓު ފަހުން ސިޓީން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. ފިލް ފޯޑެންގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖެކް ގްރީލިޝްއެވެ.

އެފްއޭ ކަޕުގައި އަންގާރަ ދުވަހުގެރޭ ކްރިސްޓަލް ޕެލަސް އިން ވަނީ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ސްޓޯކް ސިޓީގެ މައްޗަށް ކުރިހޯދާފައެވެ.

އިނގިރޭސި އެފްއޭ ކަޕް

އިތުރަށް ކިޔާލަން

16 މެއި 2024

ޔުނައިޓެޑުގެ ސަޕޯޓަރުންނަށް ޓެން ހާގް ދިނީ، އެފްއޭ ކަޕް ކާމިޔާބުކުރާނެ ކަމުގެ ޔަގީންކަން

16 މެއި 2024
ޔުނައިޓެޑުގެ ސަޕޯޓަރުންނަށް ޓެން ހާގް ދިނީ، އެފްއޭ ކަޕް ކާމިޔާބުކުރާނެ ކަމުގެ ޔަގީންކަން
25 އެޕްރީލު 2024

ފައިނަލަށް ދިޔަސް ހިތްހަމަ ޖެހުމެއް ނެތް، ބޭނުން ވަނީ މޮޅުވާން: ޓެން ހާގް

25 އެޕްރީލު 2024
ފައިނަލަށް ދިޔަސް ހިތްހަމަ ޖެހުމެއް ނެތް، ބޭނުން ވަނީ މޮޅުވާން: ޓެން ހާގް
21 އެޕްރީލު 2024

އެފްއޭކަޕް ފައިނަލުގެ ފަހު ޖާގަ ޔުނައިޓެޑަށް

21 އެޕްރީލު 2024
އެފްއޭކަޕް ފައިނަލުގެ ފަހު ޖާގަ ޔުނައިޓެޑަށް
21 އެޕްރީލު 2024

ޗެލްސީ ބަލިކޮށް ސިޓީ ފައިނަލަށް

21 އެޕްރީލު 2024
ޗެލްސީ ބަލިކޮށް ސިޓީ ފައިނަލަށް
18 މާރިޗު 2024

އެފްއޭ ކަޕްގެ ސެމީ ފައިނަލަށް ޗެލްސީ، ވާދަކުރަން ޖެހެނީ ސިޓީއާ

18 މާރިޗު 2024
އެފްއޭ ކަޕްގެ ސެމީ ފައިނަލަށް ޗެލްސީ، ވާދަކުރަން ޖެހެނީ ސިޓީއާ
16 މާރިޗު 2024

ރެކޯޑާއެކު ސިޓީ އެފްއޭ ކަޕްގެ ސެމީ ފައިނަލަށް!

16 މާރިޗު 2024
ރެކޯޑާއެކު ސިޓީ އެފްއޭ ކަޕްގެ ސެމީ ފައިނަލަށް!
04 ޖޫން 2023

ގުންޑޮގާންގެ ދެ ލަނޑާއެކު ސިޓީއިން އެފްއޭ ކަޕް ކާމިޔާބުކޮށްފި

04 ޖޫން 2023
ގުންޑޮގާންގެ ދެ ލަނޑާއެކު ސިޓީއިން އެފްއޭ ކަޕް ކާމިޔާބުކޮށްފި
03 ޖޫން 2023

ކުރިން ބަލިކުރި ޓިމަށްވުރެ މިހާރުގެ ޔުނައިޓެޑް މާ މޮޅު: ގާޑިއޯލާ

03 ޖޫން 2023
ކުރިން ބަލިކުރި ޓިމަށްވުރެ މިހާރުގެ ޔުނައިޓެޑް މާ މޮޅު: ގާޑިއޯލާ
03 ޖޫން 2023

ކާމިޔާބު ސީޒަނަކަށް ހެދުމަށް މިއީ ރަނުގެ ފުރުސަތެއް: ޓެން ހާގް

03 ޖޫން 2023
ކާމިޔާބު ސީޒަނަކަށް ހެދުމަށް މިއީ ރަނުގެ ފުރުސަތެއް: ޓެން ހާގް
02 މާރިޗު 2023

މެންޗެސްޓަރ ސިޓީގެ އެފްއޭކަޕް ކުއާޓާ ފައިނަލް މެޗު ޝައުޤުވެރިވާނެ

02 މާރިޗު 2023
މެންޗެސްޓަރ ސިޓީގެ އެފްއޭކަޕް ކުއާޓާ ފައިނަލް މެޗު ޝައުޤުވެރިވާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު