Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި އެފްއޭ ކަޕް

އެފްއޭ ކަޕާ އެކު ޕެލަސް އަށް ތާރީޚީ ކާމިޔާބެއް

18 މެއި 2025 | އާދީއްތަ 06:13

މިއީ ޕެލަސް އިން އެ ޓީމުގެ ތާރީޚުގައި ވެސް ކާމިޔާބު ކުރި ފުރަތަމަ ތައްޓެވެ. މީގެ ކުރިން ޕެލަސް އިން ވަނީ ދެ ފަހަރެއްގެ މަތިން އެފްއޭ ކަޕްގެ ފައިނަލްގައި ކުޅެފަ އެވެ. އެ ދެ ފަހަރު ވެސް އެ ޓީމަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 މެއި 2025 | އާދީއްތަ 06:13
ޕެލަސް އިން އެފްއޭ ކަޕްގެ ތަށި އުފުލާލަނީ

ޕެލަސް އިން އެފްއޭ ކަޕްގެ ތަށި އުފުލާލަނީ

އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލްގައި މެންޗެސްޓަރ ސިޓީ ބަލިކޮށް، ކްރިސްޓަލް ޕެލަސް އިން މުބާރާތް ކާމިޔާބުކޮށް، ތާރީޚީ ކާމިޔާބެއް ހޯދައިފި އެވެ.

އިނގިރޭސި ރަސްމީ ސްޓޭޑިއަމް ވެމްބްލީގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު އެފްއޭ ކަޕްގެ ފައިނަލްގައި ޕެލަސް އިން ވަނީ 1-0 އިން ސިޓީގެ މައްޗަށް ކުރި ހޯދައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޕެލަސް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރާނެ ފުރުސަތު ސިޓީ އަށް ލިބި ބޭކާރުވެފައިވާއިރު، ޕެލަސް އަށް ވަނީ ލީޑު ފުޅާ ކުރާނެ ފުރުސަތު ވެސް ލިބިފަ އެވެ.

މެޗު ފަށައިގެން 16 ވަނަ މިނެޓުގައި ޕެލަސް އިން ވަނީ ސިޓީ ކޮޅަށް ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އެބްރެޗީ އެޒޭ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީ އަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ރަނުގެ ފުރުސަތެއް ލިބިފަ އެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީއެއް އޮމަރު މާމޫޝް ފޮނުވާލި ނަމަވެސް، ޕެލަސްގެ ގޯލު ކީޕަރު ޑީން ހެންޑަސަން ވަނީ އެ ބޯޅަ މަތަކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ތޭރަ ވަނަ މިނެޓުގައި ޕެލަސް އިން ވަނީ ދެ ވަނަ ލަނޑެއް ވެސް ޖަހައިފަ އެވެ. ޕެލަސްގެ ޑެނިއަލް މުނޯޒް ޖެހި ލަނޑު، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ ބަލައި ނުގަންނަން ނިންމައިފަ އެވެ.

މިއީ ޕެލަސް އިން އެ ޓީމުގެ ތާރީޚުގައި ވެސް ކާމިޔާބު ކުރި ފުރަތަމަ ތައްޓެވެ. މީގެ ކުރިން ޕެލަސް އިން ވަނީ ދެ ފަހަރެއްގެ މަތިން އެފްއޭ ކަޕްގެ ފައިނަލްގައި ކުޅެފަ އެވެ. އެ ދެ ފަހަރު ވެސް އެ ޓީމަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ސިޓީގެ މި ނާކާމިޔާބާ އެކު އެ ޓީމުން މި ސީޒަން ނިންމާލަން ޖެހުނީ އެއްވެސް ތައްޓެއް ކާމިޔާބު ނުކުރެވި އެވެ. ސިޓީގެ ކޯޗުކަމާ އެންމެ ފުރަތަމަ ޕެޕް ގާޑިއޯލާ ހަވާލުވި 2016/2017 ވަނަ ސީޒަންގައި ވެސް އެ ޓީމަށް އެއްވެސް ތައްޓެއް ކާމިޔާބު ނުކުރެވެ އެވެ. މިއީ އޭގެ ފަހުން ސިޓީން ހުސް އަތާ ސީޒަން ނިންމާލަން ޖެހުނު ފުރަތަމަ ފަހަރެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް