Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލީ ބައިވެރިވުން އޮތް މިންވަރު ބެލުން

މާލީ ބައިވެރިވުން އޮތް މިންވަރު ބެލުމަށް ސާވޭއެއް ހަދަނީ

2 މާރިޗު 2022 | ބުދަ 08:16

މާލީ ޚިދުމަތްތައް ބޭނުންކުރާ ފަރާތްތައް އަދި ބޭނުން ނުކުރާ ފަރާތްތަކުގެ މާލީ ބައިވެރިވުމާއި ގުޅޭ މައުލޫމާތު މި ސާރވޭއިން އެއްކުރެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 2 މާރިޗު 2022 | ބުދަ 08:16
މާލީ ބައިވެރިވުން އޮތް މިންވަރު ބެލުމަށް ހިންގާ ސާވޭއައި ބެހޭ މައުލޫމާތު ހިއްސާ ކުރަނީ

މާލީ ބައިވެރިވުން އޮތް މިންވަރު ބެލުމަށް ހިންގާ ސާވޭއައި ބެހޭ މައުލޫމާތު ހިއްސާ ކުރަނީ

ދިވެހިރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ "ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ" އެކުލަވާލުމުގެ މަސައްކަތަށް ސާވޭއެއް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ފަށައިފިއެވެ.

އެމްއެމްއޭއިން ބުނީ މި ސްޓްރެޓެޖީ އެކުލަވާލުމަށް ބޭނުންވާ މުހިންމު މަޢުލޫމާތު އެއްކުރުމަށްޓަކައި ޤައުމީ ފެންވަރުގެ ސާރވޭއެއް ކުރިއަށް ގެންދާނެ ކަމަށެވެ. މި ސާރވޭގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި މާލީ ބައިވެރިވުން (ފައިނޭންޝަލް އިންކްލޫޝަން) އޮތް މިންވަރު ދެނެގަތުމާއި މާލީ ޚިދުމަތްތައް ހޯދާ ފަރާތްތަކުން މާލީ ކަންކަމާއި ގުޅޭ ގޮތުން ހޭލުންތެރިކަން ހުރި މިންވަރު ބެލުމެވެ. ހަމަ މިއާއެކު، ދިވެހިރާއްޖޭގެ މާލީ ބައިވެރިވުމާއި ގުޅޭ ސިޔާސަތުތައް އެކަށައަޅައި އެއާއި ގުޅޭ މަޤްޞަދުތައް ހާސިލުކުރުމަށް ހުރި ފުރުސަތުތަކާއި ގޮންޖެހުންތައް ހޯދުންވެސް މި ސަރވޭގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ. އެގޮތުން، މާލީ ޚިދުމަތްތައް ބޭނުންކުރާ ފަރާތްތައް އަދި ބޭނުން ނުކުރާ ފަރާތްތަކުގެ މާލީ ބައިވެރިވުމާ ގުޅޭ މައުލޫމާތު މިސާރވޭއިން އެއްކުރެވޭނެއެވެ.

Advertisement - newsAdvertisement

މާލެ ސަރަހައްދު ހިމެނޭ ގޮތަށް ރެންޑަމްކޮށް ހޮވާލެވޭ 63 ރަށެއްގައި މިސާރވޭ ކުރިއަށް ގެންދެވޭއިރު، ޖުމްލަ 1500 މީހުން ސާރވޭގައި ބައިވެރިވުމަށް ރެންޑަމްކޮށް ހޮވާލެވޭނެއެވެ. މާރޗު މަހުގެ ފުރަތަމަ ހަފްތާއިން އެޕްރީލް މަހުގެ ނިޔަލަށް ކުރިއަށް ގެންދެވޭ މިސާރވޭގެ މަސައްކަތް އޮތޯރިޓީގެ ފަރާތުން ކުރިއަށްގެންދާނީ އެފްޖޭއެސް ކޮންސަލްޓިން ޕްރައިވެޓް ލިމިޓެޑްއިންނެވެ.

އެމްއެމްއޭއިން ބުނީ މި މަސައްކަތަކީ މުހިއްމު ޤައުމީ މަސައްކަތަކަށް ވާހިނދު، މި ސާރވޭ ހިންގުމަށް ހަމަޖެހިފައިވާ ރަށްތަކުގައި ސާރވޭގެ މަސައްކަތް ފުރިހަމަކަމާއެކު ކުރިއަށް ގެންދިއުމަށް އެންމެހާ ފަރާތްތަކުން އެއްބާރުލުން ދިނުމަށް ވަނީ އެދިފައެވެ.

މި ސާރވޭ އާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް އީމެއިލް ކުރުމަށް ވަނީ އެދިފައެވެ.

އެމްއެމްއޭ

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

06 ނޮވެމްބަރު 2025

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު
25 އޮކްޓޯބަރު 2025

ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

25 އޮކްޓޯބަރު 2025
ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން
25 އޮކްޓޯބަރު 2025

ކޮންމެ ބޭންކަކުން ވެސް ވަކި އިންސައްތައެއް ހައުސިންގ ފަންޑަށް ދޭން ލާޒިމުކުރާ ގޮތަށް ގަވާއިދެއް ހަދައިފި

25 އޮކްޓޯބަރު 2025
ކޮންމެ ބޭންކަކުން ވެސް ވަކި އިންސައްތައެއް ހައުސިންގ ފަންޑަށް ދޭން ލާޒިމުކުރާ ގޮތަށް ގަވާއިދެއް ހަދައިފި
23 އޮކްޓޯބަރު 2025

ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު

23 އޮކްޓޯބަރު 2025
ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު
22 އޮކްޓޯބަރު 2025

ފައިސާ ޗާޕު ކުރަން މަސައްކަތް ކުރާތީ ޕެންޝަން އޮފީހުގެ ބޯޑުން އަހުމަދު ސަރުވަޝް އިސްތިއުފާ ދެއްވައިފި

22 އޮކްޓޯބަރު 2025
ފައިސާ ޗާޕު ކުރަން މަސައްކަތް ކުރާތީ ޕެންޝަން އޮފީހުގެ ބޯޑުން އަހުމަދު ސަރުވަޝް އިސްތިއުފާ ދެއްވައިފި
22 އޮކްޓޯބަރު 2025

ޕެންޝަން އޮފީސް މެދުވެރިކޮށް އެ ޗާޕް ކުރަނީ ކައުންސިލް އިންތިޚާބުގައި ޙަރާމް ރިޝްވަތުގެ ގޮތުގައި ބަހާ ފައިސާ: އިމްރާން

22 އޮކްޓޯބަރު 2025
ޕެންޝަން އޮފީސް މެދުވެރިކޮށް އެ ޗާޕް ކުރަނީ ކައުންސިލް އިންތިޚާބުގައި ޙަރާމް ރިޝްވަތުގެ ގޮތުގައި ބަހާ ފައިސާ: އިމްރާން
21 އޮކްޓޯބަރު 2025

އިޤްތިޞާދު ހަލާކުވާނެ ކަންކަން ނުކުރަން ޝާހިދު އެމް.އެމް.އޭ އަށް ގޮވާލައްވައިފި

21 އޮކްޓޯބަރު 2025
އިޤްތިޞާދު ހަލާކުވާނެ ކަންކަން ނުކުރަން ޝާހިދު އެމް.އެމް.އޭ އަށް ގޮވާލައްވައިފި
21 އޮކްޓޯބަރު 2025

ދެއްކި ވާހަކަތަކާއި ހިލާފަށް މިސްމެނޭޖްމަންޓުގެ ސަބަބުން މި ސަރުކާރަށް ފައިސާ ޗާޕުކުރުން ނޫން އެހެން ގޮތެއް ނެތް: ފައްޔާޒު

21 އޮކްޓޯބަރު 2025
ދެއްކި ވާހަކަތަކާއި ހިލާފަށް މިސްމެނޭޖްމަންޓުގެ ސަބަބުން މި ސަރުކާރަށް ފައިސާ ޗާޕުކުރުން ނޫން އެހެން ގޮތެއް ނެތް: ފައްޔާޒު
19 އޮކްޓޯބަރު 2025

ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން އެމްއެމްއޭ ލައްވާ ޗާޕު ކުރާ 2.5 ބިލިއަން ރުފިޔާ އަކީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނާ ޚިލާފަށް ކުރާ ކަމެއް: އަމީރު

19 އޮކްޓޯބަރު 2025
ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން އެމްއެމްއޭ ލައްވާ ޗާޕު ކުރާ 2.5 ބިލިއަން ރުފިޔާ އަކީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނާ ޚިލާފަށް ކުރާ ކަމެއް: އަމީރު
19 އޮކްޓޯބަރު 2025

ޕެންޝަން ގާނޫނުގެ ދަށުން އެމްއެމްއޭ ގެ ބޮންޑު ގައި އިންވެސްޓު ކުރެވިދާނެތޯ ސުވާލު އުފެދިއްޖެ، ސަރުކާރަށް 2.5 ބިލިއަން ރުފިޔާ ހޯދަައިދޭން މެދުވެރިއެއްގެ ދައުރު އަދާކޮށްދީފިނަ ޑޮލަރުން އިންޓަރެސްޓް ދޭނެ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް