Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްޑީޕީގެ އެތެރޭގެ ކޯޅުން

އެއްބަޔަކު އަނެއްބަޔަކަށް އިދިކޮޅަށް ގޮވައި، ވަފާތެރިން އޮޅޭހިސާބަށް

ޗެއަރޕަރސަން ކަމުގެ އިންތިޚާބާއެކު ޕާޓީގެ ތެރޭގައި ވާދަވެރިކަން ވަނީ އިތުރުވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 1 މާރިޗު 2022 | އަންގާރަ 15:07
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުން

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުން

ކުރިޔަށް އޮތީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބެވެ. ޑިމޮކްރަޓިކް އުސޫލުތަކާއި، ހަމަޔާއި ، އިންސާފުގެ މަގަށް އަބަދުވެސް ވަކާލާތުކުރާކަމަށް ދައުވާކުރަމުން އަންނަ އެމްޑީޕީގެ އެންމެ މުހިންމު އެއް ގުނަވަން ކަމުގައިވާ ޗެއަރޕަރސަން ކަމުގެ މަގާމަށް މެމްބަރަކު އިންތިޚާބުކުރުމެވެ. އިންތިޚާބަށް އިއުލާންކުރުމުގެ މާކުރިންވެސް ޗެއަރޕަރސަން ކަމުގެ މަގާމަކީ ވަރަށް ވާދަވެރި މަގާމެއްކަން ވަނީ ލަފާކުރެވިފައެވެ. އެއީ ޕާޓީގެ އެތެރޭގައި އުފެދިފައިވާ ދެ ފެކްޝަނާއެކުއެވެ. ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާއެކު ޕާޓީގެ މެމްބަރުން މިވަނީ ދެބަޔަށް ބެހިފައެވެ. ދެ ބޭފުޅުންގެ ތެރެއިން ޕާޓީގެ ތެރޭގައި ބާރުގަދައީ ކޮން ބޭފުޅެއްކަން މިނެކިރާލުމުގެ ފުރުސަތަކަށް މިއިންތިޚާބު ވެގެންދާއިރު ކެމްޕެއިންގެ ތެރެއިންވެސް ފެންނަމުންދަނީ އެމަންޒަރެވެ.

އެއްކޮޅުން ނިކުންނަވާފައިވަނީ ރައީސް ސޯލިހުގެ އެންމެ އަރިސް އެއް މިނިސްޓަރ ކަމުގައިވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލެވެ. އަނެއްކޮޅުން ނިކުންނަވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒު ފަހުމީއެވެ. ފައްޔާޒުގެ ފަޅިން ކެމްޕެއިން ރަސްމީކޮށް ލޯންޗުކޮށްފައިވާއިރު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބަހުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ރައީސް ނަޝީދަށެވެ. ޖުމްލަ ގޮތެއްގައި އެމްޑީޕީގެ އުމުރުން ފާއިތުވި 16 އަހަރު ޕާޓީ، ޕާޓީގެ ގޮތުގައި ހިންގިފައިނުވާކަމާއި ބަދަލަކަށް ބޭނުންވާކަމެވެ. ދެން އޮތީ މެމްބަރު އިންތިގެ ފަޅިއެވެ. އިންތިގެ ފަޅިން ނަގާ މައިގަނޑު ވާހަކައަކީ އެއީ ވަފާތެރި އެމްޑީޕީ މެމްބަރުންކަމަށެވެ. ޕާޓީ، ޕާޓީއެއްގެ ގޮތުގައި ކުރިޔަށްގެންދެވޭ ވަރުގެ ގާބިލްކަން ހުރީ އެފަޅީގައި ކަމެވެ. ޕާޓީން ގަބޫލުކުރާ އަސާސްތައް ދަމަހައްޓާނީ އެމެމްބަރުންކަމެވެ. ކޮންމެ އަކަސް އިންތިޚާބުގެ ކެމްޕެއިން ވަރަށް ފޯރިއަކާ ކުރިޔަށްދެއެވެ. އޭގެ އަސަރުތައް ހުރިހާ ޕްލެޓްފޯމަކުންވެސް ފެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުން މީގެކުރިންވެސް ވަނީ ޕާޓީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ކުލަވަރު ފެނިފައެވެ. މިދިޔަ އަހަރު ކުރިޔަށްދިޔަ ޖަލްސާތަކުގައި ބައެއް ޖަލްސާތައް ހޫނުވެގެން ދިޔައީ އެމްޑީޕީގެ މެމްބަރުން އެއް މެމްބަރަކު އަނެއް މެމްބަރަކަށް ދެއްވަމުންގެންދެވި ބަހުގެ ހޫނު ހަމަލާތަކުންނެވެ. އެއީ މަޖިލީހުގެ ތަޅުމަށް ބަލާއިރު އައު ކަމެއްވެސް ނޫނެވެ. އަންގާރަ ދުވަހު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން މިވަނީ އަނެއްކާވެސް އެކަމުގެ އިތުރު އެޕިސޯޑެއް ފެނިފައެވެ.

ޖަލްސާ ފެށުނީ އޭޕްރިލް 16ގައި ބާއްވާ އެމްޑީޕީގެ ޗެއަރޕަރސަން އިންތިޚާބާ ދިމާކޮށް ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސްއަށް ލިބޭ ބާރުގެ ބޭނުން ކޮށްގެން އެމަނިކުފާނު މީހުން މަގާމުން ވަކިކުރާ މައްސަލާގައި ހުށަހެޅި ކުއްލި މައްސަލައަކާއެކުއެވެ. ކުއްލި މައްސަލަ ހުށަހެޅުއްވީ އެ އިންތިޚާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ކެމްޕެއިން ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ)އެވެ. މައްސަލައަކީ ރ. ދުވާފަރުގައި ވަޒީފާ އަދާކުރަމުންދިޔަ އެމްޑީޕީގެ އިސް މެމްބަރަކު ވަޒީފާއިން ވަކިކުރުމެވެ. ވައްޑެ ވިދާޅުވީ މިއީ އިންތިޚާބާ ދިމާކޮށް ބިރުދެއްކުމުގެ ކަމެއްކަމަށެވެ.

ތަޅުމުގައި ސަރުކާރާ އިދިކޮޅަށް އެމްޑީޕީ މެމްބަރުން ވާހަކަދައްކަވަން ފެށުމުން ސަރުކާރު ދިފާއުކުރައްވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވީ, ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަން ކުރުމަށް ލިބޭ ހަނި ފުރުސަތު ނިގުޅައިގަނެ އަތްފައި ބުރިކޮށްލައި، މި މަޖިލީހުގައި އިދިކޮޅު ޕާޓީއެއްގެ ދައުރު ވެރިކަން ކުރާ ޕާޓީން އަދާކުރާކަމީ ކަންބޮޑުވާން ޖެހޭ ކަމެއްކަމަށެވެ. ޝަރީފް ވިދާޅުވީ މިއީ ސަރުކާރު ވައްޓާލުމަށް ރޭވިގެން ހިންގާ ޖަރީމާއެއްކަމަށް ސިފަ ކުރައްވަނީ ކެރިހުންނަވައި ކަމަށެވެ. ޝަރީފް ވިދާޅުވީ މިހާރު ފެންނަމުން ދަނީ މީގެ ކުރިން ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ވެރިކަމުގައި އިދިކޮޅު ޕާޓީގެ ގޮތުގައި އެމްޑީޕީން ކުރި މަސައްކަތް ކަމަށެވެ.

ޝަރީފްގެ އެވާހަކައަށް ރައްދުދެއްވައި ވާހަކަދެއްކެވީ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރ އީވާ އަބްދުﷲއެވެ. އެމްޑީޕީ މެމްބަރުންނަކީ އިދިކޮޅު މެމްބަރުންކަަމަށް ޝަރީފް ވިދާޅުވުމުން އީވާ ވިދާޅުވީ އިދިކޮޅު މެމްބަރުންކަމަށް ޝަރީފް ވިދާޅުވާ މެމްބަރުންނަކީ އެމްޑީޕީން ބަލައިގަތް މެމްބަރުންކަމަށެވެ. އަދި އިމްތިޔާޒު ފަހުމީއާއި, އޭނާއާއެކު ތިއްބެވި ބޭފުޅުންނަށްވުރެ ވަކި އިޚްލާސްތެރިންނެއް ސަރުކާރަކަށް ނުލިބޭނެކަމަށް ވިދާޅުވެ އީވާ ވަކިން މެމްބަރުންތަކެއްގެ ނަންތައް ފާހަގަކުރެއްވިއެވެ. އީވާ ފާހަގަކުރެއްވީ އިންތި ފަޅީގައި ތިއްބެވި މެމްބަރުންނެވެ. އީވާ ވިދާޅުވީ އެމްޑީޕީއަށްޓަކައި އެތައް ގުރުބާނީއެއްވީ މީހުންނާމެދު ބޭއިންސާފުން އަމަލު ކުރާނަމަ, އެކަމާ ޖެހިލުމެއް ނުވެ އެމީހުންގެ ހައްގުގައި އަބަދުވެސް ވަކާލާތުކުރައްވާނެ ކަމަށެވެ.

އީވާ ވަކި މެމްބަރުން ތަކެއްގެ ނަންތައް އެކަނި ފާހަގަކުރެއްވުމުން ފަހުން ވާހަކަދެއްކެވުމަށް ތެދުވެވަޑައިގެން އައްޑޫމީދޫ ދާއިރާގެ މެމްބަރ ރޮޒައިނާ އާދަމް ވަނީ އީވާއަށް ފާޑުވިދާޅުވެފައެވެ. އެމްޑީޕީއަށް އިހުލާސްތެރި ބުރަ މަސައްކަތް ހުރިހާ މެމްބަރުންވެސް ކުރެއްވި ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ކޮންމެ އަކަސް މަޖިލީހުގެ ތަޅުމުގައި މިވަނީ ޗެއަރޕަރސަން ކަމުގެ އިންތިޚާބާ ގުޅިގެން ޕާޓީގެ އެތެރޭގައި މިހާރު އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް އަނެއްކާވެސް ތިލަވެފައެވެ. ރައްޔިތުން އެމްޑީޕީއަށް ވެރިކަމުގެ ބާރާއި މަޖިލީހުގެ ސުޕަރމެޖޯރިޓީވެސް ދިނެވެ. ރައްޔިތުންނަށް ވައުދުވި ފަދައިން ކަންކަން ކޮށްދިނުމަށެވެ. ޕާޓީގެ އެތެރޭގައި އޮތް ތަޅާފޮޅުމަކާ ހެދި ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް ލަސްވެ, ބައެއްގެ ހައްގުތައް ގެއްލިގެންދާނަމަ އެއީ އެމްޑީޕީގެ ތެރެއިން ބާރު ބޭނުންވެގެން މިކުރަމުންދާ ޖިހާދާ މެދު ސުވާލު އުފެދޭކަމެކެވެ. އެމްޑީޕީގެ ތެރޭގެ ބާރުވެރިކަން ނެގުމަށް ކުރަމުންދާ މަސައްކަތުގައި އެމްޑީޕީން އަބަދުވެސް ވަކާލާތުކުރަމުންދިޔަ ކަންކަން ގެއްލިގެންދާނަމަ މިވާން އުޅޭ ގޮތާމެދު ސުވާލު އުފައްދަންޖެހެއެވެ. ދެންވެސް އަންނަން އޮތީ ހަމަ ރައްޔިތުންގެ ގާތަށެވެ. ކުރިންވެސް ގޮވި ހައްގުތަކާއި އެނޫން ވާހަކަތައް ހިފައިގެންނެވެ. އަބަދުވެސް ޑިމޮކްރަޓިކް ހަމަތަކުން ކަންކަންކުރާ ކަަމަށް ވަކާލާތު ކުރަމުން އައި ބަޔަކު ވަފާތެރިންނާއި އިދިކޮޅާއި އެއްކޮޅާއި ގޮވާ ހިސާބަށްގޮސް ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލޭނަމަ ދެން ވާދަކުރަން އޮންނާނީ ކޮން އިންތިޚާބެއްހެއްޔެވެ؟ ކުރަން އޮންނާނީ ކޮން ހެޔޮ ވެރިކަމެއްހެއްޔެވެ؟ ފުރަތަމަ ޖެހޭނީ އެތެރޭގައި އުފެދިފައިވާ ހަމަނުޖެހުން ހަމަޖައްސަންނޫންހެއްޔެވެ؟

އެމްޑީޕީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު