Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ރަޝިޔާއާ ޔޫކްރެއިނާ ދެމެދު ސުލްހައިގެ މަޝްވަރާތައް ފަށައިފި

މަޝްވަރާތައް ކުރިއަށް ގެންދިއުމަށް، ރަޝިޔާއާއި ޔޫކްރެއިންގެ މަންދޫބުންގެ ވަފުދެއް ވަނީ ބެލަރޫސްއަށް ގޮސްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 28 ފެބުރުއަރީ 2022 | ހޯމަ 13:39
ރަޝިޔާ-ޔޫކްރެއިންގެ މަންދޫބުންގެ ވަފުދުން ކުރިއަށްގެންދާ ސުލްހައިގެ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން

ރަޝިޔާ-ޔޫކްރެއިންގެ މަންދޫބުންގެ ވަފުދުން ކުރިއަށްގެންދާ ސުލްހައިގެ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން

ރަޝިޔާއާ ޔޫކްރެއިނާ ދެމެދު ސުލްހައިގެ މަޝްވަރާތައް މިއަދު ފަށައިފިއެވެ.

ދެގައުމުގެ ދެމެދުގައި ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދަނީ ބެލަރޫސްގައެވެ. މިމަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދެގައުމުގެ މަންދޫބުންގެ ވަފުދެއް ވަނީ ބެލަރޫސްއަށް ގޮސްފައެވެ.

ސުލްހައިގެ މަޝްވަރާތައް ފެށުމަށް ޔޫކްރެއިނާއި ރަޝިޔާއިން އެއްބަސްވެފައި މިވަނީ, ޔޫކްރެއިނަށް އަމާޒުކޮށް ރަޝިޔާއިން ހަމަލާދެމުން ގެންދާތާ ހަތަރު ދުވަސް ވެފައި ވަނިކޮށެވެ. ރަޝިޔާގެ މި އަމަލާއެކު ދުނިޔޭގެ ގިނަ ގައުމުތަކަކުން މިހާރު ވަނީ އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.

ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދެމުންދާތާ މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެގައުމުގެ އަސްކަރިއްޔާއިން ވަނީ ޔޫކްރެއިންގެ ދެކުނު އިރުމަތީ ދެ ސިޓީއެއް ހިފާފައެވެ.

މިދެގައުމުގެ ދެމެދުގައި ސުލްހައިގެ ވާހަކަތައް ފަށާފައި މިވަނީ, ވަގުތުން ވަގުތަށް ހަމަލާބަދަލުކުރުން ހުއްޓާލައި ޔޫކްރެއިނުން ރަޝިޔާ ސިފައިން ފޭބުމުގެ މަގުސަދުގައި ކަމަށް ޔޫކްރެއިންގެ ރައީސް އޮފީހުން ބުނެއެވެ.

ސުލްހައިގެ މަޝްވަރާތައް ފެށުނުކަމުގައި ވީނަމަވެސް ރަޝިޔާއިން އަވަހަށް ދޫދީފާނެކަން ސީދާ ބުނަން އުނދަގޫކަމަށް މީޑިއާ ރިޕޯޓުތައް ދަނީ ބުނަމުންނެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ބުރާސްފަތި ދުވަހު ޔޫކްރެއިނަށް ހަމަލާދޭން ފަށައި, އާދިއްތަ ދުވަހު ރަޝިޔާގެ ނިއުކްލިއަރ ހަތިޔާރުތައް ހައި އެލަރޓަށް ގެނެސްފައިވާތީއެވެ.  

ބެލަރޫސްގައި މަޝްވަރާތައް ކުރިއަށްދާއިރު، އެގައުމުން ވަނީ އާދިއްތަ ދުވަހު، އެގައުމުގެ "ނޮން-ނިއުކްލިއަރ ސްޓޭޓަސް" އުވާލާފައެވެ.

ބެލަރޫސްގެ ފޮރިން މިނިސްޓަރު ލެޑްމިއަރ މަކެއީ ވަނީ އެގައުމުގައި ސުލްހަވެރިކަމާއެކު މަޝްވަރާތައް ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އެގައުމުގެ ސަރުކާރުގެ ފަރާތުން ދެއްވާކަމަށް ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

11 ޖުލައި 2017

ގަތަރުގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި އެެމެރިކާގެ ޚާރިޖީ ވަޒީރު ކުވައިތުގައި މަޝްވަރާތައް ބާއްވަވައިފި

11 ޖުލައި 2017
ގަތަރުގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި އެެމެރިކާގެ ޚާރިޖީ ވަޒީރު ކުވައިތުގައި މަޝްވަރާތައް ބާއްވަވައިފި
26 ޖޫން 2017

ނޯބެލް ސުލްހައިގެ އިނާމު ލިބިފައިވާ ލިޔު ޝިއަބޯ މެޑިކަލް ޕެރޯލްގެ ދަށުން ދޫކޮށްލައިފި

26 ޖޫން 2017
ނޯބެލް ސުލްހައިގެ އިނާމު ލިބިފައިވާ ލިޔު ޝިއަބޯ މެޑިކަލް ޕެރޯލްގެ ދަށުން ދޫކޮށްލައިފި
18 މެއި 2017

ސުލްހައިގެ ވާހަކަތަކަށް ނާންނަހާ ހިނދަކު ޓެރަރިސްޓުންނާދެކޮޅަށް ހަމަލާދޭނަން: މާލީގެ ރައީސް

18 މެއި 2017
ސުލްހައިގެ ވާހަކަތަކަށް ނާންނަހާ ހިނދަކު ޓެރަރިސްޓުންނާދެކޮޅަށް ހަމަލާދޭނަން: މާލީގެ ރައީސް
24 އެޕްރީލު 2017

މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި

24 އެޕްރީލު 2017
މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި
20 މާރިޗު 2017

އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ

20 މާރިޗު 2017
އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު