Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރަޝިޔާ ސްވިފްޓުން ވަކިކުރަން ނިންމުން

ސްވިފްޓުން ރަޝިއާ ވަކިކުރުން، އިގްތިޞާދަށް ކުރާނީ ކޮން އަސަރެއް؟

އީޔޫ އާއި އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ކެނެޑާ ފަދަ ގައުމުތަކުން ވަނީ ސްވިފްޓް ނެޓްވޯރކުން ރަޝިޔާގެ ބޭންކުތަކެއް އުނިކުރުމަށް ނިންމާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2022 | އާދީއްތަ 04:29
ރަޝިއާ ޔޫކްރެއިން

ރަޝިއާ ޔޫކްރެއިން

ޔޫރަޕިއަން ޔޫނިއަން (އީޔޫ) ހިމެނޭ ގޮތުން އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ކެނެޑާ ފަދަ ގައުމުތަކުން މިވަނީ ސްވިފްޓް ނެޓްވޯރކުން ރަޝިޔާގެ ބޭންކުތަކެއް އުނިކުރުމަށް ނިންމާފައެވެ. އެތައް ދުވަސްތަކެއް ވަންދެން އެކަމުގެ މަޝްވަރާތައް ކުރަމުންގޮސް އެންމެ ފަހުން މިވަނީ އެކަމުގެ ނިންމުމަކާ ހަމައަށް އައިސްފައެވެ. 2014 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިންގެ ކްރައިމިއާ އަށް އެރުމާއެކުވެސް ސްވިފްޓް ނެޓްވޯރކުން ރަޝިޔާ ވަކިކުރުމުގެ ވާހަކަތަކެއް ހުޅަނގާއި އެމެރިކާއިން ދެއްކިއެވެ. ނަމަވެސް އެކަމަށް އަމަލީ ސިފައެއް ގެނެސްފައެއްނުވެއެވެ.

މިފަހަރު ރަޝިޔާއިން ޔޫކްރެއިން އަށް ހަމަލާދޭން ފެށުމާއެކު ހުޅަނގާއި އެމެރިކާ އަދި އިނގިރޭސިވިލާތުން މިވަނީ އިގްތިޞާދީ ގިނަ ދަތިކުރުމުގެ ފިޔަވަޅުތަކެއް ރަޝިޔާއާ ދެކޮޅަށް އަޅާފައެވެ. އެމެރިކާ އާއި ހުޅަނގުން ބޭނުންވަނީ އެމަގުން ރަޝިޔާގެ އިގްތިޞާދުގެ ބާރު ކަނޑުވާލާ އަސްކަރީ ގޮތުން ގާބިލްކަން އިތުރުކުރެވޭނެ މަގުތައް ބަންދުކޮށް މާލީ ގޮތުން ބާރުވެރިކަން ކުޑަކުރުމަށެވެ.

އެމަގަށް ވާސިލްވެވޭނެ އެންމެ މުހިންމު މައިގަނޑު އެއް މަގަކީ ސްވިފްޓު ނެޓްވޯރކުން ރަޝިޔާ ބޭރުކޮށްލުމެވެ. މިހާހިސާބުން އުފެދޭ ސުވާލަކީ ސްވިފްޓަކީ ކޮބައިހެއްޔެވެ؟ ސްވިފްޓުން ވަކިކޮށްގެން ރަޝިޔާގެ ރައީސް ވްލަޑްމިއަ ޕުޓިން އަށް ނުވަތަ ރަޝިޔާ އަށް ކުރާނީ ކޮން އަސަރުތަކެއް ހެއްޔެވެ؟ އެކަމުގެ އަސަރު ދުނިޔޭގެ އިގްތިޞާދަށް ނުކުރާނެ ހެއްޔެވެ؟

ސްވިފްޓަކީ "ސޮސައިޓީ ފޮރ ވޯރލްޑް ވައިޑް އިންޓަރ ބޭންކް ފައިނޭންޝިއަލް ޓެލެކޮމިޔުނިކޭޝަން" އެވެ. އެހެން ގޮތަކަށް ބުނާނަމަ ބޭންކުތައް މެދުވެރިކޮށް ބައިނަލްއަގްވާމީ ގޮތުން ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް ފަސޭހަކަމާއި އަވަސްކަމާއި ސެކިޔަރ ކަމާއެކު ކުރެވޭނެ ނިޒާމެކެވެ.

ދުނިޔޭގެ 200ށް ވުރެ ގިނަ ގައުމުގެ 11،000ށް ވުރެ ގިނަ ފައިނޭންޝަލް އިންސްޓިޓިއުޓް މިނިޒާމު ބޭނުންކުރެއެވެ.

ސްވިފްޓް ނިޒާމުގެ ތެރެއިން ގުޅިފައި ހުންނަ ބޭންކުތަކަށް އެއް ބޭންކު އަނެއް ބޭންކަށް ސްވިފްޓް މެދުވެރިކޮށް މުއާމަލާތް ކުރެވޭނެއެވެ. މި ނިޒާމު މެދުވެރިކޮށް ހިންގާ މުއާމަލާތްތަކަކީ ސެކިޔަރ މުއާމަލާތްތަކަކަށް ވުމުން އެމުއާމަލާތްތަކާމެދު ސުވާލެއް ނުކުރާނެއެވެ. އަދި ގިނަ އަދަދަކުން ޓްރާންސްސެކްޝަންތައް ކުރެވެއެވެ.

ބައިނަލްއަގްވާމީ ގޮތުން ހިންގާ މުއާމަލާތްތަކުގައި ބޭނުންކުރާ މައި ނިޒާމަކީ މިއެވެ. ކޮންމެ އަހަރަކު ސްވިފްޓް މެދުވެރިކޮށް އެތައް މިލިއަން ޑޮލަރެއްގެ ޓްރާންސްފަރ ކުރެއެވެ.

ސްވިފްޓް ހުންނަނީ ބެލްޖިއަމްގައެވެ. ސްވިފްޓް އުފެދުނީ 1970ގެ ތެރޭގައެވެ. 2020 ވަނަ އަހަރު އެކަނިވެސް ސްވިފްޓުން 36 މިލިއަން ޕައުންޑްގެ ފައިދާއެއް ހޯދިއެވެ.

ސްވިފްޓްގެ ވެބްސައިޓްގައި ބުނެފައިވަނީ ސްވިފްޓްގެ ވެރިފަރާތަކީ އަދި ކޮންޓްރޯލްކުރާ ފަރާތަކީ ޝެއަރ ހޯލްޑަރުންކަމަށެވެ. ސްވިފްޓްގެ ޝެއަރ ހޯލްޑަރުންގެ ގޮތުގައި މުޅި ދުނިޔޭގެ 3500 ފާރމް ހަރަކާތްތެރިވެއެވެ.

މި ނިޒާމު އޯވަރސީ ކުރަނީ ޖީ10ގެ ސެންޓްރަލް ބޭންކުތަކުންނާއި ޔޫރަޕިއަން ސެންޓްރަލް ބޭންކް އަދި ބެލްޖިއަމްގެ ގައުމީ ބޭންކެވެ.

ރަޝިޔަން ނޭޝަނަލް ސްވިފްޓް އެސޯސިއޭޝަނުން ބުނާގޮތުގައި އެމެރިކާ އަށް ފަހު މިނެޓްވޯކް ބޭނުންކުރާ އެންމެ ގިނަ މީހުން ތިބީ ރަޝިޔާގައެވެ. ރަޝިޔާގެ 300 ފައިނޭންޝަލް އިންސްޓިޓިއުޓުން މި ނެޓްވޯރކް ބޭނުންކުރެއެވެ.

ރަޝިޔާގެ ދެބައި ކުޅަ އެއްބަޔަށްވުރެ ގިނަ ފައިނޭންޝަލް އިންސްޓިޓިއުޓަކީ ސްވިފްޓްގެ މެމްބަރުންނެވެ.

ޗީފް އެކޮނޮމިސްޓް ފޮރ އޭޝިޔާ ޕެސިފިކް އެޓް ނެޓިޒިސް އެލީޝިއާ ވިދާޅުވީ ސްވިފްޓުން ރަޝިޔާ ބޭރުކޮށްފިނަމަ އެކަމުގެ ސީރިއަސް ގެއްލުންތަކެއް އެގައުމަށްވާނެއެވެ.

އެލީޝިއާ ވިދާޅުވާ ގޮތުން މިކަމަކީ ރަޝިޔާގެ ގޭސް ޔޫރަޕަށް އިމްޕޯޓްކުރުން ހުއްޓުމަށްވުރެ ބޮޑު ގެއްލުމެއް ރަޝިޔާއަށް ވާނެކަމެކެވެ. އެއީ ދަރަނި ދެއްކުމާއި ޕޭމަންޓް ދެއްކުމާއި މިހުރިހާ ކަމެއްވެސް ހުއްޓުމަކަށް އަންނާނެތީއެވެ.

ސްވިފްޓް ނެޓްވޯރކުން ރަޝިޔާ ވަކިކޮށްފިނަމަ އެގައުމަށް ގާތްގަނޑަކަށް މުޅި ދުނިޔޭގެ ފައިނޭންޝަލް މަރކެޓްތަކުގެ ދޮރު ބަންދުވީއެވެ.

ރަޝިޔާގެ ކުންފުނިތަކާއި އަމިއްލަ މީހުންނަށް އިމްޕޯޓް ކުރާ މުދަލަށް ފައިސާ ދެއްކުމާއި އެކްސްޕޯޓް ކުރާ މުދަލުގެ ފައިސާ ލިބުމާއި އެހެން ގައުމުތަކުގައި އިންވެސްޓްކުރުމަށް ދަތިތަކާއި ކުރިމަތިވާނެއެއެވެ.

އޭރުން ރަޝިޔާގެ ބޭންކުތަކުން ފައިސާ ދެއްކުމާއި އެނޫންވެސް މުއާމަލާތްކުރުމުގައި ބޭނުންކުރަންޖެހޭނީ ފޯނާއި، މެސެޖިންގ އެޕްތަކާއި އީމެއިލްއެވެ. އޭރުން ރަޝިޔާގެ ބޭންކުތަކަށް މުއާމަލާތްކުރެވޭނީ ދަތިކުރުމުގެ ފިޔަވަޅުތައް ނާޅާ އޮތް ގައުމުތަކުގެ ބޭންކުތަކާއެވެ. އެކަމުގެ ސަބަބުން ބޮޑެތި އަދަދުތަކުން މުއާމަލާތްކުރުމަށް އިންތިހާއަށް ދަތިވެ ތަކެތީގެ އަގުތައް އުފުލިގެންދާނެއެވެ. އަދި އެގޮތަކީ އެންމެ އެދެވޭ އެންމެ ސެކިޔަރ ގޮތްކަމުގައިވެސް ނުވާނެއެވެ.

ފެޑެރޭޝަން ކައުންސިލްގެ ވައިސް ސްޕީކަރ ނިކޮލޭ ޒުރާވްލެވް ވިދާޅުވީ ރަޝިޔާ ސްވިފްޓުން ބޭރުކޮށްފިނަމަ ރަޝިޔާއަށް ފޮރިން ކަރަންސީއެއް ނުލިބޭނެއެވެ. އަދި ޔޫރަޕްގެ ގައުމުތަކަށް ރަޝިޔާގެ މުދަލެއް ނުލިބޭއެވެ. އޭގެތެރޭގައި ތެލާއި، ގޭހާއި މެޓަލް ފަދަ ތަކެތި ހިމެނެއެވެ.

ނިކޮލޭ ވިދާޅުވީ ސްވިފްޓަކީ ފައިސާ ޓްރާންސްޕަރ ކުރެވޭ ހަމައެކަނި ގޮތް ނޫންކަމަށެވެ.

މިކަމުގެ ސަބަބުން ލިބޭ ފައިދާ އާއި ގެއްލުންތަކާއި މެދު ބަހުސްކުރެވިދާނެއެވެ.

ސްވިފްޓުން ރަޝިޔާ ވަކިވުމުގެ މާނައަކީ ރަޝިޔާގެ ބޭންކުތަކަށް ދުނިޔޭގެ އެހެން ފައިނޭންޝަލް އިންސްޓިޓިއުޓްތަކުން ޕޭމަންޓް ލިބުމާއި ޕޭމަންޓް ފޮނުވުން ހުއްޓުމަކަށް އައުމެވެ.

ނަމަވެސް މިހާބޮޑު އިގްތިޞާދީ ގައުމެއް ވަކިކޮށްގެން އޭގެ ގެއްލުން އެހެން ގައުމުތަކަށްވެސް ނުކޮށް ނުދާނެއެވެ. ވަކިން ޚާއްސަކޮށް ރަޝިޔާއަކީ ދުނިޔޭގައި އެންމެ ގިނައިން ތެލާއި ގޭސް އެކްސްޕޯޓް ކުރާ ގައުމެވެ.

އެހެންކަމުން ރަޝިޔާ އާއެކު ވިޔަފާރީގެ މުއާމަލާތްކުރާ ގައުމުތަކަށް މިކަމުގެ ގެއްލުންތައް ކުރިމަތިވާނެއެވެ. ޔޫރަޕްގެ ގިނަ ގައުމުތަކުން ރަޝިޔާގެ ގޭހަށް ބަރޯސާވެއެވެ.

އަނެއްކޮޅުން މިފަދަ ފިޔަވަޅަކާއެކު ރަޝިޔާއިން ވިޔަފާރީގެ މުއާމަލާތްކުރުމުގައި އިތުރު ގޮތްތައް ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ހަލުވިކުރާނެއެވެ. ވަކިން ޚާއްސަކޮށް ޗައިނާ ފަދަ ރަޝިޔާ އާ ގާތްގުޅުމެއް ބާއްވަމުން އަންނަ ގައުމުތަކާއެކު ރަޝިޔާއަށް އެހެން ނިޒާމެއްގެ ތެރެއިން މިމުއާމަލާތްތައް ކުރެވޭނެ މަގުތަނަވަސްކުރާނެއެވެ.

މީގެއިތުރުން މިފިޔަވަޅާއެކު ދުނިޔޭގެ ސަޕްލައި ޗޭނަށް ބޮޑެތި ލަސްތަކެއް ކުރިމަތިވެ ތަކެތީގެ އަގު އުފުލުމަށް މަގުފަހިވެގެންދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟

24 ފެބުރުއަރީ 2022
ރަޝިޔާ - ޔޫކްރެއިން ހަނގުރާމަ ފަށައިފިނަމަ ރާއްޖޭގެ އިގްތިޞާދަށް ގެއްލުންވާނެ

ރަޝިޔާ - ޔޫކްރެއިން ހަނގުރާމަ ފަށައިފިނަމަ ރާއްޖޭގެ އިގްތިޞާދަށް ގެއްލުންވާނެ

21 ފެބުރުއަރީ 2022
"ވެރިކަމަކަށް ކިޔާނޭ ނަމަކާމެދު ބަހުސް ކުރާނީ މޮޔައިން" - ފުރަތަމަ ޖުމްހޫރިއްޔާ

"ވެރިކަމަކަށް ކިޔާނޭ ނަމަކާމެދު ބަހުސް ކުރާނީ މޮޔައިން" - ފުރަތަމަ ޖުމްހޫރިއްޔާ

11 ނޮވެމްބަރު 2021
ވެކްސިން ވެސް ލިބިއްޖެ، ދެން ކުރާނީ ކޮން ޝަކުވާއެއް؟

ވެކްސިން ވެސް ލިބިއްޖެ، ދެން ކުރާނީ ކޮން ޝަކުވާއެއް؟

31 ޖުލައި 2021
ކަރަންޓު އުފައްދާ ޖެނެރޭޓަރު ސެޓުތައް ރާއްޖޭގައި އެސެމްބުލްކޮށް، އެކްސްޕޯޓު ކުރާނީވެސް، ރައީސް ސޯލިހުގެ ސަރުކާރުގައި؟

ކަރަންޓު އުފައްދާ ޖެނެރޭޓަރު ސެޓުތައް ރާއްޖޭގައި އެސެމްބުލްކޮށް، އެކްސްޕޯޓު ކުރާނީވެސް، ރައީސް ސޯލިހުގެ ސަރުކާރުގައި؟

11 ނޮވެމްބަރު 2020

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު