Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ

އެމްޑީޕީން ރާއްޖެއަށް ގެނައި ޑިމޮކްރަޓިކް ބަދަލުތައް ޕާޓީގެ އެތެރެއިން ފެނޭތަ؟

ޑިމޮކްރަޓިކް ނިޒާމަކަށް ގައުމުގެ ހިންގުމުގެ މިސްރާބު ބަދަލުވާން ޖެހޭނެކަމަށް އެމްޑީޕީން ދެކޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 ފެބުރުއަރީ 2022 | ހޮނިހިރު 08:22
އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން

އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން

އެމްޑީޕީއަކީ ރާއްޖޭގެ އެންމެ ބޮޑު، ބައި ގިނަ ސިޔާސީ ޕާޓީއެވެ. އެގޮތުން އެއީ ރާއްޖެއަށް އިންގިލާބީ ބަދަލުތަކެއް ގެނުވި އައު ކަންތައްތަކެއް ތައާރަފުކުރި ޕާޓީއެއްކަމަށްވެސް ގިނަ ބަޔަކު ދެކެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުންފަދަ ޑިމޮކްރަޓިކް ހަމަތަކުގެ މައްޗަށް އެމުނިގެންވާ ވެރިކަމެއްގެ ކުލަވަރު އެންމެ ފުރަތަމަ ފެންނަންފެށި ސިޔާސީ ޕާޓީއޭވެސް ބުނެ އުޅެއެވެ. ނަމަވެސް މިއަދު ޕާޓީގެ މެމްބަރުންވެސް، އެހެން އާންމު ބައެއް ރައްޔިތުންވެސް ކުރާ ސުވާލެއް އެބަ އޮތެވެ. އެމްޑީޕީން ރާއްޖެއަށް ގެނައި ބަދަލުތައް ޕާޓީގެ އެތެރެއިން ފެނޭހެއްޔެވެ؟

އެމްޑީޕީ ވުޖޫދަށް އައިސް ރާއްޖެއަށް އެ ޕާޓީން ގެނެސްދީފައިވާ ރަނގަޅު ބަދަލުތައް ޕާޓީގެ ތެރެއިން ނުފެންނަކަމަށް ޕާޓީގެ ބައެއް މެމްބަރުންވެސް ދަނީ ވާހަކަ ދައްކަމުންނެވެ. އެގޮތުން ޕާޓީގެ ތެރޭގައި ވަކި ވާހަކައެއް ދެކެވިގެން ނުވާނެ ކަމާއި، ވަކި މީހަކު ދައްކާ ވާހަކައަކާ ދެކޮޅަށް އެއްޗެއް ބުނެގެން ނުވާނެ ކަމަށް ގަބޫލުކުރާ ގަބޫލުކުރުމެއް އޮންނަކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ބުނެއެވެ.

އޭގެ އިތުރުން، އެމްޑީޕީގެ ލީޑަރޝިޕުންވެސް ވަކި ބަޔަކު ނޫނީ ފެނިގެން ނުވާނެކަމަށް ޕާޓީގެ ތެރޭގައި އާދައެއްގެ ގޮތުގައި އަށަގެންފައިވާކަމަށް ބުނާ މެމްބަރުންވެސް މަދެއްނޫނެވެ.

ނަމަވެސް އެމްޑީޕީ ވެރިކަމަށް އައީވެސް އެ ނިޒާމު ރާއްޖޭގައި ހިނގާތީ، އެއަށްވުރެ ޑިމޮކްރަޓިކް ނިޒާމަކަށް ގައުމުގެ ހިންގުމުގެ މިސްރާބު ބަދަލުވާން ޖެހޭނެކަމަށް ދެކި، އެކަން ރައްޔިތުންނަށްވެސް ވިސްނައިދީގެންނެވެ.

ރާއްޖޭގެ ވެރިކަން ކުރަން ޖެހޭނީ ވަކި އާއިލާއަކުން އެކަނި ނޫންކަމަށް އޭރު އެމްޑީޕީން ދިޔައީ ގޮވާލަމުންނެވެ. އޭރު ވެރިއަކަށް ހުންނަ މީހާ ކިތަންމެ ނާއިންސާފުން ކަންކަން ކުރެއްވި ނަމަވެސް އެމީހަކާ ދެކޮޅަށް ބަސް ނުބުނެވޭނެކަމަށް ދެކެވިފައިވާ ދުށުމަށްވެސް އެންމެ ދެކޮޅު ހެދި އެއްބަޔަކީ އެމްޑީޕީއެވެ.

ސުލްޙަވެރި ސިޔާސީ ހަރަކާތްތަކާއި، ވާދަވެރި އިންތިޚާބުތަކާއި، ތަފާތު ޚިޔާލުތަކަށް އިހުތިރާމުކުރުން ފަދަ އެތައް ކަމަަކަށް ގޮވާލަމުން އައި ޕާޓީއެއްގެ އެތެރެއިން އެ ސިފަ ނުފެންނަކަމަށް ޕާޓީގެ މެމްބަރުންނަށް ހީވާ ހިސާބަށް ދިއުމުން ވިސްނާލަން އެބަޖެހޭނޫންތޯއެވެ؟ މި ވާހަކަތައް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެމްޑީޕީގެ މެމްބަރުންވެސް ގެންދަނީ ތަފާތު އެކި ސިޔާސީ ޕޯޑިއަމްތަކާއި އެހެނިހެން ތަންތަނުގައި ދައްކަމުންނެވެ. ރައްޔިތުންގެވެސް އެހީއާއި ތާއީދާއެކު ރާއްޖެއަށް މިނިވަންކަމާއި ޑިމޮކްރަސީގެ ފޮނިމީރުކަން ގެނައުމަށްފަހު، ހަމަ އެ ކަންކަން ޕާޓީގެ އެތެރޭގެ ހިންގުމުން ނުފެނުމަކީ ދެކޮޅުޖެހޭ ކަމެއް ނޫންކަމަށް ގިނަ ބަޔަކު ދެކެއެވެ.

އެމްޑީޕީގެ މެމްބަރުންވެސް ދެކޭ ގޮތުގައި ޕާޓީއަށް ބަދަލުތަކެއް އަންނަން ޖެހެއެވެ. އެމްޑިޕީގެ ހިންގުމުގެ ދުވެލި މިއަދު މިއޮތީ ޕާޓީގެ ސައިޒުގައި ނޫންކަމަށް ވިދާޅުވާ މެމްބަރުންވެސް މަދެއް ނޫނެވެ. ސިޔާސީ ފުރުސަތަކީ ވަކި އާއިލާއަކަށް އޮންނަ އެއްޗަކަށް ވެގެން ނުވާނެކަމަށް ޚުދު އެ ޕާޓީގެ މެމްބަރުން މިއަދު ގެންދަނީ ބުނަމުންނެވެ.

އިތުރަށް ކިޔާލަން

05 މާރިޗު 2018

ކިނބިދޫ ރައްޔިތުން ރާއްޖެޓީވީއަށް އޮތް ލޯބި ދައްކާލީ ދިވެހި މަލާފަތެއްގައި ގެނައި ބޮނޑިބަތުން

05 މާރިޗު 2018
ކިނބިދޫ ރައްޔިތުން ރާއްޖެޓީވީއަށް އޮތް ލޯބި ދައްކާލީ ދިވެހި މަލާފަތެއްގައި ގެނައި ބޮނޑިބަތުން
25 ޖެނުއަރީ 2018

ހިޓްލަރުގެ ތާރީޚުން އަދުގެ ދިވެހި ރާއްޖެއަށް އެތައް ފިލާވަޅުތަކެއް

25 ޖެނުއަރީ 2018
ހިޓްލަރުގެ ތާރީޚުން އަދުގެ ދިވެހި ރާއްޖެއަށް އެތައް ފިލާވަޅުތަކެއް
08 ޖެނުއަރީ 2018

ޕީޕީއެމް ބޭނުންވަނީ ނަޝީދާއި އެމްޑީޕީން ކެނޑިޑޭޓެއް ވާދަ ނުކުރުން؟!

08 ޖެނުއަރީ 2018
ޕީޕީއެމް ބޭނުންވަނީ ނަޝީދާއި އެމްޑީޕީން ކެނޑިޑޭޓެއް ވާދަ ނުކުރުން؟!
01 ޖެނުއަރީ 2018

2017 ގައި ރާއްޖެއަށް "ޑިސެމްބަރު" ނާދޭ، އައިނަމަ "ފިނި މޫސުން" އަންނާނެ!

01 ޖެނުއަރީ 2018
2017 ގައި ރާއްޖެއަށް "ޑިސެމްބަރު" ނާދޭ، އައިނަމަ "ފިނި މޫސުން" އަންނާނެ!
12 ޑިސެމްބަރު 2017

ޕެރަމެޑިކްސް ދާއިރާ: ރާއްޖެއަށް ވަރަށް މުހިއްމު ދާއިރާއެއް

12 ޑިސެމްބަރު 2017
ޕެރަމެޑިކްސް ދާއިރާ: ރާއްޖެއަށް ވަރަށް މުހިއްމު ދާއިރާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު