Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޕީޕީއެމް

ޕީޕީއެމް ބޭނުންވަނީ ނަޝީދާއި އެމްޑީޕީން ކެނޑިޑޭޓެއް ވާދަ ނުކުރުން؟!

ނަޝީދަށް ކުރިމަތި ނުލެއްވޭނެ ކަމަށް ޕީޕީއެމް އިން ބުނޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 8 ޖެނުއަރީ 2018 | ހޯމަ 12:08
ރައީސުލް ޖުމްޙޫރިއްޔާގެ ދެކަނބަލުން ޕީޕީއެމްގެ ޖަލްސާއެއްގައި ބައިވެރިވަޑައިގަންނަވަނީ:-

ރައީސުލް ޖުމްޙޫރިއްޔާގެ ދެކަނބަލުން ޕީޕީއެމްގެ ޖަލްސާއެއްގައި ބައިވެރިވަޑައިގަންނަވަނީ:-

ސަރުކާރު ހިންގާ މައި ޕާޓީން ކެމްޕެއިން ކުރަމުންދަނީ ރައީސް އަބްދުﷲ ޔާމިން ދެ ވަނަ ދައުރަކަށް ހޮއްވެވުމަށެވެ. މި މަސައްކަތުގެ ތެރޭގައި އެ ޕާޓީގެ އާންމު މެމްބަރުންނަށް އެ ޕާޓީގެ އިސްވެރިން އަދި ސަރުކާރުގެ ވަޒީރުން ދެއްވާ ޔަގީންކަމެއް އެބަ އޮތެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އަދި އެމްޑީޕީގެ ކެނޑިޑޭޓެއްވެސް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމެވެ. އެކަމާ އެއްގޮތަކަށް ވެސް ކަންބޮޑު ނުވުމަށް ހޯމް މިނިސްޓަރު އަޒްލީން އަހްމަދު އެދިވަޑައިގަތުމުން އެ ބޭފުޅުންނަށް އޮތް ކަންބޮޑުވުމަކީ ހަމަ އެކަނި ރައީސް ނަޝީދާއި އެމްޑީޕީ ކަމަށް ބެލުމުގެ ޖާގަ އެބަ އޮތެވެ.

ޕީޕީއެމްގެ އާންމު ޖަލްސާގައި އަޒްލީން އެންމެ ގިނަ އިން ބަހުގެ ހަމަލާތަކެއް ދެއްވީ ރައީސް ނަޝީދަށެވެ. އެމަނިކުފާނަކީ މި ސަރުކާރަށް އޮތް ބޮޑު ގޮންޖެހުމެއްކަން އަޒްލީންގެ ވާހަކަފުޅުން އެނގެ އެވެ. ރައީސް ނަޝީދަށް އެކަމަކުން އެންމެ ބޮޑު ތާއީދެއް ލިބިވަޑައިގެންނެވި ކަންކަން އެއީ ރައީސް ޔާމިން ގެންނެވި ކަންތައްތައް ކަމަށް ހައްދަވައިގެން ވެސް ވާހަކަފުޅު ދެއްކެވިއިރު ދެން އެ އަޑުއަހަން ވެސް ތިބީ ހަމަ މި ގައުމުގެ ރައްޔިތުން ކަމަށް ވެސް ގަބޫލު ނުކުރައްވާ ފަދަ އެވެ.

ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ޕީޕީއެެމްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ:-

ސިއްހީ ނިޒާމްގެ ތެރެއިން އެމްޑީޕީ ސަރުކާރުގައި ރައްޔިތުންނަށް ގެނެސްދިން "އާސަންދަ"ނިޒާމަކީ ވެސް ރައީސް ޔާމިން ގެންނެވި ނިޒާމެއް ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުން ރައީސް ނަޝީދު ތައާރަފު ކުރެއްވި އާސަންދަ އަކީ ރައީސް ޔާމިންގެ މޭސްތިރިކަމުގައި ގެންނެވި "މަދަނަ"ކިޔާ ޕްރޮގުރާމެވެ. ރައީސް ނަޝީދު ކުރެއްވި ކަމަކީ އޭގެ ނަން އާސަންދަ އަށް ބަދަލު ކުރެއްވުމެވެ. އެއީ ރައީސް ޔާމިން ކޮންއިރަކު އުފެއްދެވި "މަދަނަ"ޕްރޮގުރާމެއް ކަމެއް ނޭނގެ އެވެ. ބޭނުންވަނީ އާސަންދަ ތައާރަފު ކުރެއްވުމުގެ ލަގަބު ނަޝީދު އަތްޕުޅުން ރައީސް ޔާމިންގެ އަތްޕުޅަށް ބަދަލު ކުރައްވާށެވެ.

ދެން އޮތީ ލާމަރުކަޒީ ނިޒާމަށް އެމްޑީޕީ އާއި ރައީސް ނަޝީދު ކުރެއްވި މަސައްކަތަށްޓަކައި ލިބޭ ތާއީދެ އެވެ. އެކަން ބަދަލު ކުރެއްވުމަށް ހޯމް މިނިސްޓަރު ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު ކޮންމެ ރަށަކަށް ކައުންސިލަރަކު އައްޔަން ކުރެއްވި ވާހަކަ އެވެ. އެއީ ކަތީބުން ކަމު ނުދިޔަ ބަޔަކު އަލުން ހަމަ ކަތީބުންތަކެއް ކައުންސިލަރުންގެ ނަމުގައި އައްޔަން ކުރެއްވުން ކަމަށް ހޯމް މިނިސްޓަރު ވިސްނަދެއްވުމަށް ވަނީ މަސައްކަތްޕުޅު ކުރައްވާފަ އެވެ. ނަމަވެސް ހަގީގަތަކީ އާ ގާނޫނު އަސާސީއާއެކު ކައުންސިލަރުން އިންތިހާބުކުރުމާ ދެމެދު އިންތިގާލީ މަރުހަލާގައި ރައީސް ނަޝީދަށް ކައުންސިލަރުން އައްޔަން ކުރައްވަން ޖެހިވަޑައިގަތުމެވެ. އެކަން ކުރެއްވީ އިންތިހާބީ ކައުންސިލަރުން ހޮވެންދެނެވެ. ނަމަވެސް މި ސަރުކާރުގެ ވަޒީރުން އެ ވާހަކަ އެ ގޮތައް ދެއްކެވުގެ ބޭނުމަކީ މި ސަރުކާރުން ލާމަރުކަޒީ ނިޒާމު ފުނޑާލައި،ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށް ކުރި މަސައްކަތުގެ ވާހަކަ އޮއްބާލުން ކަމަށް ގަބޫލުކުރަން ޖެހެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނުގެ ވެރިކަމުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަނީ

ދެން އޮތީ އެމްޑީޕީން އެއްވެސް ކެނޑިޑޭޓެއް ނުނިކުންނަވާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު ދެއްވުމެވެ. އެއީ ބޮޑު އުފަލެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވުމަކީ ޕީޕީއެމްގެ މެމްބަރުންނަށް ވެސް ދެވޭނެ އުފާވެރި ހަބަރަކަށް ވެދާނެ އެވެ. ހަމަ އެހެންމެ ސަރުކާރުން ގަބޫލުކުރާ ގޮތުގައި ރައީސް ނަޝީދާއި އެމްޑީޕީގެ ކެނޑިޑޭޓެއް ނުނިކުމެއްޖެ ނަމަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމިނާ ވާދަ ކުރައްވާނެ "އޮއްޓަރު ހުރި" ކެނޑިޑޭޓެއް ނުހުންނާނެ އެވެ. މި ވާހަކަތަކުން ސާފުކޮން އެނގެނީ ރައީސް ނަޝީދާއި އެމްޑީޕީން ކެނޑިޑޭޓަކު ނެރުނަ ނުދިނުމަށް ސަރުކާރުން ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނެ ކަމެވެ. ނަމަވެސް އާހިރުގައި އެމްޑީޕީން ކެނޑިޑޭޓެއް ނެރުމަކީ ނުވާނެ ކަމެއް ވެސް ނޫނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާސިމް މަރުގެ ތަންމަތީގައި އޮތަސް ހެޔޮ، ބޭނުންވަނީ ހުކުމް ކުރަން!

ގާސިމް މަރުގެ ތަންމަތީގައި އޮތަސް ހެޔޮ، ބޭނުންވަނީ ހުކުމް ކުރަން!

24 އޯގަސްޓު 2017
މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

20 އޯގަސްޓު 2017
ޕީޕީއެމް އަށް ނެރެދިން ހުކުމެއްތަ؟

ޕީޕީއެމް އަށް ނެރެދިން ހުކުމެއްތަ؟

15 ޖުލައި 2017
ޕީޕީއެމްގެ ޕީޖީ ބިރު ފަހަނައަޅައި އިންސާފާއި ދިމާލަށް!

ޕީޕީއެމްގެ ޕީޖީ ބިރު ފަހަނައަޅައި އިންސާފާއި ދިމާލަށް!

29 ޖޫން 2017
ހިންނަވަރު: އެމްޑީޕީން ސިއްކަ ޖަހާފައިވާ ރަށެއް

ހިންނަވަރު: އެމްޑީޕީން ސިއްކަ ޖަހާފައިވާ ރަށެއް

01 މެއި 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު