Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔޫކްރޭންގައި ތިބި ދިވެހިން

ހަންގޭރީ ބޯޑަރާއި ދިމާލަށް 15 ދިވެއްސަކު ދަތުރުކުރަން ފަށައިފި

ޚާރްކީވް ގައި މިވަގުތު 8 ދިވެހިން އެބަތިބި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 ފެބުރުއަރީ 2022 | ހުކުރު 14:30
ޔޫކްރެއިން އަށް ރަޝިއާއިން ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން ޔޫކްރޭނާއި ހަންގޭރީ ގުޅޭ ބޯޑަރު ހުރަސްކޮށް އާންމުން ހަންގޭރީއަށް އެތެރެވަނީ

ޔޫކްރެއިން އަށް ރަޝިއާއިން ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން ޔޫކްރޭނާއި ހަންގޭރީ ގުޅޭ ބޯޑަރު ހުރަސްކޮށް އާންމުން ހަންގޭރީއަށް އެތެރެވަނީ

ޔޫކްރޭންގައި ތާށިވެފައި ތިބި ދިވެހި ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން ހަންގޭރީގެ ބޯޑަރާއި ދިމާލަށް ދަތުރުކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ޔޫކްރޭންގައި ތިބި ދިވެހިންގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ފޮރިން މިނިސްޓްރީން ބުނީ ހަންގޭރީގެ ބޯޑަރާއި ދިމާލަށް މިވަގުތު ދަތުރުކުރަމުން ދަނީ 15 ދިވެހިން ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ 14 ދަރިވަރުންނާއި، ދަރިވަރެއްގެ ބެލެނިވެރިއެއް ކަމަށެވެ. މި ދަރިވަރުންނަކީ އައިވާނޯގައި ތިބި ދަރިވަރުންނެވެ.

ފޮރިން މިނިސްޓްރީން ބުނީ ޚާރްކީވް ގައި މިވަގުތު 8 ދިވެހިން އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 5 ދަރިވަރުންނާއި 3 މީހުންގެ އާއިލާއެއް ކަމަށެވެ. ފޮރިން މިނިސްޓްރީން ބުނީ މި އެންމެންނަކީ ވެސް ފޮރިން މިނިސްޓްރީގައި ރަޖިސްޓްރީވެފައި ތިބި މީހުން ކަމަށެވެ. 3 މީހުންގެ އާއިލާއިން ފޮރިން މިނިސްޓްރީގައި ރަޖިސްޓްރީވީ ބުރާސްފަތި ދުވަހުއެވެ. ދަރިވަރުން ދަތުރުކުރުމަށް ހަމަޖައްސާފައިވީ ނަމަވެސް، އުދުހުންތައް ހުއްޓާލާފައިވާތީ ދަތުރުކުރެވޭ ގޮތް ނުވެފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން ޑިންޕްރޯގައި އެއް ދަރިވަރަކު އެބަހުރި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި އެންމެންވެސް ޔޫކްރޭންގެ ހުޅަނގުން ހަންގޭރީގެ ބޯޑަރު ކައިރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ޚާރްކީވް އަދި ޑިންޕްްރޯ އަކީ އިރުމަތީ ސަރަހައްދުކަމަށްވުން އެމީހުން އެތަނުން ގެންދިއުމުގައި ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. ނަމަވެސް އެންމެންގެ ހާލު ރަނގަޅު ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ހަންގޭރީގެ ބޯޑަރާއި ދިމާލަށް ދަތުރުކުރަމުންދާ ދަރިވަރުން ހަންގޭރީއަށް އެތެރެވުމާއެކު އެ މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2017

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ތިން ބިދޭސީއަކާ ދިވެއްސަކު ހައްޔަރު ކޮށްފި

25 ޑިސެމްބަރު 2017
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ތިން ބިދޭސީއަކާ ދިވެއްސަކު ހައްޔަރު ކޮށްފި
31 އޮކްޓޯބަރު 2017

ބަންގްލަދޭޝްގައި ދިވެއްސަކު މަރާލައިގެން އުޅޭކަމެއް ކަށަވަރެއްނުވޭ: ފުލުހުން

31 އޮކްޓޯބަރު 2017
ބަންގްލަދޭޝްގައި ދިވެއްސަކު މަރާލައިގެން އުޅޭކަމެއް ކަށަވަރެއްނުވޭ: ފުލުހުން
21 އޮކްޓޯބަރު 2017

ސީރިއާ ހަނގުރާމައަށް ދިޔަ ދެ ދިވެއްސަކު ހައްޔަރުކޮށްގެން ރާއްޖެ ގެނެސްފި

21 އޮކްޓޯބަރު 2017
ސީރިއާ ހަނގުރާމައަށް ދިޔަ ދެ ދިވެއްސަކު ހައްޔަރުކޮށްގެން ރާއްޖެ ގެނެސްފި
21 ސެޕްޓެމްބަރު 2017

ޓްރިވެންޑްރަމްގައި ދިވެއްސަކު ގެއްލިގެން ހޯދަނީ

21 ސެޕްޓެމްބަރު 2017
ޓްރިވެންޑްރަމްގައި ދިވެއްސަކު ގެއްލިގެން ހޯދަނީ
02 ސެޕްޓެމްބަރު 2017

ގާޒީ އަހުމަދު ރަޝީދު ސަސްޕެންޑު ކުރީ އިސްގާޒީއާ ދިމާލަށް "އެއްޗެއް" ބުނެގެން!

02 ސެޕްޓެމްބަރު 2017
ގާޒީ އަހުމަދު ރަޝީދު ސަސްޕެންޑު ކުރީ އިސްގާޒީއާ ދިމާލަށް "އެއްޗެއް" ބުނެގެން!
23 އޯގަސްޓު 2017

ލައިފް ފެން އުފައްދާ ފެކްޓްރީގައި އުޅުނު ބިދޭސީއަކު މަރުވި މައްސަލައިގައި ދިވެއްސަކު ހައްޔަރުކޮށްފި

23 އޯގަސްޓު 2017
ލައިފް ފެން އުފައްދާ ފެކްޓްރީގައި އުޅުނު ބިދޭސީއަކު މަރުވި މައްސަލައިގައި ދިވެއްސަކު ހައްޔަރުކޮށްފި
10 އޯގަސްޓު 2017

އަޅުގަނޑު ފުލުހުންނާއި ދިމާލަށް ފުންމާލިއިރު އެ ދިމާލުގައި ބެރިކޭޑްތަކެއް ނުހުންނާނެ: ނިހާން

10 އޯގަސްޓު 2017
އަޅުގަނޑު ފުލުހުންނާއި ދިމާލަށް ފުންމާލިއިރު އެ ދިމާލުގައި ބެރިކޭޑްތަކެއް ނުހުންނާނެ: ނިހާން
06 ޖޫން 2017

އީސީއިން ޖޭޕީ އުވާލުމާއި ދިމާލަށްވެސް ގޮސްދާނެ: ހުސެއިން ރަޝީދު

06 ޖޫން 2017
އީސީއިން ޖޭޕީ އުވާލުމާއި ދިމާލަށްވެސް ގޮސްދާނެ: ހުސެއިން ރަޝީދު
23 އެޕްރީލު 2017

ސީރިޔާގައި ހަނގުރާމަ ކުރަމުންދިޔަ އިތުރު ދިވެއްސަކު މަރުވެއްޖެ

23 އެޕްރީލު 2017
ސީރިޔާގައި ހަނގުރާމަ ކުރަމުންދިޔަ އިތުރު ދިވެއްސަކު މަރުވެއްޖެ
08 ފެބުރުއަރީ 2017

ހަނގުރާމަ ކުރަން ސީރިއާއަށް ދާން އުޅުނު ދިވެއްސަކު އަތުލައިގެންފި

08 ފެބުރުއަރީ 2017
ހަނގުރާމަ ކުރަން ސީރިއާއަށް ދާން އުޅުނު ދިވެއްސަކު އަތުލައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު