Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-ޔޫކްރޭން ހަނގުރާމަ

ރަޝިއާއަށް ޖެހޭނީ މަޖުބޫރުވެގެން ވާހަކަދައްކަން، ޒެލެންސްކީގެ ޝުކުރު ރަޝިއާގައި މުޒާހަރާ ކުރާ މީހުންނަށް

4000 ވަރަކަށް މީހުން ވަނީ މުޒާހަރާ އާއި ގުޅިގެން ހައްޔަރުކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 ފެބުރުއަރީ 2022 | ހުކުރު 07:28
ރަޝިއާގެ ވެރިރަށް މޮސްކޯގައި ހަނގުރާމައާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާ

ރަޝިއާގެ ވެރިރަށް މޮސްކޯގައި ހަނގުރާމައާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާ

ރަޝިއާއަށް ޖެހޭނީ މަޖުބޫރުވެގެން ވާހަކަދައްކަން ކަމަށް ވިދާޅުވެ ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ރަޝިއާގައި މުޒާހަރާކުރަމުން އަންނަ މީހުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.

ހުކުރު ދުވަހުގެ ހެނދުނު ޔޫކްރޭންގެ ރައްޔިތުންނަށް ފޮނުއްވި ވީޑިއޯ މެސެޖްގައި ޒެލެންސްކީ ވިދާޅުވީ ކައިރި ނުވަތަ ދުރު މުސްތަގުބަލެއްގައި ނަމަވެސް، ރަޝިއާއިން ޖެހޭނީ މިލިޓަރީ އޮޕަރޭޝަނާއި، ޔޫކްރޭން ހިފުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލާ ވާހަކައިގެ މޭޒުދޮށަށް އަންނަން ކަމަށެވެ. ނޫންނަމަ މިކަމުގައި އޮތީ ރަޝިއާއަށް އޮތް ދެރައެއް ކަމަށެވެ.

ޒެލެންސްކީ ވިދާޅުވީ ޔޫކްރޭންގެ ވެރިރަށް ކީވް އަށް ރަޝިއާގެ އަސްކަރިއްޔާ އިން އެރި ނަމަވެސް، މިއީ ޔޫކްރޭންގެ ބިމެއް ކަމަށާއި، އެއީ ހަގީގަތް ކަމަށެވެ. އަދި ޔޫކްރޭން ފޮހެ ނުލެވޭނެ ކަމަށެވެ. އަދި ރަޝިއާގެ ކަލިބަރ މިސައިލްތައް ޔޫކްރޭންގެ މިނިވަންކަމާއި ދޮކޮޅަށް މަސައްކަތް ނުކުރާނެ ކަމަށާއި ރަޝިއާއިން ޔޫކްރެން ހިފަން ކުރަމުންދާ މަސައްކަތާއި ދެކޮޅަށް ރަޝިއާގެ ރައްޔިތުން މުޒާހަރާކުރަމުންދާތީ އެކަމަށް ވެސް ޒެލްންސްކީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ބުރާސްފަތި ދުވަހު ހަނގުރާމައާއި ދެކޮޅަށް ރަޝިއާގެ މަގުތަކުުގައި ވަނީ މުޒާހަރާކޮށްފައެވެ. މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން މަސައްކަތް ކުރަމުން އަންނަ އިރު، ބާރުގެ ބޭނުންކޮށްގެން މީހުން ހައްޔަރު ކުރާނެކަމުގެ އިންޒާރު ދީފައިވާ ކަމަށް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

ރަޝިއާގައި ހުއްދަ ނުނަގައި މުޒާހަރާ ކުރުމަކީ މަނާކަމެކެވެ. ނަމަވެސް އެކަނި ހުރެގެން އަޑު އުފުލުމުގެ ހުއްދަ އެގައުމުގައި އޮވެއެވެ. ބުރާސްފަތި ދުވަހުގެ ރެއާއި ހަމައަށް ރަޝިއާގެ ވެރިރަށް މޮސްކޯގައި މުޒާހަރާއާއި ގުޅިގެން 1500 މީހުން ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން އެހެނިހެން ސިޓީތަކުން މަދުވެގެން 2500 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އިތުރަށް ކިޔާލަން

18 ސެޕްޓެމްބަރު 2018

ރަޝިއާގެ މަތިންދާބޯޓު ވައްޓާލުމުގެ ޒިންމާ ނަގަން ޖެހޭނީ އިސްރާއީލުން

18 ސެޕްޓެމްބަރު 2018
ރަޝިއާގެ މަތިންދާބޯޓު ވައްޓާލުމުގެ ޒިންމާ ނަގަން ޖެހޭނީ އިސްރާއީލުން
05 ޖޫން 2018

ރަޝިއާއަށް ވަޑައިގަތުމުގެ ދައުވަތު ކިމް ޖޮންގއުންއަށް އަރުވައިފި

05 ޖޫން 2018
ރަޝިއާއަށް ވަޑައިގަތުމުގެ ދައުވަތު ކިމް ޖޮންގއުންއަށް އަރުވައިފި
24 ޖެނުއަރީ 2018

ސީރިޔާގައި ދޭ ކެމިކަލް ހަމަލާތަކުގެ ޒިންމާ ނަގަން ޖެހޭނީ ރަޝިއާއިން: ޓިލަރސަން

24 ޖެނުއަރީ 2018
ސީރިޔާގައި ދޭ ކެމިކަލް ހަމަލާތަކުގެ ޒިންމާ ނަގަން ޖެހޭނީ ރަޝިއާއިން: ޓިލަރސަން
09 ނޮވެމްބަރު 2017

ޖީސީސީ އުވުމުގެ ޒިންމާ ނަގަންޖެހޭނީ ދަތިކުރުމުގެ ފިޔަވަޅު އެޅި ގައުމުތަކުން: ގަތަރު

09 ނޮވެމްބަރު 2017
ޖީސީސީ އުވުމުގެ ޒިންމާ ނަގަންޖެހޭނީ ދަތިކުރުމުގެ ފިޔަވަޅު އެޅި ގައުމުތަކުން: ގަތަރު
09 އޮކްޓޯބަރު 2017

ކެޓަލޯނިއާގެ ރައީސް މިނިވަންކަން އިއުލާންކޮށްފި ނަމަ ވަޑައިގަންނަވަން ޖެހޭނީ ޖަލަށް: ސްޕެއިންގެ ރޫލިން ޕާޓީ

09 އޮކްޓޯބަރު 2017
ކެޓަލޯނިއާގެ ރައީސް މިނިވަންކަން އިއުލާންކޮށްފި ނަމަ ވަޑައިގަންނަވަން ޖެހޭނީ ޖަލަށް: ސްޕެއިންގެ ރޫލިން ޕާޓީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު