Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީނާ އޯޕަން ވޯޓާ ވޯލްޑް ސީރީސް

ފީނާ އޯޕަން ވޯޓާ ވޯލްޑް ސީރީސް ރާއްޖޭގައި ބާއްވަން މަޝްވަރާ ކުރަނީ

24 ފެބުރުއަރީ 2022 | ބުރާސްފަތި 14:53

ފެތުން ކުރިއެރުވުމަށް ފީނާގެ ފަރާތުން ވެދެވެން އޮތް އެހީއެއް ވާނެ

އަތޫފް އާތިފް
އަތޫފް އާތިފް | 24 ފެބުރުއަރީ 2022 | ބުރާސްފަތި 14:53
ފީނާގެ ރައީސް ކުޅިވަރާ ބެހޭ ވަޒީރާއެކު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން

ފީނާގެ ރައީސް ކުޅިވަރާ ބެހޭ ވަޒީރާއެކު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން

ފީނާ އޯޕަން ވޯޓާ ވޯލްޑް ސީރީސް ރާއްޖޭގައި ބޭއްވުމަށް ދުނިޔޭގެ ފެތުމުގެ މައި އިދާރާ (ފީނާ) އިން ޝައުގުވެރިކަން ފާޅުކޮށް، އެކަމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފިއެވެ.

ފީނާ އޯޕަން ވޯޓާ ވޯލްޑް ސީރީސް ރާއްޖޭގައި ބޭއްވުމަށް ދުނިޔޭގެ ފެތުމުގެ މައި އިދާރާއިން ޝައުގުވެރިކަން ފާޅުކޮށްފައި މިވަނީ، އެ އިދާރާގެ ރައީސް ހުސައިން އަލް މުސައްލަމް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ފީނާގެ ރައީސް ހުސައިން އަލް މުސައްލަމް ވަނީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް އާއި، މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ) އަދި ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު އަބްދުއްސައްތާރު (ޗަމްޕީ)އާ ވެސް ބައްދަލުކުރައްވާފައެވެ.

ކުޅިވަރާ ބެހޭ ވުޒީރު މަޚްލޫފާއި ބުރާސްފަތި ދުވަހު ބައްދަލުކުރެއްވުމަށްފަހު ފީނާގެ ރައީސް ހުސައިން އަލް މުސައްލަމް ވިދާޅުވީ، ރާއްޖޭގައި ސްވިމިން ކުރިއެރުވުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަން ފީނާ އޮތީ ތައްޔާރަށް ކަމަށެވެ.

ރާއްޖޭގައި ފެތުން ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑަށް މަޝްވަރާ ކުރެވުނު ކަމަކީ ރާއްޖޭގައި ބައިނަލްއަގްވާމީ މުބާރާތައް ބޭއްވޭނެ ގޮތްތަކާއި ގުޅޭގޮތުން ކަމަށް ހުސައިން ވިދާޅުވިއެވެ.

ހުސެއިން ވިދާޅުވީ ރާއްޖޭގައި މިވަގުތު މުބާރާތް ބޭއްވޭ ފެންވަރުގެ ޕޫލެއް ނެތުމާ އެކު ވިސްނީ ރާއްޖޭގައި ހުރި ވަސީލަތްތަކަށް ބަލައި ގެނެވިދާނެ މުބާރާތަކާ މެދު ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ފެތުން ކުރިއެރުވުމަށް ކުރެވެމުން އަންނަ މަސައްކަތުގެ ތެރެއިން އެ ޖަމިއްޔާގެ އެންމެ ބޮޑު އެހީތެރިކަމެއް ލިބޭނެ އެއް ކަމަކީ ރާއްޖޭގައި އަޅާ ސްވިމިން ޕޫލްގެ މަސައްކަތް ކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވީ، ރާއްޖޭގައި ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވުމަށް ސަރުކާރުން އަދި ކުޅިވަރާ ބެހޭ ވުޒާރާއިންވެސް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރައްވާފައެވެ.

ފީނާގެ އެހީތެރިކަން މިހާރު ވެސް ރާއްޖޭގައި ފެތުން ކުރިއެެރުވުމަށް ލިބެމުން އަންނަކަން ފާހަގަކޮށްލަން ޖެހެއެވެ. މިގޮތުން ފީނާގެ ސްކޮލަޝިޕެއްގައި ރާއްޖޭގެ އުއްމީދީ ފެތުންތެރިޔާ އަލީ އިމްއާން މިހާރު ހުރީ ރަޝިޔާގެ ކަޒާންގަ އެވެ. ފީނާގެ މައި ތަމްރީން ސެންޓަރެއްގައި ހަދަމުން އަންނަ ތަމްރިންތަކާ އެކު އިމްއާން ހޯދަމުން އަންނަ ކުރިއެރުން ފީނާގެ ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ.

މާލޭގައި އަޅާ ސްވިމިން ޕޫލްގެ މަސައްކަތްތަކާއި، ބައިނަލްއަގްވާމީ މުބާރާތެއް ރާއްޖޭގައި ބޭއްވުމުގެ އިތުރުން ރާއްޖޭގެ ސްވިމިން އެސޯސިއޭޝަނުން ކުރިއަށްގެންދާ "ސްވިމިންގ ފޯ އޯލް" ޕްރޮގްރާމަށް ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ފީނާ އިން ވަނީ ނިންމައިފަ އެެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

25 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

25 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި
09 މާރިޗު 2017

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ
08 މާރިޗު 2017

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް