Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވީބީއެސްއެސް އިންސްޓްރަކްޓަރ ކޯސް

ވީބީއެސްއެސް އިންސްޓްރަކްޓަރ ކޯހާއި ބޭސިކް ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

24 ފެބުރުއަރީ 2022 | ބުރާސްފަތި 11:08

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް ކާނަލް އިބްރާހީމް ޙިލްމީ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 ފެބުރުއަރީ 2022 | ބުރާސްފަތި 11:08
ވީބީއެސްއެސް އިންސްޓްރަކްޓަރ ކޯހާއި ބޭސިކް ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު

ވީބީއެސްއެސް އިންސްޓްރަކްޓަރ ކޯހާއި ބޭސިކް ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު

ވިޒިޓް ބޯޑް، ސަރޗް އެންޑް ސީޒަރ އިންސްޓްރަކްޓަރ ކޯހާއި ވިޒިޓް ބޯޑް، ސަރޗް އެންޑް ސީޒަރ ބޭސިކް ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި ދެ ކޯސް ނިންމުމުގެ ގޮތުން ބުރާސްފަތި ދުވަހު ބަންޑާރަކޮށި އޮޑިޓޯރިއަމްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް ކާނަލް އިބްރާހީމް ޙިލްމީއެވެ.

Advertisement - newsAdvertisement

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމްގެ ގްލޯބަލް މެރިޓައިމް ކްރައިމް ޕްރޮގްރާމްގެ ދަށުން ހިންގި މި ދެ ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ޔޫއެންއޯޑީސީގެ އިންސްޓްރަކްޓަރ، ޕައުލް ރޮބަރޓް ވަނީ، ކޯސް ހިނގައިދިޔަ ގޮތާބެހޭގޮތުން ވާހަކަފުޅު ދައްކަވާ، ކޯސްތައް ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ދެއްވާފައެވެ.

ވީބީއެސްއެސް އިންސްޓްރަކްޓަރ ކޯހަކީ، ވީބީއެސްއެސް ބޭސިކް ކޯސް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ ކޯހެކެވެ. މިގޮތުން، ނިމިގެންދިޔަ ވީބީއެސްއެސް އިންސްޓްރަކްޓަރ ކޯހުގައި ޖުމްލަ 4 ސިފައިން ބައިވެރިވެ، ސެޓްފިކެޓް ހާސިލުކުރިއިރު، ވީބީއެސްއެސް ބޭސިކް ކޯހުގައި 14 ފަރާތަކުން ބައިވެރިވެ، ސެޓްފިކެޓް ހާސިލުކުރިއެވެ. ވީބީއެސްއެސް ބޭސިކް ކޯހުގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރައްވާ ހަތަރު ފުލުހުންނާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި މަސައްކަތްކުރައްވާ ދެ މުވައްޒަފު އަދި އެމްއެންޑީއެފްގެ 8 ސިފައިން ހިމެނެއެވެ.

މި ދެ ކޯހުގެ ތިއަރީ ކުލާސްތަކާއި ބައެއް ޕްރެކްޓިކަލް ކްލާސްތައް ވިލިމާލޭގައި ހުންނަ ފަޔަރ އެންޑް ރެސްކިޔު ޓްރޭނިންގ ސްކޫލާއި، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ގައި ކުރިޔަށް ގެންގޮސްފައިވެއެވެ. އަދި، ބައެއް ޕްރެކްޓިކަލް ކުލާސްތައް ހުޅުމާލޭގައި ހުންނަ ކޯސްޓްގާޑު ޝިޕްތައް ބަނދަރުކޮށްފައިވާ ސަރަހައްދުގައި ކުރިއަށް ގެންގޮސްފައިވެއެވެ. މީގެއިތުރުން ކ. ތިލަފުށި ކައިރީގައި ވެސް މި ކޯހުގެ ބައެއް ތަމްރީނުތައް ވަނީ ބާއްވާފައެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2020

ޤައުމީ ޔުނިވަރސިޓީއަށް "ސިސްކޯ އިންސްޓްރަކްޓަރ ޓުރެއިނިންގ ސެންޓަރ"ގެ ދަރަޖަ ލިބިއްޖެ

25 ސެޕްޓެމްބަރު 2020
ޤައުމީ ޔުނިވަރސިޓީއަށް "ސިސްކޯ އިންސްޓްރަކްޓަރ ޓުރެއިނިންގ ސެންޓަރ"ގެ ދަރަޖަ ލިބިއްޖެ
05 އެޕްރީލު 2020

ވަޒީފާއިން ވަކިކުރާ ޑައިވިންގް އިންސްޓްރަކްޓަރުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭގޮތަށް ހަމަޖައްސައިފި

05 އެޕްރީލު 2020
ވަޒީފާއިން ވަކިކުރާ ޑައިވިންގް އިންސްޓްރަކްޓަރުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭގޮތަށް ހަމަޖައްސައިފި
24 ނޮވެމްބަރު 2019

ފަސްދޮޅަސް ފަސް ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި

24 ނޮވެމްބަރު 2019
ފަސްދޮޅަސް ފަސް ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި
03 ނޮވެމްބަރު 2019

ބޮމްބޭ ޖޭމް އިންސްޓްރަކްޓަރ ޓްރެއިނިންގ ޕްރޮގްރާމް ވަރަށް ކާމިޔާބު

03 ނޮވެމްބަރު 2019
ބޮމްބޭ ޖޭމް އިންސްޓްރަކްޓަރ ޓްރެއިނިންގ ޕްރޮގްރާމް ވަރަށް ކާމިޔާބު
16 މާރިޗު 2019

ޤުރުއާން މުދައްރިސްކަމުގެ ޑިގްރީ ކޯހުގެ ޓްރާސްކްރިޕްޓް ދޫކުރުން ލަސްވާތީ ކަންބޮޑުވުންފާޅުކޮށްފި

16 މާރިޗު 2019
ޤުރުއާން މުދައްރިސްކަމުގެ ޑިގްރީ ކޯހުގެ ޓްރާސްކްރިޕްޓް ދޫކުރުން ލަސްވާތީ ކަންބޮޑުވުންފާޅުކޮށްފި
12 މާރިޗު 2019

ފުލުހުންގެ ޖޫނިއަރ އޮފިސަރސް ކޮމާންޑް ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި

12 މާރިޗު 2019
ފުލުހުންގެ ޖޫނިއަރ އޮފިސަރސް ކޮމާންޑް ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި
12 މާރިޗު 2019

ޕްރޮޓެކްޓިވް ސެކިއުރިޓީ ޓްރެއިނިންގ ކޯހުގެ ހަ ވަނަ ބުރު ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފި

12 މާރިޗު 2019
ޕްރޮޓެކްޓިވް ސެކިއުރިޓީ ޓްރެއިނިންގ ކޯހުގެ ހަ ވަނަ ބުރު ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފި
07 މާރިޗު 2018

ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުގެ 29 ވަނަ ބުރު ނިންމައި ސެޓްފިކެޓްތައް ހަވާލުކޮށްފި

07 މާރިޗު 2018
ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުގެ 29 ވަނަ ބުރު ނިންމައި ސެޓްފިކެޓްތައް ހަވާލުކޮށްފި
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް