Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާރާމާރީ ހިންގުން

ހެކި ނެތުމުގެ ސަބަބުން، ބަންގްލަދޭޝް ރައްޔިތަކަށް ކުރި މާރާމާރީގެ ދައުވާއިން ސަލާމަތްވެއްޖެ

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ ހުސައިން ފާއިޒް ރަޝާދު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 ފެބުރުއަރީ 2022 | ބުރާސްފަތި 09:45
ކްރިމިނަލް ކޯޓް- ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ ހުސައިން ފާއިޒް ރަޝާދު

ކްރިމިނަލް ކޯޓް- ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ ހުސައިން ފާއިޒް ރަޝާދު

ހެކި ނެތުމުގެ ސަބަބުން، ބަންގްލަދޭޝް ރައްޔިތަކަށް ކުރި މާރާމާރީގެ ދައުވާއިން ސަލާމަތްވެއްޖެއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ މުޙައްމަދު ރޮބެލް ހުސައިންގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.

މި ދައުވާއަކީ 2019 އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ ހިނގި ޙާދިސާއަކާއި ގުޅޭ ދައުވާއެކެވެ. އެގޮތުން ދައުލަތުން ކުރި ދައުވާގައި ބުނެފައިވަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މަހުބޫބް އަލަމް ކެފޭއެއްގެ ތެރޭގައި އިންދައި ގާތްގަނޑަކަށް 7 އިންޗި ހުންނަ ވަޅިއަކުން ރޮބެލް އޭނާއަށް ޙަމަލާ ދީފައިވާ ކަމަށެވެ. އެގޮތުން މަހުބޫބް އަލަމްގެ މޭގެ ކަނާތް ފަރާތާއި، ކަނާއަތާއި ބަނޑަށްވެސް ވަޅިން ޙަމަލާ ދީފައިވާކަމަށް ދައުލަތުން ބުނެއެވެ،

އެ ދައުވާއަށް އޭނާ އިންކާރު ކޮށްފައިވާއިރު، މި މައްސަލައިގައި ބުދަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ، އޭނާ ޙާދިސާ ހިނގި ވަގުތު އެތަނުގައި ހުރުން ފިޔަވައި އިތުރަށް ކުށުގެ އަމަލާ އޭނާ އާއި ގުޅުވާލެވޭ ގޮތެއް ދައުލަތަށް ސާބިތު ކޮށްދެވިފައިނުވާކަމަށެވެ. އެގޮތުން ވަޅިން ނެގުނު ޑީއެންއޭ އާއި މަހުބޫބުގެ ޑީއެންއޭ ދިމާވި ނަމަވެސް، ދައުވާ ލިބޭ ފަރާތުގެ ޑީއެންއޭ ޕްރޮފައިލް އެއިން ފެނުނު ކަމަށް ޑީއެންއޭ ތަހުލީލު ރިޕޯޓުން އެނގެން ނެތްކަމަށް ޙުކުމުގައި ބަޔާންކޮށްފައިވެއެވެ.

އަދި ދައުލަތުން ހިފާފައިވާ ކިތާބީ ހެކިތަކަށް ބަލާއިރުވެސް ރޮބެލް އާއި ގުޅުވާލެވޭ އެއްވެސް ކަމެއް ފެންނަން ނެތްކަން ޙުކުމުގައި ބަޔާންކޮށްފައިވެއެވެ. ހަމައެއާއެކު، ކުށުގެ އަމަލާ ގުޅުންހުރި އެއްވެސް ތަނަކުންވެސް އަދި އެއްޗަކުންވެސް ދައުވާ ލިބޭ ފަރާތާއި ގުޅޭ އެއްވެސް ފޮރެންސިކް ހެއްކެއް ހުށައެޅިފައި ނުވާކަމަށް ވަނީ ބަޔާންކޮށްފައެވެ.

އޭގެ އިތުރުން، އޭނާ ފިލައިގެން ދިޔައިރު ލައިގެން ހުރިކަމަށް ހެކިން ބުނެފައިވާ, ލޭ ހޭކިފައިވާ ހުދުކުލައިގެ ޓީޝާރޓުވެސް ފުލުހުންނަށް ހޯދިފައެއް ނުވެއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ ހުސައިން ފާއިޒް ރަޝާދެވެ.

އިތުރަށް ކިޔާލަން

10 މާރިޗު 2017

ގައުމީ ދިދަ އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވޭ: ރައީސް މައުމޫން

10 މާރިޗު 2017
ގައުމީ ދިދަ އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވޭ: ރައީސް މައުމޫން
06 މާރިޗު 2017

ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

06 މާރިޗު 2017
ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
06 މާރިޗު 2017

ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ

06 މާރިޗު 2017
ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ
28 ފެބުރުއަރީ 2017

އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް

28 ފެބުރުއަރީ 2017
އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް
21 ފެބުރުއަރީ 2017

ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވެ، ހެކި ހުށަހެޅުމަށް އަމީން ފައިސަލަށް 15 ދުވަސް!

21 ފެބުރުއަރީ 2017
ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވެ، ހެކި ހުށަހެޅުމަށް އަމީން ފައިސަލަށް 15 ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު