Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕައިސިސް އަޕްގްރޭޑް ކުރުން

ޕައިސިސް އަޕްގްރޭޑް ކުރުމަށް އެމެރިކާގެ ތަޖުރިބާކާރުން މާރޗު މަހު ރާއްޖެއަށް އަންނާނެ

އެކަށީގެންވާ ނިޒާމެއްގެ ތެރެއިން މި މަސައްކަތް ކުރުމަށް މަސައްކަތްތަކެއް ކުރެވޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2022 | ބުރާސްފަތި 09:05
ރަސްމީ ލިޔެކިޔުން ނެތް ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ އާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ކަމާއި ގުޅުންހުރި އިދާރާތަކާއި ބައްދަލުކުރެއްވުން

ރަސްމީ ލިޔެކިޔުން ނެތް ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ އާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ކަމާއި ގުޅުންހުރި އިދާރާތަކާއި ބައްދަލުކުރެއްވުން

ރާއްޖޭގެ އިމިގްރޭޝަންގައި ބޭނުންކުރާ ޕަރސަނަލް އައިޑިންޓިފިކޭޝަން ސެކުއަރ އެންޑް އިވެލުއޭޝަން ސިސްޓަމް (ޕައިސިސް) އާއި ގުޅުން ހުރި ތަޖުރިބާކާރުން މާރޗު މަހު އެމެރިކާއިން ރާއްޖެއަށް އަންނާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

ރަސްމީ ލިޔެކިޔުން ނެތް ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ އާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ބުދަ ދުވަހު ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، މޯލްޑިވްސް އިމިގްރޭޝަން އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު އަހުމަދު (ހަނަފީ) ވިދާޅުވީ، ރާއްޖޭގެ އިމިގްރޭޝަންގައި ބޭނުންކުރާ ޕަރސަނަލް އައިޑިންޓިފިކޭޝަން ސެކުއަރ އެންޑް އިވެލުއޭޝަން ސިސްޓަމް (ޕައިސިސް) އާއި ގުޅުންހުރި ތަޖުރިބާކާރުން މާރޗު މަހު އެމެރިކާއިން ރާއްޖެއަށް އަންނާނެ ކަމަށެވެ. އެހިސާބުން އެކަށީގެންވާ ނިޒާމެއްގެ ތެރެއިން މި މަސައްކަތް ކުރުމަށް މަސައްކަތްތަކެއް ކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ހަނަފީ ވިދާޅުވީ، ކުރިން ބޯޑަރު ބެލެހެއްޓުމާއި ބިދޭސީންނާއި ގުޅުންހުރި މަސައްކަތްތައް ކުރަމުންދިޔައީ ވަރަށް ކުރީގެ ސިސްޓަމެއްގެ މައްޗަށް ކަމަށެވެ. އެގޮތުން ބިދޭސީންގެ މައުލޫމާތުތައް މެނުއަލްކޮށް ކުރުމުގެ ބަދަލުގައި މިހާރު އެކުލަވާލާ ސިސްޓަމުގެ ސަބަބުން ފަސޭހައިން ކަންކަން މެނޭޖް ކުރެވޭކަމަށް ވިދާޅުވިއެވެ. އެގޮތުން ޕައިސިސް ސިސްޓަމް އިތުރަށް ފުރިހަމަވުމުން، ބިދޭސީންގެ ވޯކްވިސާ އާއި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންނާއި ގުޅޭ މައުލޫމާތުތައް ވަގުތުން ބަލާލެވޭނެކަމަށް ވިދާޅުވިއެވެ.

ޕައިސިސް ސިސްޓަމަކީ ގައުމުތަކަށް އެތެރެވެ ބޭރުވާ މީހުންގެ މައުލޫމާތު ހޯދުމަށް ބޭނުންކުރާ ސިސްޓަމެކެވެ. އެ ސިސްޓަމް މެދުވެރިކޮށް އެތެރެވާ މީހާގެ ޕާސްޕޯޓަކީ ސައްހަ ޕާސްޕޯޓެއް ކަމާއި، ރެޑް ނޯޓިސް ނެރެފައިވާ މީހެއްތޯ އާއި ކުށުގެ ރެކޯޑަށް ބަލައި، އެ މީހަކީ ނުރައްކާ ތެރި މީހެއްކަން ދެނެގަނެވޭނެއެވެ.

އެމެރިކާގެ ބޫޒް އެލެން ހެމިލްޓަނުން ފަރުމާކޮށްފައިވާ ޕައިސިސް ސިސްޓަމް މެދުވެރިކޮށް ގައުމުތަކަށް ހަމަލާދޭން މަސައްކަތް ކޮށްފައިވާ ބައެއް މީހުންގެ މައުލޫމާތު ދެނެގަނެފައިވާ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ބުނެއެވެ.

އެމެރިކާ ސަރުކާރުން ހަދިޔާ ކޮށްފައިވާ ޕައިސިސް ސިސްޓަމް ރާއްޖޭގައި ބޭނުން ކުރަމުންދާތާ އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް މި ސަރުކާރު އައި އިރު އެ ސިސްޓަމް އޮތީ ވަރަށް ބޮޑަށް އައުޓް ޑޭޓެޑް ވެފައިކަމަށް ޓެކްނޮލޮޖީ މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން ސޮފްޓްވެއާގެ އިތުރުން ހާޑްވެއާއަށް ވެސް ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާކަން މިނިސްޓްރީން ފާހަގަކުރެއެވެ.

އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން އެމެރިކާ އިން ފަސް ބޭފުޅުންގެ ޓީމެއް ވަޑައިގެން އެ ސިސްޓަމަށް ބޭނުންވާ ސްފޮޓްވެއާ އާއި ހާޑްވެއާ މީގެ ކުރިން ވަނީ ފޯރުކޮށްދީފައެވެ.

ރާއްޖެގައި މިހާރު ބޭނުން ކުރަމުންދާ ޕައިސިސް ސިސްޓަމަކީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި އެމެރިކާ އިން ހަދިޔާކުރި ސިސްޓަމެކެވެ. އޭގެ ފަހުން އެ ސިސްޓަމް އަޕްގްރޭޑް ކޮށްފައި މިވަނީ ފަސް އަހަރު ފަހުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ސަފީރު ރޯދަ ވީއްލުމެއް ދެއްވައިފި

އެމެރިކާގެ ސަފީރު ރޯދަ ވީއްލުމެއް ދެއްވައިފި

13 ޖޫން 2017
ގއ ނިލަންދޫ ކުނިމެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމަށް ބަޔަކާ ހަވާލު ކޮށްފި

ގއ ނިލަންދޫ ކުނިމެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމަށް ބަޔަކާ ހަވާލު ކޮށްފި

08 ޖޫން 2017
ޔާމީންގެ މައްސަލައިގައި މިނިވަން ތަހުގީގެއް ކުރުމަށް އދ ގެ ތަޖުރިބާކާރުންގެ ގްރޫޕަކުން ގޮވާލައިފި

ޔާމީންގެ މައްސަލައިގައި މިނިވަން ތަހުގީގެއް ކުރުމަށް އދ ގެ ތަޖުރިބާކާރުންގެ ގްރޫޕަކުން ގޮވާލައިފި

09 މެއި 2017
ޔާމީންގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުމަށް އާއިލާއިން އެދިއްޖެ

ޔާމީންގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުމަށް އާއިލާއިން އެދިއްޖެ

02 މެއި 2017
ޔާމީން ރަޝީދުގެ އާއިލާއިން އެމެރިކާގެ އޮފިޝަލުންނާ ބައްދަލުކޮށްފި

ޔާމީން ރަޝީދުގެ އާއިލާއިން އެމެރިކާގެ އޮފިޝަލުންނާ ބައްދަލުކޮށްފި

27 އެޕްރީލު 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު