Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔާމީން ރަޝީދުގެ މަރު

ޔާމީންގެ މައްސަލައިގައި މިނިވަން ތަހުގީގެއް ކުރުމަށް އދ ގެ ތަޖުރިބާކާރުންގެ ގްރޫޕަކުން ގޮވާލައިފި

ޔަމީން މަރާލި މައްސަލަ އާއި އެކު ރިލްވާން ގެއްލުވާލި މައްސަލަވެސް ބެލުމަށް ވަނީ ގޮވާލާފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 9 މެއި 2017 | އަންގާރަ 16:47
އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ލިޔުންތެރިޔާ ޔާމީން ރަޝީދު، ރިލްވާނަށްވީގޮތެއް ހޯދައިދިނުމަށް ގޮވާލާ ކުރި މުޒާހަރާއެއްގައި

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ލިޔުންތެރިޔާ ޔާމީން ރަޝީދު، ރިލްވާނަށްވީގޮތެއް ހޯދައިދިނުމަށް ގޮވާލާ ކުރި މުޒާހަރާއެއްގައި | ޓްވިޓަރ

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ލިޔުންތެރިޔާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި މިނިވަން ތަހުގީގެއް ކުރުމަށް އދ ގެ ތަޖުރިބާކާރުންގެ ގްރޫޕަކުން ގޮވާލައިފިއެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ބެހޭ އދ ގެ ޚާއްސަ ރެޕަޓުއަރ، ޑޭވިޑް ކޭ، އިންސާނީ ޚައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކާއި ބެހޭ އދ ގެ ޚާއްސަ ރެޕަޓުއަރ، މިޝެލް ފްރޮސްޓް އަދި ދީނީ މިނިވަންކަމާ ބެހޭ އދ ގެ ޚާއްސަ ރެޕަޓުއަރ، އަހުމަދު ޝަޙީދު ހިމެނިވަޑައިގަންނަވާ މި ގްރޫޕުން ބުނެފައިވަނީ، ޔާމީންގެ މަރުގެ މައްސަލައިގައި މިނިވަން ތަހުގީގެއް ކުރުމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ގޮވާލައްވާފައިވާ ގޮވާލެއްވުން ތަކުރާރު ކުރާ ކަމަށާއި، ޔާމީން މަރާލުމުގައި ބައިވެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

މިނިވަންކަމާއި، ރައްކާތެރިކަމާއި އެކު ރައްޔިތުންނަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދިމަށްވެސް އދގެ ތަޖުރިބާކާރުންގެ ގްރޫޕުން ވަނީ ގޮވާލާފައެވެ.

މި މައްސަލައިގައި ފުލުހުން މިހާރުވެސް ތަހުގީގެއް ކުރަމުންދާ ކަމަށާއި، އެ ތަހުގީގަށް ބަޔަކު ހައްޔަރުކޮށްފައިވާކަން ފާހަގަކުރެވިފައިވާކަން ބަޔާންކޮށް، އެ ގްރޫޕުން ވަނީ މި ތަހުގީގު ކުރިއަށް ދިޔަ ނަމަވެސް، ޤާނޫނު ތަންފީޒު ކުރާ ފަރާތްތަކުގެ އަތުގައި ހުރި ހުރިހާ ވަޞީލަތެއް ބޭނުންކޮށްގެން ހުޅުވާލެވިފައިވާ މިނިވަން، އިންސާފު ތަހުގީގެއް ކުރިއަށްގެންދިއުމަށް ގޮވާލާފައެވެ. އަދި މިގޮތަށް ކުރިއަށްގެންދާ ތަހުގީގެއްގައި ޔާމީން ރަޝީދުގެ މަރުގެ އިތުރުން، ނުސްވެރިޔާ އަޙުމަދު ރިލްވާން ގެއްލުވާލި މައްސަލަވެސް ބެލުމަށް އެފަރާތްތަކުން ވަނީ ގޮވާލާފައެވެ.

އޭޕްރީލް 22 ވަނަ ދުވަހުގެ ރޭ، ހަށިގަނޑުގެ އެތައް މިތަނަށް ވަޅި ހަރައި އުމުރު 29 އަހަރުގެ ޔާމީން މަރާލި މައްސަލައިގައި މިހާތަނަށް 6 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ނޫސްވެރިޔާ އަހްމަދު ރިލްވާންގެ އެކުވެރިޔާ، ޔާމީން މަރާލާފައި ވަނީ އޭނާ ދަންވަރު އޮފީހުގައި އުޅުމަށް ފަހު، ހިނގާފައި ގެއަށް ގޮސް ވަތް ވަގުތެވެ. އޭނާގެ ހަށިގަނޑުގެ އެތަން މިތަނަށް ވަޅި ހަރައި މަރާލިކަމަށް ތުހްމަތު ކުރެވޭ ދެ މީހުންގެ ފޮޓޯ ފުލުހުން އާންމުކޮށްފައިވާއިރު، އެއީ ކޮން ބައެއް ކަމެއް، އަދި ހައްޔަރު ކުރި މީހުންގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ފުލުހުން ހާމައެއް ނުކުރެއެވެ.

ޔާމީން މަރާލީ އޭނާއަށް މަރުގެ އެތައް އިންޒާރެއް ދެމުން ދިއުމަށް ފަހުއެވެ. އިންޒާރު ދިން ބައެއް މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައިވާއިރު، އޭނާއަށް ރައްކާތެރިކަން ދީފައެއް ނެތެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު