Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
ޝާތިރުގެ ކޮލަމް

ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމުކުރުމުގެ މުހިންމުކަން

ޓެކްނޮލޮޖީގެ މުޅިން އައު އުސްމިންތަަކަކަށް ރާއްޖެ ވާސިލްކޮށްދޭނެ

ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2022 | ބުދަ 19:44
ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ތައާރަފުކުރެވުނު ޕާސްޕޯޓް

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ތައާރަފުކުރެވުނު ޕާސްޕޯޓް

ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ޤާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާ މިހަފުތާގެ ތެރޭގައި ވަނީ ނިންމަވާފައެވެ. މިކަމަކީ މިގައުމަށް މިހާރު އެންމެ ބޭނުންތެރި ފައިދާހުރި ކަންކަމުގެ ތެރެއިން ކަމެެކެވެ. ޓެކްނޮލޮޖީގެ މުޅިން އައު އުސްމިންތަަކަކަށް ރާއްޖެ ވާސިލުވާނެ ކަމެކެވެ.

ޑިޖިޓަލް އައިޑެންޓިޓީ ޕްރޮޖެކްޓުގެ ތެރެއިން ހާސިލްވާނެ ކަންކަމުގެ ތެރޭގައި ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމެއް ގާއިމުކުރުމާއި ސްމާޓް ފޯނުތަކުގައި ބޭނުންކުރެވޭ ޑިޖިޓަލް އައިޑެންޓިޓީ އެޕްލިކޭޝަނެއް ތައާރަފުވުމާއި ބަޔޯމެޓްރިކް އައިޑެންޓިޓީގެ ނިޒާމެއް ގާއިމުވުމާއި ކޮންޓެކްޓްލެސް ސްމާޓް އައިޑެންޓިޓީ ކާޑެއް ތައާރަފުކުރުން ހިމެނެއެވެ.

އެންމެކުރީ ޒަމާނުއްސުރެ ނުވަތަ މީގެ އެތައްސަތޭކަ އަހަރެއް ކުރީއްސުރެ ވާރު ނެގުމުގެ ބޭނުމަށް ރާއްޖޭގެ ރަށްރަށުގެ މީހުންގެ އަދަދާއި ގޯތިގެދޮރުގެ ހިސާބުކިތާބު ލާމަރުކަޒީ ނިޒާމުން ބަލަހައްޓާފައިވެއެވެ. މީގެ 111 އަހަރު ކުރިން 1911 ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ ބޯހިމެނުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު އޭރު ރާއްޖޭގެ އާބާދީއަކީ 72،237 (ހަތްދިހަދެހާސް، ދުއިސައްތަ ތިރީސްހަތެއް) މީހުންނެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު 1939-1945ގައި ރާއްޖޭގައި ކާބޯތަކެތި ހަމަޖެއްސުމަށް ކޮންމެ ގެއަކަށް ކާޑެއް ދެވުނެވެ. އަދި އާބާދީގެ ނިސްބަތުން ކާބޯތަކެތީގެ ކަންކަން އިންތިޒާމު ކުރެވުނެވެ. ކަމާބެހޭ ސްޓޯރެއް ރާއްޖޭގެ ކޮންމެ ރަށެއްގައި ގާއިމު ކުރެވުނެވެ. ތައާރަފުކުރެވުނު ކާޑުގެ ސަބަބުން ކާބޯތަކެތި (ހަނޑޫ، ހަކުރު، ފުށް) ކާޑުގެ ބާވަތްތަކަށް ވިއެވެ. އަދި އިސްޓޯރު ކާޑުގެއަކަށްވިއެވެ. މިގޮތަށް ނަން ކިޔަން ފެށުނެވެ.

ވެރިރަށް މާލެއާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ވިހާމަރުވާ އާއި އަދި މިނޫންވެސް އިދާރީ މުހިންމު ހިސާބުކިތާބު ދުވަހުން ދުވަހަށް ލިޔެ ބަލަހައްޓަން މުޅި ރާއްޖޭގައި ފެށުނީ 1 ޖަނަވަރީ 1959 ގައެވެ. އެއީ ރަށްރަށުގައި އިދާރާތައް ގާއިމުކުރެވި ރަށްރަށުގެ އިދާރީ ހިންގުން ހަރުދަނާވި ދުވަސްވަރެވެ.

ދިވެހިރާއްޖެ 26 ޖުލައި 1965 ގައި މިނިވަންވުމަށްފަހު ރާއްޖޭގެ އަމިއްލަ ޕާސްޕޯޓް ތައާރަފުވިއެވެ. ދިވެހި ރައްޔިތުންގެ އައިޑެންޓިޓީ ކާޑެއްގެ މުހިންމުކަން 1980 ގެ ތެރޭގައި ވަޒަންކުރެވި ސަރުކާރުން ކަމާބެހޭ އިދާރާއެއް 1 މޭ 1984 ގައި ގާއިމު ކުރެއްވިއެވެ. އެއީ އައިޑެންޓިޓީ ކާޑު ޔުނިޓް (މިހާރު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން) އެވެ. އެޔުނިޓު ގާއިމުވުމާއެކު ދިވެހި ރައްޔިތުންނަށް އައިޑެންޓިޓީ ކާޑު ހަދަން ފެށުނެވެ. ފުރަތަމަ އާދައިގެ ކާޑެކެވެ. 1993 ގެ ފަހުން މިހާރުގެ ގޮތަަށް އައިޑެންޓިޓީ ކާޑު ޒަމާނީ ކުރެވުނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭ ބިސީއާއި ރެޖިސްޓަރީގެ ވާހަކަ ކޮޅެއް، މީގެ 110 އަހަރު ކުރިން ރާއްޖޭގައި ހުރީ 13781 ގެ

ގޭ ބިސީއާއި ރެޖިސްޓަރީގެ ވާހަކަ ކޮޅެއް، މީގެ 110 އަހަރު ކުރިން ރާއްޖޭގައި ހުރީ 13781 ގެ

16 އޯގަސްޓު 2023
ރާއްޖޭގައި 2 ވަނަ ރިސޯޓެއް ހުޅުވުނުތާ 50 އަހަރު - އެއީ ކުރެސެންޓު ޓޫރިސްޓު އޭޖެންސީގެ ފުރަތަމަ ރިސޯޓު

ރާއްޖޭގައި 2 ވަނަ ރިސޯޓެއް ހުޅުވުނުތާ 50 އަހަރު - އެއީ ކުރެސެންޓު ޓޫރިސްޓު އޭޖެންސީގެ ފުރަތަމަ ރިސޯޓު

12 ޑިސެމްބަރު 2022
ވޯލްޑްކަޕް ދިވެހީންނަށް ވަގުތުން ފެނުނުތާ 36 އަހަރު - މުޅިދުނިޔޭގައާއި ރާއްޖޭގައިވެސް ވޯލްޑްކަޕުގެ ފޯރި

ވޯލްޑްކަޕް ދިވެހީންނަށް ވަގުތުން ފެނުނުތާ 36 އަހަރު - މުޅިދުނިޔޭގައާއި ރާއްޖޭގައިވެސް ވޯލްޑްކަޕުގެ ފޯރި

22 ނޮވެމްބަރު 2022
ދިވެހިރާއްޖޭގައި ސުޕްރީމް ކޯޓު އުފެދުނުތާ 14 އަހަރު - ރާއްޖޭގެ ޝަރުޢީ ނިޒާމަކީ ހާސް އަހަރުވީ ނިޒާމެއް

ދިވެހިރާއްޖޭގައި ސުޕްރީމް ކޯޓު އުފެދުނުތާ 14 އަހަރު - ރާއްޖޭގެ ޝަރުޢީ ނިޒާމަކީ ހާސް އަހަރުވީ ނިޒާމެއް

19 ސެޕްޓެމްބަރު 2022
ރާއްޖޭގައި އެންމެފަހުން ބޮޑުވަޒީރަކު އިސްކުރެވުނުތާ 50 އަހަރު ރަންޔޫބީލު!

ރާއްޖޭގައި އެންމެފަހުން ބޮޑުވަޒީރަކު އިސްކުރެވުނުތާ 50 އަހަރު ރަންޔޫބީލު!

07 އޯގަސްޓު 2022

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު