Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
ޝާތިރުގެ ކޮލަމް

ރާއްޖޭގައި އެންމެފަހުން ބޮޑުވަޒީރަކު އިސްކުރެވުނުތާ 50 އަހަރު ރަންޔޫބީލު!

އެލައިޑް ހެލްތު ސަރވިސަސް ޓްރޭނިންގ ސެންޓަރ އުފެދުނީ އަޙްމަދު ޒަކީގެ ބޮޑުވަޒީރު ކަމުގައި

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު, ރާއްޖެ އެމްވީ | 7 އޯގަސްޓު 2022 | އާދީއްތަ 05:34
ދިވެހިރާއްޖޭގެ އެންމެފަހުގެ ބޮޑުވަޒީރު އަރިހުގައި އެމަނިކުފާނުގެ އޮފީހުގެ އިސްވެރިން

ދިވެހިރާއްޖޭގެ އެންމެފަހުގެ ބޮޑުވަޒީރު އަރިހުގައި އެމަނިކުފާނުގެ އޮފީހުގެ އިސްވެރިން

ދިވެހިރާއްޖޭގެ އެންމެފަހުގެ ބޮޑުވަޒީރު ހިޒް އެކްސެލަންސީ އަޙްމަދު ޒަކީގެ ޕްރައިމް މިނިސްޓަރ ކަމަށް އިސްކުރެވުނުތާ 50 އަހަރު ރަންޔޫބީލު ވީއެވެ. އެމަނިކުފާނު ބޮޑުވަޒީރު ކަން ކުރެއްވީ 1 އޮގަސްޓު 1972 އިން 6 މާރިޗު 1975 އަށެވެ. މި މުއްދަތުގެ ތެރޭގައި ދިވެހި ގައުމަށް ޒަމާނީ ބަދަލުތަކާއި ކުރިއެރުން ލިބުމާއި، ސިޔާސީ، އިޖުތިމާއީ، އިގުތިސާދީ އިސްލާހީ ބަދަލުތަކެއް އައިސް އެއިގެ ފައިދާ ލިބުމުގެ މަގުތައް ފަހިވިއެވެ. މި 50 އަހަރުގެ ގައުމީ ތަރައްގީގެ މުހިންމު ބިންގާތަކެއް އެޅުނީ އެއިރުއެވެ.

ހިޒް އެކްސެލަންސީ އަޙްމަދު ޒަކީގެ ބޮޑުވަޒީރު ކަމުގައި (1972 - 1975) ސަރުކާރު ހިންގެވިއިރުގެ މުހިންމު ބައެއް ކަންތައްތަކުގެ ތެރޭގައި، (މިހާރު ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެށުން ކަމުގައި ބަލާ) އެލައިޑް ހެލްތު ސަރވިސަސް ޓްރޭނިންގ ސެންޓަރ އުފެދުން ހިމެއެވެ. އަދި ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރ އުފެދުމާއި، މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީ އުފެދުމާއި، މީޓިއޮރޮލޮޖިކަލް ސެންޓަރ އުފެދުން ހިމެއެވެ. މަސްދޯނިފަހަރުގައި އިންޖީނުއަޅަން ފެށުނީވެސް އެއިރުއެވެ. ގައުމުތަކުގެ އެމްބެސީތައް ރާއްޖޭގައި ހުޅުވުންވެސް ފާހަގަކުރެވެއެވެ.

ބޭރުގެ ބޭންކްތައް ރާއްޖޭގައި ހުޅުވަން ފެށުނީވެސް އަޙުމަދު ޒަކީގެ ބޮޑުވަޒީރުކަމުގައެވެ. އެގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ރާއްޖޭގެ ގޮފި 1974 ގައި ހުޅުވުނެވެ. އިންޑިޔާ، ސިރީލަންކާ، އިނގިރޭސިވިލާތް، މިގައުމުތަކަށް ރާއްޖޭގެ ބޮޑުވަޒީރު ރަސްމީ ދަތުރުފުޅުތައް ކުރެއްވިއެވެ. އަދި އިންޑިޔާއާއި ސިރީލަންކާގެ ބޮޑުވަޒީރުން ފުރަތަމަ ފަހަރަށް ރަސްމީ ދަތުރުފުޅުތަކުގައި ރާއްޖެ ވަޑައިގަތުންވެސްމެއެވެ. ހިޒް އެކްސެލަންސީ އަޙްމަދު ޒަކީ ބޮޑުވަޒީރު ކަން ކުރެއްވީ ޚާރިޖީ ވަޒީރު ކަމާއެކުގައެވެ. އެމަނިކުފާނު ބޮޑުވަޒީރު ކަމުން ވަކިކުރެވުނު 6 މާރިޗު 1975 ބުރާސްފަތި އެއީ ރާއްޖޭގެ ފަހުގެ ސިޔާސީ ތާރީޚުގެ "ސިޔާސީ ބުރާސްފަތިތަކުގެ" ތެރެއިން "ކުޑަބުރާސްފަތި"އެވެ. އެއިގެ 1 އަހަރުކުރިން 13 ޖޫން 1974 ބުރާސްފަތި އެއީ ރާއްޖޭގެ ފަހުގެ ސިޔާސީ ތާރީޚުގެ "ސިޔާސީ ބުރާސްފަތިތަކުގެ" ތެރެއިން "ބޮޑުބުރާސްފަތި"އެވެ. މި "ސިޔާސީ 2 ބުރާސްފަތީގެ" "ސިޔާސީ ގުޅުން" ކުޑައެއް ނޫނެވެ! ނުހަނު ބޮޑެވެ! ދިވެހި ތާރީޚުގައި ހިނގާފައިވާ އެކަމަކު އެއިގެ ޙަޤީޤަތްތައް އަދި ހާމަނުވާ އާންމުނުވާ ސިޔާސީ 2 ބުރާސްފައްޗެވެ! ބައިގަރުނު ވާންކައިރިވާތީ، އެކަންކަމުގެ ޙަޤީޤަތްތައް ލިޔެވޭނެ އާންމު ކުރެވޭނެ ދުވަސްވަރު މިފެށެނީއެވެ.

ހިޒް އެކްސެލަންސީ އަޙްމަދު ޒަކީއަކީ ދައުލަތުގެ ވަރަށް މަތީ މަޤާމުތައް އަދާކުރެއްވި ޢިއްޒަތްތެރިއެކެވެ. ރައްޔިތުންގެ މަޖިލިސްގެ ރައީސްކަން ދެފަހަރު ކުރެއްވިއެވެ. ފުރަތަމަ ފަހަރު ޞާޙިބުއްސަޢާދަތު އަޙްމަދު ޒަކީ ރައްޔިތުންގެ މަޖިލިސްގެ ރައީސް ކަން ކުރެއްވީ 3 އޮކުޓޫބަރު 1959ން 1 އޮގަސްޓު 1972 އަށެވެ. އެއީ މަޙުކަމަތުއް ޝަރުޢިއްޔާގެ ވެރިޔާ(ޖަސްޓިސް މިނިސްޓަރ) ކަމާއެކުގައެވެ. އޮނަރަބްލް އަޙްމަދު ޒަކީ ރައްޔިތުންގެ މަޖިލިސްގެ ރައީސް ކަން ކުރެއްވީ 22 ފެބުރުވަރީ 1990ން 11 ނޮވެންބަރު 1993 އަށެވެ. އ.ދ.ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުކަން ދެފަހަރު ކުރެއްވިއެވެ. ފުރަތަމަ ފަހަރު 1978ން 1982 އަށެވެ. ދެވަނަ ފަހަރު 1993ން 1996 އަށެެވެ. އެއީ އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރ ކަމާއެކުގައެވެ. އެމަނިކުފާނު އަވަހާރަވީއިރު ހުންނެވީ މަޤާމުތަކުގައެވެ. އޮނަރަބްލް އަޙްމަދު ޒަކީ 1983 ން 1990ށް ދައުލަތުގެ ބަންޑާރަ ނައިބުކަން ކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ފަހުގެ ތާރީޚުގައި ކުރިމަތިވި އެންމެ ބޮޑު ޢުދުވާނީ ޙަމަލާ ނޮވެންބަރު 3، 1988ގެ ޢުދުވާނީ ޙަމަލާގެ ޝަރީޢަތްތަކުގައި ދައުލަތުގެ އެންމެމަތީ ވަކީލަކީ ދައުލަތުގެ ބަންޑާރަ ނައިބު އޮނަރަބްލް އަޙްމަދު ޒަކީއެވެ. އޮނަރަބްލް އަޙްމަދު ޒަކީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 16 އޭޕުރީލު 1931ގައި ފުރަމާލޭގައެވެ. މަންމާފުޅަކީ ވެލާނާގެ މެއްދީދިއެވެ. ބައްޕާފުޅަކީ ފާމުދޭރިގެ ތުއްތީދިއެވެ. އޮނަރަބްލް އަޙްމަދު ޒަކީ ދެ ކައިވެނިފުޅު ކުރެއްވިއެވެ. ފުރަތަމަ ރަސްކަލެއްގެ ދަރިކަނބަލުން އަމީރާއަކާއެވެ. (އެއިރު އެރަދުންގެ ރަސްކަން ނިމިއްޖެއެވެ.) ދެވަނައަށް ރަސްކަލެއްގެ (މާފަ) ކާފަދަރިކަނބަލުން ސުމުއްވުލްއަމީރު ކިލެގެ ބޮޑުވަޒީރު ދަރިކަނބަލުން ގޮމައަކާއެވެ. (ބޮޑުވަޒީރުގެ ބޮޑުވަޒީރު ކަމުގައެވެ.) އައްސުލްޠާން ޙަސަން ނޫރުއްދީނުގެ ދަރިކަނބަލުން އަލްއަމީރާ އަނީސާ ނޫރުއްދީނުގެ ބަނޑުފުޅުން ލިބިވަޑައިގަތީ ޢާމިރު ޒަކީއެވެ. ބޮޑުވަޒީރު ސުމުއްވުލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު އަދި އަލްއަމީރާ ޤުލިސްތާނު ޢިމާދުއްދީންގެ ދަރިކަނބަލުން ތުއްތުގޮމާ (އަންނަބީލާ ފާޠިމަތު އިބްރާހީމް ދީދީގެ ބަނޑުފުޅުން ލިބިވަޑައިގަތީ އޮނަރަބްލް ޢިސްމާޢީލް ޝަފީޢުއެވެ. އޮނަރަބްލް އަޙްމަދު ޒަކީ އަވަހާރަވީ 15 ނޮވެންބަރު 1996ގައި ސިންގަޕޫރުގައެވެ.

ބޮޑުވަޒީރު އަޙްމަދު ޒަކީދިވެހިރާއްޖެ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025
އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ދެ އަހަރަށް ފަސްކޮށްފި

އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ދެ އަހަރަށް ފަސްކޮށްފި

03 ޑިސެމްބަރު 2025
ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

01 ޑިސެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

27 ފެބުރުއަރީ
ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!
20251 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"
20242 އަހަރު ކުރިން
ރާއްޖެ

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން
20224 އަހަރު ކުރިން
ދުނިޔެ

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި
20215 އަހަރު ކުރިން
ރާއްޖެ

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް
20197 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް
20188 އަހަރު ކުރިން
ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު