Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
ޝާތިރުގެ ކޮލަމް

ދިވެހި މަސައްކަތްތެރިން އިތުރު ވެފައި - ރާއްޖޭގައި ޒަމާނީ ލޭބަރ ފޯސްއެއް އުފެދުނީ މީގެ 60 އަހަރުކުރިން އައްޑޫގައި

މިއަދު ރާއްޖޭގެ ލޭބަރ ފޯސްގައި ދިވެހީންނަށްވުރެ ބިދޭސީން ގިނަ

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު, ރާއްޖެ އެމްވީ | 7 މެއި 2022 | ހޮނިހިރު 10:59
އައްޑު އަތޮޅޫ ގަމުގެ ބައެއް މަސައްކަތްތެރިން

އައްޑު އަތޮޅޫ ގަމުގެ ބައެއް މަސައްކަތްތެރިން

ދިވެހިންނަކީ އެންމެކުރީ ޒަމާންތަކުން ފެށިގެން ހީވާގި މުރާލި މަސައްކަތްތެރި ބައެކެވެ.

މަސްވެރިކަމެވެ. ދަނޑުވެރިކަމެވެ. ރާވެރިކަމެވެ. ކަނބުރުވެރިކަމެވެ. ތިލޭރުކަމެވެ. ގަލުވަޑާމެވެ. ކިއްސަރުވަޑާމެވެ. ތެދުއުއިވަޑާމެވެ. އަތްތެރިކަމުގެ ތަފާތު މަސައްކަތްތަކެވެ. މިހުރިހާ މަސައްކަތްތަކަކީ ދިވެހީން މީގެ 1000 އަހަރު ކުރިންވެސް ވަރަށް މޮޅުކޮށް ކުޅަދާނަކަމާއެކު ކޮށްއުޅުނު މަސައްކަތްތަކެކެވެ. މަސްވެރިކަމުގެ މަސައްކަތްތަކާއި ދަނޑުވެރިކަމުގެ މަސައްކަތްތައް ހިމެނިފައި ވަނީ، އެންމެކުރީގެ ޒަމާންތަކުން ފެށިގެން 1970ގެ އަހަރުތަކާއި ހަމަޔަށް ރާއްޖޭގެ އެންމެބޮޑު ސިނާއީ މަސައްކަތްތައް ކަމުގައެވެ.

މީގެ110 އަހަރުކުރިން ރާއްޖޭގެ ފުރަތަމަ ބޯހިމެނުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު 1912ގައި ރާއްޖޭގެ 72,000ގެ އާބާދީގެ މަސައްކަތު ފިރިހެނުންގެ 40 އިންސައްތަ މީހުންގެ މަސައްކަތަކީ މަސްވެރިކަމެވެ.

އެއީ 14,000އަށްވުރެ ގިނަފިރިހެނުންނެވެ. އަދި 1912ގައި ރާއްޖޭގެ މަސައްކަތު އަންހެނުންގެ އާބާދީގެ 34 އިންސައްތަ އަންހެނުންނަކީ ބޮނބިތަޅާ ރޯނުވެށުމުގެ މަސައްކަތްކުރި އަންހެނުންނެވެ. އެއީ 10,000އަށްވުރެ ގިނައަންހެނުންނެވެ. މިއިން ސާބިތުވަނީ ދިވެހި ފިރިހެނުންނާއި ދިވެހި އަންހެނުންގެ މުރާލިކަމާއި މަސައްކަތްތެރިކަމެވެ.

ރާއްޖޭގެ އަމިއްލަ ދާއިރާ (ޕްރައިވެޓް ސެކްޓަރ)ގައި ނިޒާމީ ލޭބަރފޯސްއެއް ނުވަތަ ވަޒީފާ އަދާކޮށް މުސާރަ ލިބޭ ނިޒާމެއް، ރާއްޖޭގައި ފުރަތަމަ ތައާރަފުވީ 1950ގެ އަހަރުތަކުގެ ފަހުކޮޅު އައްޑުއަތޮޅުގައެވެ.

މީގެ 50 އަހަރުކުރިން، 1970ގެ އަހަރުތަކުގައި ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުވުމާއެކު ރާއްޖޭގައި ޒަމާނީ ލޭބަރފޯސްއެއް އުފެދުނެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމަށް 20 އަހަރުވީއިރު، ފަތުރުވެރިކަން ވަނީ ރާއްޖޭގެ އިގުތިސާދުގެ 1ވަނަ ސިނާއަތަށްވެފަައެވެ. މިއީ ފަތުރުވެރިކަމުގެ 50 އަހަރު ރަންޔޫބީލު މުނާސަބު ވަގުތު ކަމަށްވީހިނދު، މީގެ 20 އަހަރުކުރިން 2000ގެ އަހަރުތައް ފެށުނުއިރު، ރާއްޖޭގެ ފަތުރުވެރިކަމަށް ދުނިޔޭގެ ފެންވަރުގެ އެވޯޑްތައް ލިބެން ވަނީ ފަށާފައިކަން ފާހަގަކުރެވެއެވެ.

އޭގެފަހުގެ އަހަރުތަކާއި މިހާރު ރާއްޖޭގެ ފަތުރުވެރިކަން މިވަނީ އެތައް ރޮނގަކުން ދުނިޔޭގެ 1ވަނަ ދަރަޖައިގައިކަން ފާހަގަކުރެވެއެވެ.

މިއަދު ރާއްޖޭގެ ލޭބަރ ފޯސްގައި ދިވެހީންނަށްވުރެ ބިދޭސީން ގިނައެވެ. އެތަށް އެތަށް ގުނައަކަށެވެ. އެމީހުން ވަނީ ދިވެހިންގެ މަސައްކަތް ދަސްކޮށްފައެވެ. އަދި ނޫންނަމަ ބައެއް މަސައްކަތް ދިވެހިންނަށް ވުރެ މޮޅަށް އެމީހުން ކުރެއެވެ. ރޭނުމާއި ވަޑާން ކުރުމެވެ. ފެހުމާއި ބޯކޮށުންފަދަ މަސައްކަތްތައް އަގަށް ކުރާތީ މިއަދު ގިނައިން ފެންނަނީ ބިދޭސީންނެވެ. މިއީ ރާއްޖޭގެ އިގްތިސާދަށް ވެސް ހުރި ބޮޑު ގެއްލުމެކެވެ. ބިދޭސީން ހޯދާ ފައިސާ ފޮނުވާނީ ގައުމުން ބޭރަށް ކަމަށް ވާތީ އެވެ.

ވީމާ، ދިވެހި މަސައްކަތްތެރިންގެ މަސައްކަތުގެ ސުލޫކު ރަނގަޅުކޮށް ދިވެހި މަސައްކަތްތެރިން ވަނީ މާބޮޑަށް އިތުރުކުރަން ޖެހިފައެވެ. ސަރުކާރާއި އަމިއްލަ ފަރާތްތައް އަދި އަފްރާދުންގެ ފެންވަރުގައި މިކަމާއި މެދު ފުންކޮން ވިސްނާ މިކަން ބަދަލު ކުރަން އެބަޖެހެއެވެ. ބޭރަށްދާ ފައިސާ ގައުމުގައި ހިފެހެއްޓޭނީ އޭރުންނެވެ.

ކޮންމެ މަސައްކަތަކީވެސް މުހިންމު މަސައްކަތެކެވެ. މިގައުމު ކުރިއެރުވެން އޮތީ މަސައްކަތުންނެވެ. މިތާނގައިވާ ހުނަރުވެރިންގެ ހިންމަތުންނެވެ. ކޮންމެ ގޮތެއް ވަރިހަމަ ވެގެން ނުތިބެމާ ތޯއެވެ.

އައްޑޫ ގަމުގެ ބައެއް މަސައްކަތްތެރިންއައްްޑޫ ސިޓީމަސައްކަތްތެރިން

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު