Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔޫކްރޭންގެ ހާލަތު

ޔޫކްރޭންގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަނީ

ޔޫކްރޭންގައި އިއުލާންކުރާ ކުއްލި ނުރައްކަލުގެ ހާލަތު، އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ފާސްކުރާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2022 | ބުދަ 12:42
ޔޫކްރޭން - 30 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ވަނީ ނިންމާފައި

ޔޫކްރޭން - 30 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ވަނީ ނިންމާފައި

ރަޝިއާއާ ޔޫކްރޭނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެން ޔޫކްރޭނުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ނިންމައިފިއެވެ.

މުޅި ޔޫކްރޭންގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ނިންމައި، ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގައުމު ގެނައުމަށް ނިންމާފައިވާ ކަމަށް އެގައުމުގެ ނެޝަނަލް ސެކިއުރިޓީ އެންޑް ޑިފެންސް ކައުންސިލުން ވަނީ ބުނެފައެވެ. ޔޫކްރޭންގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ނަމަވެސް، އެއަށް އަމަލުކުރަން ފަށާނީ ގާނޫނު ހަދާ މަޖިލީހުން އެކަމަށް ހުއްދަ ދިނުމުންނެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުގައި ބުނެފައިވަނީ, ޔޫކްރޭންގައި އިއުލާންކުރާ ކުއްލި ނުރައްކަލުގެ ހާލަތު އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ފާސްކުރާނެއެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަނީ 30 ދުވަހުގެ މުއްދަތަކަށެވެ. އަދި އިތުރު 30 ދުވަހަށް ދަމަހައްޓާނެކަމަށް ބެލެވެއެވެ.

ޔޫކްރޭންގެ ނެޝަނަލް ސެކިއުރިޓީ އެންޑް ޑިފެންސް ކައުންސިލްގެ ސެކްރެޓަރީ އޮލެކްސީ ޑެނިލޯވް ވިދާޅުވީ, ޔޫކްރޭންގެ ހުރިހާ ހިސާބެއްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވިގެންދާއިރު، މީގެ ތެރޭގައި ދާދި ފަހުން ޔޫކްރޭނުން ވަކިވި ޑޮނެޓްސްކް ޕީޕަލްސް ރިޕަބްލިކާއި ލުހަންސްކް ޕީޕަލްސް ރިޕަބްލިކް ނުހިމެނޭނެކަމަށެވެ.

އޭނާ ވިދާޅުވީ ރަޝިއާއިން މަސައްކަތް ކުރަނީ ޔޫކްރޭންގެ އެތެރެއަށް ވަދެ ގައުމު ހުއްޓުވާލަން ކަމަށާއި، އެއީ އެމީހުން ހާސިލްކުރަން ބޭނުންވާ ކަންތައް ކަމަށެވެ. އަދި އެކަން ހުއްޓުވުމަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަން ނިންމައި, އެކަން އިއުލާން ކުރާނެކަމަށެވެ.

ކީވްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެނިލޯވް ވިދާޅުވީ, ކުއްލި ނުރައްކަލުގެ ހާލަތާއެކު, ގާނޫނުގެ ނެގެހެއްޓުމުގެ ކަންކަން ވަރުގަދަކޮށް, ނާޒުކު ތަންތަނުގެ ސެކިއުރިޓީ ވަރުގަދަކުރެވިގެންދާނެ ކަމަށެވެ. މީގެ އިތުރުން ދަތުރުފަތުރުކުރާ ބައެއް ބާވަތްތަކުގެ އުޅަނދުތައް ޗެކްކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށެވެ. އަދި މިއީ ގައުމުގެ ހަމަޖެހުމާއި އަމާންކަން ކަށަވަރުކޮށް ގައުމުގެ އިގުތިސާދު ހުއްޓުމަކަށް ނައިސް ކުރިއަށް ގެންދިއުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ޔޫކްރޭންގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަން ނިންމާފައިވާއިރު، އެގައުމުގައި ތިބި ރަޝިއާގެ ޑިޕްލޮމެޓުން އަނބުރާ ގައުމަށް ގެންދިއުމުގެ މަސައްކަތް ރަޝިއާއިން ވަނީ ފަށާފައެވެ.

ޔޫކްރޭންގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަން ނިންމިއިރު، ޔޫކްރެއިނުން ވަކިވެގަނެފައިވާ ޑޮނެޓްސްކް ޕީޕަލްސް ރިޕަބްލިކާއި ލުހަންސްކް ޕީޕަލްސް ރިޕަބްލިކާއެކު ރަޝިޔާއިން ވަނީ އަންގާރަ ދުވަހު ސިޔާސީ ގުޅުން ގާއިމުކޮށްފައެވެ.

ރަޝިޔާއިން މި ގާއިމުކުރި ގުޅުމާއެކު, ޔޫކްރެއިންގެ އިރުމަތީ ސަރަހައްދު ބޯޑަރުގެ ބޮޑު ބަޔަކަށް ރަޝިޔާއަށް ބާރުފޯރުވޭނެއެވެ. އަދި ހަމަލާއެއްދޭ ހާލަތެއްގައި އެކަން ކުރުމަށްވެސް ރަޝިޔާއަށް ފަސޭހަވެގެންދާނެއެވެ.

ޔޫކްރެއިންގެ އިރުމަތީ ސަރަހައްދަކީ ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި ރަޝިޔާއިން ބަލައިގަތުމަށް ނިންމިކަން އިއުލާނުކޮށް، އަންގާރަ ދުވަހު, އެ ސަރަހައްދުތަކުގެ ސުލްހަ ބަލަހައްޓަން ކަމަށް ވިދާޅުވެ, ރަޝިޔާގެ ސިފައިން އެސަރަހައްދަށް އަރަން އެ ގައުމުގެ ރައީސް ވްލަޑްމިއަރ ޕުޓިން ވަނީ އަމުރުކުރައްވާފައެވެ. ޔޫކްރެއިންގެ އިރުމަތީގައި އޮންނަ މި ދެސަރަހައްދަކީ ވަކި މިނިވަން ދެ ދައުލަތުގެ ގޮތުގައި ބަލައިގަތުމަށް ނިންމަވާފައިމިވަނީ އެފަދަ ކަމެއް ނުކުރުމަށް ހުޅަނގުން ތަކުރާރުކޮށް އިންޒާރު ދެމުންދަނިކޮށެވެ.

ހުޅަނގުން ވަނީ ރަޝިޔާއިން އެ ދެސަރަހައްދު ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގެންފިނަމަ, އެކަން ވެގެންދާނީ ގާނޫނާ ޚިލާފު އަދި ސުލްހައިގެ ވާހަކަތައް މަރާލުންކަމަށް ބުނެފައެވެ. ޔޫކްރެއިންގެ އިރުމަތީ ދެ ސަރަހައްދަކީ މިނިވަން ދެ ދައުލަތުގެ ގޮތުގައި ބަލައިގަތުމަށް ޕުޓިން ނިންމެވީ ސެކިޔުރިޓީ ކައުންސިލްގެ ބައްދަލުވުމަކަށްފަހުއެވެ.

ޓީވީ މެދުވެރިކުރައްވައި ރަޝިޔާގެ ރައްޔިތުންނާއި މުޚާތަބުކުރައްވަމުން ޕުޓިން ޔޫކްރެއިން ސިފަކުރެއްވީ ރަޝިޔާގެ ބައެއްގެ ގޮތުގައެވެ. ޕުޓިން ވިދާޅުވީ އިރުމަތީ ޔޫކްރެއިންއަކީ ރަޝިޔާގެ ތާރީޚަށް ބަލާއިރު ރަޝިޔާގެ ބިމެއްކަމަށެވެ. އަދި ޕުޓިންގެ މިނިންމެވުމަށް ރަޝިޔާގެ ރައްޔިތުން ގަބޫލުވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ޕުޓިން ވިދާޅުވިއެވެ.

މީގެއިތުރުން ޕުޓިންގެ ވާހަކަފުޅުގައި ވަނީ, ޔޫކްރެއިންއަކީ ދުވަހަކުވެސް އަމިއްލަ ދައުލަތެއްގެ ސިފަ ލިބިފައިވާ ގައުމެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި ސޯވިއެޓް ޔޫނިއަންއަށްފަހު ޔޫކްރެއިނުން, ރަޝިޔާގެ ފުށުން ހުރިހާ ކަމެއް ބޭނުންވާކަމަށާއި ނަމަވެސް ބަދަލެއްގެ ގޮތުން ރަޝިޔާއަށް އެއްވެސް އެއްޗެއް ދޭން ބޭނުންނުވާކަމަށް ވިދާޅުވިއެވެ.

ޔޫކްރެއިންގެ އިރުމަތީ ސަރަހައްދަކީ ރަޝިޔާއިން 2014 ވަނަ އަހަރު ޔުކްރެއިންގެ ކްރައިމިއާ ހިފުމާއެކު ވަކިވެގަތުމަށް މަސައްކަތްކުރާ ބައެކެވެ. ޑޮންބަސްގެ ނަމުން ނަންދީފައިވާ އެ ސަރަހައްދުގެ ހަމަނުޖެހުމުގައި މިހާތަނަށް 140،000 މީހުން މަރުވެފައި ވާއިރު ރަޝިޔާއިން އަންނަނީ ޔޫކްރެއިނުން ވަކިވެގަތުމަށް މަސައްކަތްކުރާ މީހުންނަށް އެހީތެރިވެދެމުންނެވެ.

ޔުކްރެއިން

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި

ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި

29 ނޮވެމްބަރު 2025
ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ޕްލޭން އާ ގުޅިގެން ޔޫކްރެއިން ގެ ކުރިމަތީގައި ވަނީ ވަރަށް އުނދަގޫ ނިންމުމެއް: ރައީސް ޒެލެންސްކީ

ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ޕްލޭން އާ ގުޅިގެން ޔޫކްރެއިން ގެ ކުރިމަތީގައި ވަނީ ވަރަށް އުނދަގޫ ނިންމުމެއް: ރައީސް ޒެލެންސްކީ

22 ނޮވެމްބަރު 2025
100 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ މައްސަލައިގައި ޔުކްރެއިންގެ ޖަސްޓިސް މިނިސްޓަރ ސަސްޕެންޑް ކޮށްފި

100 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ މައްސަލައިގައި ޔުކްރެއިންގެ ޖަސްޓިސް މިނިސްޓަރ ސަސްޕެންޑް ކޮށްފި

12 ނޮވެމްބަރު 2025
ޔުކްރެއިންގެ ޤާނޫނު ހަދާ މަޖިލީހުގެ ކުރީގެ ރައީސް ޕަރުބީ އަށް ހަމަލާދީ އަވަހާރަ ކޮށްލައިފި

ޔުކްރެއިންގެ ޤާނޫނު ހަދާ މަޖިލީހުގެ ކުރީގެ ރައީސް ޕަރުބީ އަށް ހަމަލާދީ އަވަހާރަ ކޮށްލައިފި

31 އޯގަސްޓު 2025
ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

18 ޖުލައި 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު