Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުން

ޔޫކްރެއިން އިން އެނބުރި އަންނަން ބޭނުންވާ ދަރިވަރުންނަށް މާލީ އެހީތެރިކަން ދެނީ

ޔޫކްރެއިންގައި ތިބި ހުރިހާ ދަރިވަރުން ރާއްޖެ ގެނައުމަށް ބޮޑު އޮޕަރޭޝަނެއް އަދި ނުހިންގާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2022 | އަންގާރަ 09:39
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މަސްރަހު ހޫނުވެ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ހީވެފައިވާ ޔޫކްރެއިންގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ސަރުކާރުން ބުނެފިއެވެ.

ޔޫކްރެއިންގެ އިރުމަތީ ދެ ސަރަހައްދެއް އެއީ ވަކި ދެ ދައުލަތެއްގެ ގޮތުގައި ކަނޑައެޅުމަށް ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ނިންމަވާފައިވާއިރު މަސްރަހު ވަނީ ކުރިޔަށްވުރެ ބޮޑަށް ހޫނުވެ ސުލްހައިގެ މަގު ވަރަށް ބޮޑަށް ބަންދުވާ ހިސާބުގައެވެ.

Advertisement - newsAdvertisement

އެއާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުން ރާއްޖެ ގެނައުމަށް ފޮރިން މިނިސްޓްރީއަށް އަންގަވާފައެވެ.

އެއާއެކު ފޮރިން މިނިސްޓްރީން ބުނީ ޔޫކްރެއިންގައި ތިބި ހުރިހާ ދަރިވަރުން ރާއްޖެ ގެނައުމަށް ބޮޑު އޮޕަރޭޝަނެއް އަދި ނުހިންގާނެކަމަށެވެ. އަދި ރާއްޖެ އަންނަން ބޭނުންވާ ދަރިވަރުންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ވަނީ ބުނެފައެވެ. ޔޫކްރެއިން އަށް މިހާރުވެސް ފްލައިޓްތައް ދަތުރުކުރާކަމަށާއި ބޯޑަރުތައް އަދިވެސް ހުރީ ހުޅުވާފައިކަމުން ކޮމާޝަލް ފްލައިޓްގައި ދަތުރުކުރެވޭނެކަމަށް ވަނީ ބުނެފައެވެ.

"ރާއްޖެއެމްވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޔޫކްރެއިންގެ ޚާރްކީވްގައި ތިބި ބައެއް ދަރިވަރުން ބުދަ ދުވަހު ރާއްޖެ އަންނާނެއެވެ. އެސިޓީގައި ދިވެހި 34 ދަރިވަރުން ތިބިއިރު އެއީ ބޯޑަރު ސަރަަހައްދާއި އެންމެ ކައިރީގައި އޮންނަ ސިޓީވެސްމެއެވެ.

ފޮރިން މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ ޔޫކްރެއިންގައި ތިބި 50ށް ވުރެ ގިނަ ދިވެހިންގެ ހާލަތު ބަލަމުންދާކަމަށެވެ. ދިވެހިން ދިރިއުޅެނީ މައިގަނޑު ދެ ސަރަަހައްދެއްގައި ކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ފޮރިން މިނިސްޓްރީން އަންނަނީ ޔޫކްރެއިންގެ ބަދަލުވަމުން އަންނަ މަސްރަހު ގާތުން ބަލަމުންކަމަށްވެސް ވަނީ ބުނެފައެވެ.

ފޮރިން މިނިސްޓްރީން ވަނީ ޔޫކްރެއިންގެ މަޝްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި، ދިވެހި ރައްޔިތުން އެ ޤައުމަށް ދަތުރު ނުކުރުމަށް އިލްތިމާސް ކޮށްފައެވެ. 

ރަޝިޔާގެ ރައީސްގެ ނިންމެވުމާއެކު ޔޫކްރެއިންގެ މަސްރަހު ހޫނުވެފައިވާއިރު އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ވަނީ ރަޝިޔާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ. އަދި ޕުޓިންގެ މިނިންވެމަކީ ސުލްހައިގެ މަގު މަރާލުންކަމަށް ވަނީ ބުނެފައެވެ.

ޕުޓިން ވަނީ އިރުމަތީ ޔޫކްރެއިންގެ ދެ ސަރަަހައްދެއް ވަކި ދެ ދައުލަތެއްގެ ގޮތުގައި ބަލައިގަނެ އެސަރަހައްދުގައި ސުލްހަ ގާއިމުކުރުމަށް ކަމަށް ވިދާޅުވެ އަސްކަރީ ފައުޖުތައް އެސަރަހައްދަށް ދިޔުމަށް އަމުރުކުރައްވާފައެވެ.

ޔުކްރެއިންރައީސް ސޯލިހު

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި

29 ނޮވެމްބަރު 2025
ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި
22 ނޮވެމްބަރު 2025

ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ޕްލޭން އާ ގުޅިގެން ޔޫކްރެއިން ގެ ކުރިމަތީގައި ވަނީ ވަރަށް އުނދަގޫ ނިންމުމެއް: ރައީސް ޒެލެންސްކީ

22 ނޮވެމްބަރު 2025
ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ޕްލޭން އާ ގުޅިގެން ޔޫކްރެއިން ގެ ކުރިމަތީގައި ވަނީ ވަރަށް އުނދަގޫ ނިންމުމެއް: ރައީސް ޒެލެންސްކީ
12 ނޮވެމްބަރު 2025

100 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ މައްސަލައިގައި ޔުކްރެއިންގެ ޖަސްޓިސް މިނިސްޓަރ ސަސްޕެންޑް ކޮށްފި

12 ނޮވެމްބަރު 2025
100 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ މައްސަލައިގައި ޔުކްރެއިންގެ ޖަސްޓިސް މިނިސްޓަރ ސަސްޕެންޑް ކޮށްފި
31 އޯގަސްޓު 2025

ޔުކްރެއިންގެ ޤާނޫނު ހަދާ މަޖިލީހުގެ ކުރީގެ ރައީސް ޕަރުބީ އަށް ހަމަލާދީ އަވަހާރަ ކޮށްލައިފި

31 އޯގަސްޓު 2025
ޔުކްރެއިންގެ ޤާނޫނު ހަދާ މަޖިލީހުގެ ކުރީގެ ރައީސް ޕަރުބީ އަށް ހަމަލާދީ އަވަހާރަ ކޮށްލައިފި
18 ޖުލައި 2025

ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

18 ޖުލައި 2025
ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު