Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުން

ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުން ރާއްޖެ ގެނައުމަށް ރައީސް އަންގަވައިފި

ރާއްޖެ އަންނަން ބޭނުންވާ ދަރިވަރުން ރާއްޖެ ގެނައުމަށް ފޮރިން މިނިސްޓްރީއަށް ރައީސް ވަނީ އަންގަވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 22 ފެބުރުއަރީ 2022 | އަންގާރަ 09:02
ޔޫކްރެއިންގައި ތިބި ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުން

ޔޫކްރެއިންގައި ތިބި ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުން

މަސްރަހު ހޫނުވެ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ހީވެފައިވާ ޔޫކްރެއިންގައި ކިޔަވަމުންދާ ދިވެހި ދަރިވަރުން ރާއްޖެ ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހު އަންގަވައިފިއެވެ.

ޔޫކްރެއިންގެ އިރުމަތީ ދެ ސަރަހައްދެއް އެއީ ވަކި ދެ ދައުލަތެއްގެ ގޮތުގައި ކަނޑައެޅުމަށް ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ނިންމަވާފައިވާއިރު މަސްރަހު ވަނީ ކުރިޔަށްވުރެ ބޮޑަށް ހޫނުވެ ސުލްހައިގެ މަގު ވަރަށް ބޮޑަށް ބަންދުވާ ހިސާބުގައެވެ.

Advertisement - newsAdvertisement

ރައީސްގެ މިނެންވުމާއި ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރާއްޖެ އަންނަން ބޭނުންވާ ދަރިވަރުން ރާއްޖެ ގެނައުމަށް ފޮރިން މިނިސްޓްރީއަށް ރައީސް އަންގަވާފައިވާކަމަށެވެ. އަދި ޔޫކްރެއިންގައި ތިބި ހުރިހާ ދަރިވަރުން ރާއްޖެ އަންނަން ބޭނުންނުވާކަމަށް މަބްރޫކް ވިދާޅުވިއެވެ. އެދަރިވަރުން ރާއްޖެ ގެނައުމުގައި ސަރުކާރުން ވެދޭނީ ފައިސާގެ އެހީތެރިކަންކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ ޔޫކްރެއިންގައި ތިބި ހުރިހާ ދަރިވަރުން ރާއްޖެ ގެނައުމުގެ މަސައްކަތް ނުކުރާނެކަމަށެވެ. އަދި ރާއްޖެ އަންނަން ބޭނުންވާ ދަރިވަރުންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ވަނީ ބުނެފައެވެ. ޔޫކްރެއިން އަށް މިހާރުވެސް ފްލައިޓްތައް ދަތުރުކުރާކަމަށާއި ބޯޑަރުތައް އަދިވެސް ހުރީ ހުޅުވާފައިކަމުން ކޮމާޝަލް ފްލައިޓްގައި ދަތުރުކުރެވޭނެކަމަށް ވަނީ ބުނެފައެވެ.

"ރާއްޖެއެމްވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޔޫކްރެއިންގެ ޚާރްކީވްގައި ތިބި ބައެއް ދަރިވަރުން ބުދަ ދުވަހު ރާއްޖެ އަންނާނެއެވެ. އެސިޓީގައި ދިވެހި 34 ދަރިވަރުން ތިބިއިރު އެއީ ބޯޑަރު ސަރަަހައްދާއި އެންމެ ކައިރީގައި އޮންނަ ސިޓީވެސްމެއެވެ.

ފޮރިން މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ ޔޫކްރެއިންގައި ތިބި 50ށް ވުރެ ގިނަ ދިވެހިންގެ ހާލަތު ބަލަމުންދާކަމަށެވެ. ދިވެހިން ދިރިއުޅެނީ މައިގަނޑު ދެ ސަރަަހައްދެއްގައި ކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ފޮރިން މިނިސްޓްރީން އަންނަނީ ޔޫކްރެއިންގެ ބަދަލުވަމުން އަންނަ މަސްރަހު ގާތުން ބަލަމުންކަމަށްވެސް ވަނީ ބުނެފައެވެ.

ފޮރިން މިނިސްޓްރީން ވަނީ ޔޫކްރެއިންގެ މަޝްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި، ދިވެހި ރައްޔިތުން އެ ޤައުމަށް ދަތުރު ނުކުރުމަށް އިލްތިމާސް ކޮށްފައެވެ. 

ޔުކްރެއިންޚާރިޖީ ވުޒާރާ

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި

29 ނޮވެމްބަރު 2025
ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި
22 ނޮވެމްބަރު 2025

ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ޕްލޭން އާ ގުޅިގެން ޔޫކްރެއިން ގެ ކުރިމަތީގައި ވަނީ ވަރަށް އުނދަގޫ ނިންމުމެއް: ރައީސް ޒެލެންސްކީ

22 ނޮވެމްބަރު 2025
ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ޕްލޭން އާ ގުޅިގެން ޔޫކްރެއިން ގެ ކުރިމަތީގައި ވަނީ ވަރަށް އުނދަގޫ ނިންމުމެއް: ރައީސް ޒެލެންސްކީ
12 ނޮވެމްބަރު 2025

100 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ މައްސަލައިގައި ޔުކްރެއިންގެ ޖަސްޓިސް މިނިސްޓަރ ސަސްޕެންޑް ކޮށްފި

12 ނޮވެމްބަރު 2025
100 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ މައްސަލައިގައި ޔުކްރެއިންގެ ޖަސްޓިސް މިނިސްޓަރ ސަސްޕެންޑް ކޮށްފި
31 އޯގަސްޓު 2025

ޔުކްރެއިންގެ ޤާނޫނު ހަދާ މަޖިލީހުގެ ކުރީގެ ރައީސް ޕަރުބީ އަށް ހަމަލާދީ އަވަހާރަ ކޮށްލައިފި

31 އޯގަސްޓު 2025
ޔުކްރެއިންގެ ޤާނޫނު ހަދާ މަޖިލީހުގެ ކުރީގެ ރައީސް ޕަރުބީ އަށް ހަމަލާދީ އަވަހާރަ ކޮށްލައިފި
18 ޖުލައި 2025

ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

18 ޖުލައި 2025
ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު