Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ހުށަހެޅު

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ތާރިގު ހުށަހެޅުއްވި އިސްލާހުގެ ބިލް ތަޅުމުން ބޭރު

ބިލް މަޖިލީހަށް ބަލައިގަންނަން ފެންނަކަަމަށް ވޯޓު ދެއްވީ 11 މެމްބަރުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2022 | އަންގާރަ 08:24
މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގް

މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގް

ޖޭއެސްސީގެ މެމްބަރުންގެ 5 އަހަރުގެ މުއްދަތު 3 އަހަރަށް ބަދަލު ކުރެއްވުމަށް ގާނޫނުއަސާސީއަށް މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ހުށަހެޅުއްވި އިސްލާހުގެ ބިލް މަޖިލީހަށް ބަލައިގަންނަން ނުފެންނަކަމަށް ފާސްކޮށް ތަޅުމުން ބޭރުކޮށްލައިފިއެވެ.

މިބިލް މަޖިލީހަށް ބަލައިގަންނަން ފެނޭތޯ ނެގުނު ވޯޓުގައި ބިލް މަޖިލީހަށް ބަލައިގަންނަން ފެންނަކަަމަށް ވޯޓު ދެއްވީ 11 މެމްބަރުންނެވެ. ބިލް މަޖިލީހަށް ބަލައިގަންނަން ނުފެންނަކަމަށް 46 މެމްބަރުން ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ 1 މެމްބަރަކު އިންނެވިއެވެ.

ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުކުރުމަށް ހުށައެޅުއްވި މި ބިލުގައި ވަނީ މިހާރު ޖޭއެސްސީ އެކުލަވާލާފައިވާ ގޮތުން ގާނޫނު އަސާސީގެ ހަވަނަ ބާބުން އިންސާފު ގާއިމުކުރުމުގެ ބާރަށް ލިބިދޭ މިނިވަންކަމާއި މުސްތަގިއްލު ކަމަށް ހުރަސް އެޅެމުންދާކަމަށް ބަޔާން ކުރައްވާފައެވެ. މި ބިލު ކުރިންވެސް މަޖިލީހަށް ހުށައެޅުއްވިއެވެ. އެފަހަރުވެސް މިބިލް ވަނީ ތަޅުމުން ބޭރުކޮށްލާފައެވެ.

މި ބިލުގައި ބަޔާންކޮށްފައިވަނީ ޖޭއެސްސީ އެކުލަވާލުމުގައި ގާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ތަމްސީލުކުރާ ފަރާތްތަކަކީ ސިޔާސީ ފަރާތްތަކަށް ވުމުގެ ސަބަބުން، އެފަރާތްތަކުން ބައިވެރިވެގެން އެ ކޮމިޝަނުން ބަލާ މައްސަލަތަކުގަޔާއި އަދި ނިންމާ ނިންމުންތަކުގައި ސިޔާސީ ނުރަނގަޅު ނުފޫޒާއި ބާރު އެކުލެވިގެންދާ ކަމަށެވެ.

ތޯރިޤު ހުށައެޅުއްވި ބިލުގައި ވަނީ ޖޭއެސްސީއަށް މެމްބަރުން އިންތިޚާބު ކޮށްގެން ހޮވުމަށް ފެންނަކަމަށް ބަޔާން ކުރައްވާފައެވެ. އެގޮތުން އިސްލާހުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި މަޖިލީހުގެ މެމްބަރާއި ސީއެސްސީގެ ރައީސްގެ އިތުރުން ބަންޑާރަ ނައިބު އެ ކޮމިޝަނުން އުނިކުރުމަށެވެ. އޭގެ ބަދަލުގައި ހުށައަޅުއްވާފައިވަނީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރުންގެ ތެރެއިން ޝަރަފުވެރިކަމާއެކު މުސްކުޅިކޮށްފައިވާ ފަނޑިޔާރުންގެ ތެރެއިން އިންތިހާބު ކުރާ ފަނޑިޔާރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ އަންހެން ވަކީލެއްގެ އިތުރުން ރާއްޖޭގެ ޔުނިވަރސިޓީތަކުގައި އިސްލާމީ ޝަރީއަތުގެ އިލްމު ކިޔަވާދޭ ދާރިސުންގެ ތެރެއިން އިންތިހާބު ކުރާ ދާރިސެއް ކޮމިޝަނުގައި ތިއްބަވާ ގޮތަށް ހިމެނުމަށެވެ.

ބިލުގެ ބަހުސް މަރުހަލާގައި އެމްޑީޕީ މެމްބަރުން ވަނީ ގާނޫނު އަސާސީއަށް ގެންނަ މިފަދަ އިސްލާހުތަކާމެދު ފުންކޮށް ވިސްނާ ދިރާސާތައް ކުރެވެންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ މިސަރުކާރުގެ ވައުދަކަށްވާއިރު އެކަން ކުރާނެކަމަށް ވަނީ ވިދާޅުވެފައެވެ.

ބަހުސް މަރުހަލާގައި އިދިކޮޅު މެމްބަރުން ވިދާޅުވަމުން ގެންދެވީ ޖޭއެސްސީއަށް މިބަދަލުތައް ވީއެންމެ އަވަހަށް ގެންނަން ޖެހޭކަމަށެވެ.

ޖޭއެސްސީރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި

ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި

02 ޑިސެމްބަރު 2025
ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

30 ނޮވެމްބަރު 2025
މުއިއްޒަށް މުއިއްޒު ކުރުދޮށިން

މުއިއްޒަށް މުއިއްޒު ކުރުދޮށިން

26 ނޮވެމްބަރު 2025
ފުލުހުން ފޮޓޯ ޑިލީޓް ކުރީ ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކަށް ބޮޑު ބޭބެ ކިޔާ މީހެއްގެ

ފުލުހުން ފޮޓޯ ޑިލީޓް ކުރީ ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކަށް ބޮޑު ބޭބެ ކިޔާ މީހެއްގެ

24 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު