Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ ޔޫކްރެއިން މަސްރަހު

ޕުޓިންގެ އަމުރަށް ރަޝިޔާގެ އަސްކަރީ ފައުޖުތައް ޔޫކްރެއިންގެ އިރުމަތީ ސަރަހައްދަށް

22 ފެބުރުއަރީ 2022 | އަންގާރަ 08:03

ރޮއިޓަރސް އިން ރިޕޯޓްކޮށްފައިވަނީ ޑޮނެޓްސްކް ސަރަހައްދުން ފަސް ޓޭންކު ފެނިފައިވާކަމަށާއި އެސަރަހައްދުގެ އެހެން ހިސާބަކުން ދެ ޓޭންކު ފެނިފައިވާކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 22 ފެބުރުއަރީ 2022 | އަންގާރަ 08:03
ރަޝިޔާއިން ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަނެފައިވާ ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުގެ ބައެއް

ރަޝިޔާއިން ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަނެފައިވާ ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުގެ ބައެއް

ޔޫކްރެއިންގެ އިރުމަތީ ސަރަހައްދަކީ ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި ރަޝިޔާ އިން ބަލައިގަތުމަށް ރަޝިޔާގެ ރައީސް ނިންމަވާ އެސަރަހައްދަށް ރަޝިޔާގެ ސިފައިން ދިޔުމަށް އަމުރުކުރައްވާފައިވާއިރު ބަރު ހަތިޔާރާއެކު އެސަރަހައްދުގައި ރަޝިޔާ ސިފައިން ހަރަކާތްތެރިވަމުން އެބަދެއެވެ.

ރޮއިޓަރސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެސަރަހައްދުގައި ޓޭންކާއި އެނޫންވެސް އަސްކަރީ ހަތިޔާރާއެކު ރަޝިޔާގެ ސިފައިން ހަރަކާތްތެރިވާ މަންޒަރު ވަނީ ފެނިފައެވެ. އެސަރަހައްދަށް ރަޝިޔާގެ ސިފައިން އެރުމަށް ޕުޓިން އަމުރުކުރައްވާފައިވަނީ ސުލްހަ ގާއިމުކުރުމަށްކަމަށް ވިދާޅުވެއެވެ.

ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ޕުޓިން ނިންމަވާފައިވާ ދެ ސަރަހައްދަކީ ޑޮނެޓްސްކް ޕީޕަލްސް ރިޕަބްލިކާއި ލުހަންސްކް ޕީޕަލްސް ރިޕަބްލިކެވެ. އެސަރަހައްދުގައި ހުރި ރޮއިޓަރސްގެ ރިޕޯޓަރާއި ހަވާލާދީ ރޮއިޓަރސް އިން ރިޕޯޓްކޮށްފައިވަނީ ޑޮނެޓްސްކް ސަރަހައްދުން ފަސް ޓޭންކު ފެނިފައިވާކަމަށާއި އެސަރަހައްދުގެ އެހެން ހިސާބަކުން ދެ ޓޭންކު ފެނިފައިވާކަމަށެވެ. ނަމަވެސް އެއީ ކޮންތަނެއްގެ އަސްކަރީ ވެހިކަލެއްކަން އަންގައިދޭ ނިޝާނެއް ނުވަތަ އެނޫންވެސް އެއްޗެއް އެވެހިކަލްތަކުގައި ޖަހާފައިނެތްކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

ޔޫކްރެއިންގެ އިރުމަތީ ދެ ސަރަަހައްދަކީ ވަކި މިނިވަން ދެ ސަރަހައްދެެއްގެ ގޮތުގައި ބަލައިގަތުމަށް ޕުޓިން ނިންމެވުމާއެކު މަސްރަހު ވަނީ އިތުރަށް ނުތަނަވަސްވެފައެވެ. އަދި ޕުޓިންގެ މިނިންމެވުން ބައިނަލްއަގްވާމީ ގިނަ ފަރާތްތަކަކުން އަންނަނީ ކުށްވެރިކުރަމުންނެވެ. މިއާއެކު އެމެރިކާ އާއި އެމެރިކާގެ ބައިވެރިން ގެންދަނީ ރަޝިޔާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާމެދު މަޝްވަރާތައްކޮށް މިހާރުން މިހާރަށްވެސް އެޅޭނެ ފިޔަވަޅުތައް ކަނޑައަޅަމުންނެވެ. އެގޮތުން އެސަރަހައްދުގައި ހިންގަމުން އަންނަ އެމެރިކާގެ ވިޔަފާރިތައް ހުއްޓާލާ އެސަރަހައްދަށް އެއްވެސް އެއްޗެއް އިމްޕޯޓް ނުކުރުމަށް ވަނީ ނިންމާފައެވެ.

އަދި މިފިޔަވަޅުތަކަކީ ރަޝިޔާއިން ޔޫކްރެއިން އަށް ހަމަލާދީ ޔޫކްރެއިން އަށް އަރައިފިނަމަ ރަޝިޔާ އާއި ދެކޮޅަށް އެޅުމަށް ނިންމާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ތަފާތު ފިޔަވަޅުތަކެކެވެ.

ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އިނގިރޭސިވިލާތް، ފްރާންސް އަދި ޖަރމަނީން ވެސް ވަނީ އެއްބަސްވެފައެވެ. އެމެރިކާއިން އަޅާނެ އިތުރު ފިޔަވަޅުތައް އަންގާރަ ދުވަހު ވައިޓް ހައުސްއިން ހާމަކުރާނެއެވެ.

ރަޝިޔާގެ މިނިންމުމާއި ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އަށް ފޯނުން ގުޅުއްވާ އެމެރިކާ އޮތީ ޔޫކްރެއިންއާއެކުކަން ހާމަކުރައްވާފައެވެ. ޒެލެންސްކީ ވިދާޅުވީ މިއީ ރަޝިޔާއިން ސުލްހައިގެ ވާހަކަތަކުގެ މަގު ބަންދުކުރުންކަމަށެވެ.

ރަޝިޔާއިން ޔޫކްރެއިންގެ އިރުމަތީ ސަރަހައްދު ވަކި ދައުލަތެއްގެ ގޮތުގައި ކަނޑައެޅުމަށް ނިންމުމާއި ގުޅިގެން އދ ގެ ސެކިޔުރިޓީ ކައުންސިލުން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ. އެބައްދަލުވުމުގައި އެމެރިކާއިން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބަސެޑަރ ލިންޑާ ތޯމަސް ގްރީންފީލްޑް ވިދާޅުވީ މިއީ ރަޝިޔާއިން ޔޫކްރެއިން އިތުރަށް ހިފުމަށް ކުރަމުންދާ މަސައްކަތުގެ ބައެއްކަމަށެވެ. އަދި ރަޝިޔާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމަށް ވިދާޅުވިއެވެ.

އަދި ރަޝިޔާ އާއި ދެކޮޅަށް ފިޔަވަޅު އެޅުމުގައި އެންމެން އެކައްޗެއް ކިޔަންޖެހޭކަމަށާއި ރަޝިޔާއިން ސިފައިން ފަހަތަށް ޖައްސާ ސުލްގައިގެ މަގު ހިޔާރުކުރުމަށް ވަނީ ގޮވާލައްވާފައެވެ.

ރަޝިޔާއިން އދށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބަސެޑަރ ވެސިލީ ވަނީ ހުޅަނގުގެ ބާރުތަކަށް ކަމެއް ކުރުމުގެ ކުރިން ދެ ފަހަރަށް ވިސްނުމަށް ވިދާޅުވެ މަސްރަހު އިތުރަށް ގޯސްނުކުރުމަށް އިންޒާރު ދެއްވާފައެވެ.

ޗައިނާއިން ވަނީ މިކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކުންވެސް ވިސްނައިގެން ކަންކަން ކުރުމަށް ގޮވާލާފައެވެ. ޖަޕާނުން ބުނެފައިވަނީ ޔޫކްރެއިންއަށް ރަޝިޔާއިން އެއްކޮށް އަރައިފިނަމަ ރަޝިޔާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގައި ޖަޕާނުން ބައިނަލްއަގްވާމީ މުޖުތަމައު އާއި ބައިވެރިވާނެކަމަށެވެ.

ޔޫކްރެއިންގެ މަސްރަހު ހޫނުވަމުންދާ ވަރަކަށް އެކަމުގެ އަސަރު ދުނިޔޭގެ އިގްތިޞާދުންވެސް އަންނަނީ ފެންނަމުންނެވެ. އެގޮތުން ޔޫކްރެއިންގެ އިރުމަތީ ސަރަހައްދު ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ރަޝިޔާއިން ނިންމުމާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ހަތް ގުނަ މަތިވެފައެވެ.

ރަޝިއާޔުކްރެއިން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި

29 ނޮވެމްބަރު 2025
ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި
27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
22 ނޮވެމްބަރު 2025

ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ޕްލޭން އާ ގުޅިގެން ޔޫކްރެއިން ގެ ކުރިމަތީގައި ވަނީ ވަރަށް އުނދަގޫ ނިންމުމެއް: ރައީސް ޒެލެންސްކީ

22 ނޮވެމްބަރު 2025
ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ޕްލޭން އާ ގުޅިގެން ޔޫކްރެއިން ގެ ކުރިމަތީގައި ވަނީ ވަރަށް އުނދަގޫ ނިންމުމެއް: ރައީސް ޒެލެންސްކީ
12 ނޮވެމްބަރު 2025

100 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ މައްސަލައިގައި ޔުކްރެއިންގެ ޖަސްޓިސް މިނިސްޓަރ ސަސްޕެންޑް ކޮށްފި

12 ނޮވެމްބަރު 2025
100 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ މައްސަލައިގައި ޔުކްރެއިންގެ ޖަސްޓިސް މިނިސްޓަރ ސަސްޕެންޑް ކޮށްފި
09 ސެޕްޓެމްބަރު 2025

ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

09 ސެޕްޓެމްބަރު 2025
ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި
31 އޯގަސްޓު 2025

ޔުކްރެއިންގެ ޤާނޫނު ހަދާ މަޖިލީހުގެ ކުރީގެ ރައީސް ޕަރުބީ އަށް ހަމަލާދީ އަވަހާރަ ކޮށްލައިފި

31 އޯގަސްޓު 2025
ޔުކްރެއިންގެ ޤާނޫނު ހަދާ މަޖިލީހުގެ ކުރީގެ ރައީސް ޕަރުބީ އަށް ހަމަލާދީ އަވަހާރަ ކޮށްލައިފި
02 އޯގަސްޓު 2025

 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި

02 އޯގަސްޓު 2025
 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި
18 ޖުލައި 2025

ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

18 ޖުލައި 2025
ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ
17 ޖުލައި 2025

ޔުކްރެއިންގެ އައު ބޮޑު ވަޒީރަކަށް ޔޫލިއާ ސްވިރިޑެންކޯ އައްޔަން ކޮށްފި

17 ޖުލައި 2025
ޔުކްރެއިންގެ އައު ބޮޑު ވަޒީރަކަށް ޔޫލިއާ ސްވިރިޑެންކޯ އައްޔަން ކޮށްފި
16 ޖުލައި 2025

ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 

16 ޖުލައި 2025
ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް