Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަކަރާއި ހީލަތުން ފައިސާ ހޯދުން

ލޯބިވެރިންގެ އަތުން 10 މިލިއަނަށްވުރެ ގިނަ ޑޮލަރު ހޯދި ސައިމަން

ސައިމަންގެ މި ޚިޔާނާތުގެ މައްޗަށް ބިނާކޮށް، ނެޓްފްލިކްސްގައި ''ޓިންޑަރ ސްވިންޑްލަރ''ގެ ނަމުގައި ވަނީ ޑޮކިއުމެންޓްރީ އާއްމުކޮށްފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2022 | އަންގާރަ 13:13
އިސްރާއީލްގެ ރައްޔިތެއް ކަމަށްވާ ސައިމަން ލެވީވް

އިސްރާއީލްގެ ރައްޔިތެއް ކަމަށްވާ ސައިމަން ލެވީވް

މުޅި ދުނިޔޭގައި ވެސް މަކަރާއި ހީލަތުން ފައިސާއާއި މުދާ ފޭރޭ މައްސަލަ ބޮޑެވެ. އެކި އުކުޅުތައް ބޭނުން ކޮށްގެން ވައްކަން ކުރާއިރު، ސޯޝަލް މީޑީއާގެ އެކި ފްލެޓްފޯމްތަކުން ދިމާވާ މީހުން ޝިކާރަކޮށް، އެމީހުންގެ އަތުން ފޭރިފައިވާ މައްސަލަ ވެސް މަދެއް ނުވާނެއެވެ. މާރާމާރީ ހިންގައިގެންނާއި ގެތަކާއި އަދި ވެސް އެހެނިހެން އެކި ވިޔަފާރިތަކުން ވަގަށް ބޮޑެތި އަދަދުތަކުން ފައިސާ ނަގައެވެ. ނަމަވެސް ލޯބި ދީގެން، ލޯތްބާއެކު ފައިސާ ފޭރޭ ވާހަކަ އަޑު އަހަނީ މަދު ފަހަރެއްގައެވެ. ހުރިހާ މަންޒަރެއް ލޯ ކުރިމަތިން ހިނގަމުންދާއިރު، އެއީ މަކަރުވެރި މީހެއްކަމެއް ކުޑަކޮށް ވެސް އިހުސާސް ނުވަނީއެވެ. އެގޮތަށް ލޯބިވެރިންނާއެކު ދިރިއުޅެމުން ފައިސާ ފޭރުނު ކަމަށް މިހާރު މުޅި ދުނިޔޭގެ ސަމާލުކަން ލިބިފައިވާ އެކަކަކީ އިސްރާއީލްގެ ރައްޔިތެއް ކަމަށްވާ ސައިމަން ލެވީވްއެވެ.

ސައިމަން މި ޚިޔާނާތް ހިންގާފައިވަނީ ވަރަށް "ސްމާރޓް"ކޮށޭ ވެސް ބުނެވިދާނެއެވެ. ސައިމަންގެ ހުރިހާ ސޯޝަލް މީޑިއާ އެކައުންޓަކުން އޭނާއަކީ ވަރަށް މުއްސަނދި މީހެއް ކަމަށް ދައްކުވައިދީފައިވެއެވެ. ބިލިއަނަރެއްގެ ދަރިއެއް ކަމަށް ބުނެ އިންސްޓަގްރާމްގައި އާއިލާގެ ފޮޓޯ އާއްމުކޮށްފައިވެއެވެ. ކޮންމެ ދުވަހެއްގެ ދިރިއުޅުން އޭނާގެ ސްޓޯރީން ފެންނަން ހުރެއެވެ. ސައިމަންގެ މުއްސަނދި މި ދިރިއުޅުމަށް ގިނަ ބައެއްގެ ލޯތައް އަމާޒުވަމުންދާއިރު، ޓިންޑަރއިން ވެސް ގިނަ ބަޔަކު އޭނާ ހޯދަން މަސައްކަތް ކޮށްފައިވެއެވެ. ސަބަބެއް ވެސް ނެތިއެއް ނޫނެއެވެ.

ސައިމަން ޑޭޓް ކުރާ ކޮންމެ އަންހެނެއް ގާތަށް ވެސް ޕްރައިވެޓް ޖެޓްގައި އެ އަންހެނެއް ހުރި ހިސާބަށް ގޮސް އެމީހަކާ ބައްދަލު ކުރެއެވެ. އޭނާގެ ލަގްޒަރީ ދިރިއުޅުން އެ އަންހެނަކަށް ދައްކުވައިދެއެވެ. ގާތްގަނޑަކަށް ދެ ހަފުތާއެއްހާ ދުވަހު ވަރަށް ލޯބިން އުޅުމަށްފަހު ވިޔަފާރި ދަތުރެއްގައި ސައިމަން ފުރާނެއެވެ. އެހިސާބުން ކޮންމެވެސް ހާދިސާއެއް ނުވަތަ ކޮންމެވެސް ނުރައްކަލެއް ސައިމަންއަށް ކުރިމަތިވެއެވެ. މި ކަންތައްގަނޑުގައި އެހީއަށް އަންހެންމީހާ ގާތުގައި ބުނެއެވެ. ފަހުން ދޭގޮތަށް ކަމަށްބުނެ، އެ އަންހެން މީހާގެ އަތުން ބޮޑެތި އަދަދުތަކުން ޑޮލަރު ހޯދައެވެ. ޑޮލަރު ލިބޭ ހިސާބުން ސައިމަން ގެއްލެއެވެ. މިހާތަނަށް ބެލިބެލުމުން ސައިމަން ވަނީ ޓިންޑަރއިން ދިމާވި ގިނަ އަދަދެއްގެ އަންހެނުންގެ އަތުން, އޮޅުވާލައިގެން 10 މިލިއަނަށް ވުރެ ގިނަ އަދަދެއްގެ ޑޮލަރު ހޯދާފައެވެ.

ދުވަސްތައް މިހެން ފާއިތުވަމުން ގޮސް މި ޚިޔާނާތް ފަޅާއަރުވާލާފައިވަނީ ސައިމަންގެ ޝިކަރާއަކަށްވި ސެސެލީ ފިއެލްހޯއީ، ޕެނީލާ ސިއެހޮމް އަދި އައިލީން ޝާލެޓެވެ. އެމީހުން ނެޓްފްލިކްސްގައި އާއްމުކޮށްފައިވާ ޑޮކިއުމެންޓްރީއަށް އިންޓަވިޔު ދީފައިވާއިރު ބުނެފައިވަނީ, ސައިމަންއަކީ މުއްސަނދި މީހެއް ނޫން ކަމަށާއި، މުއްސަނދި ދިރިއުޅުން އުޅެފައިވަނީ އަންހެނުންގެ އަތުން ފައިސާ ހޯދައިގެން ކުޑަ ދުވަސް ކޮޅަކަށް ކަމަށެވެ. އަދި އެގޮތަށް ކަންތައް ކޮށްފައިވަނީ އަންހެނުން އޭނާގެ މަޅީގައި ޖެއްސުމުގެ ގޮތުން ކަަމަށެވެ.

ސައިމަންގެ މި ޚިޔާނާތުގެ މައްޗަށް ބިނާކޮށް، ނެޓްފްލިކްސްގައި ''ޓިންޑަރ ސްވިންޑްލަރ'' ޑޮކިއުމެންޓްރީ އާންމު ކުރުމާއެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. ޑޮކިއުމެންޓްރީން ފެންނަ ގޮތުގައި ސައިމަން ލަނޑުދީފައިވާ އަންހެނުންގެ ހުރިހާ އެކައުންޓުން ވަނީ މައިނަސްވެފައެވެ. އަދިއެކަމާގުޅިގެން އެމީހުން ޑިޕްރެޝަނަށް ގޮސް، ހަދާނެ ގޮތް ހުސްވާ މަންޒަރު ދައްކުވައިދީފައިވެއެވެ.

ގިނަ ހެކިތަކާއެކު ޑޮކިއުމެންޓްރީ އާންމުކުރި ނަމަވެސް ސައިމަން ވަނީ އެކަން ދޮގުކޮށްފައެވެ. އެއީ ހަދާފައިވާ ފިލްމެއް ކަމަށް އޭނާ ބުނެފައިވެއެވެ. ނަމަވެސް 2019 ވަނަ އަހަރު, ވައްކަމާއި ކޮޕީ ރައިޓް މައްސަލާގައި ސައިމަން ވަނީ 15 މަހަށް ޖަލަށްލާފައެވެ. އަދި ޖަލުގައި އޭނާ ރަނގަޅު އަޚުލާގެއް ދެއްކުމުން, 5 މަސް ދުވަހުގެ ތެރޭގައި އޭނާ ވަނީ މިނިވަން ކޮށްފައެވެ. މިނިވަންވުމާއެކު އަނެއްކާ ވެސް އޭނާ ޓިންޑަރއަށް ޖޮއިންވިއެވެ. ނަމަވެސް ނެޓްފްލިކްސްގައި އާއްމުކޮށްފައިވާ ޑޮކިއުމެންޓްރީއާއެކު ޓިންޑަރއިން ވަނީ އޭނާގެ އައިޑީ ބްލޮކް ކޮށްފައެވެ.

މިނިވަންވެ، ޓިންޑަރއަށް ޖޮއިންވުމަކީ, އިތުރު އަންހެނުންތަކެއް އޭނާގެ ޝިކާރައަކަށްވެ ބިކަވާނެކަމެއްގެ ގޮތުގައި އޭނާއާ ދެކޮޅަށް އަޑު އުފުލާ މީހުން ބުނެފައިވެއެވެ. ނަމަވެސް އަނެއްބައި މީހުން އޭނާއާ އެއްކޮޅަށް ވެސް ދަނީ ވާހަކަ ދައްކަމުންނެވެ. އެކިއެކި ނަންނަމުގައި ފޭކް ޕާސްޕޯޓުތަކާއެކު, ސިފަ ބަދަލުކޮށް އެކި ގައުމުތަކަށް ދަތުރުކުރުމަކީ ކޮންމެކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ، އެއީ ސްމާރޓް މީހެއްގެ ގޮތުގައި ވެސް ސިފަކޮށްފައިވެއެވެ. އަދި މިއީ އިބުރަތެއްކަމަށް ބަލައި, ކުރިއަށް އޮތްތަނުގައި އިތުރަށް އެހެންމީހުން ސަމާލުވެ، ސްމާރޓްވުމަށް ވެސް ބައެއް މީހުން އިރުޝާދުދީފައިވެއެވެ.

ަސައިމަން

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!

އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!

06 މެއި 2017
އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

27 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017

އަހަރުތަކުން މިއަދު

5 ޖެނުއަރީ
ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ
20251 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު
20215 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން
20188 އަހަރު ކުރިން
ރާއްޖެ

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު